ސިވިލް ކޯޓް ހިންގާ ޖަސްޓިސް ބިލްޑިންގް. ފޮޓޯ: ވޮއިސް
ހަބަރު
20 Dec 2023 | 10:04
ފުލުހުންގެ އިސްވެރިންގެ ޕްރޮމޯޝަންތައް ހުއްޓުވަން އަމުުރު ދެވެން ނެތް: ސިވިލް ކޯޓް

ފުލުހުންގެ އިސްވެރިނަށް ދޭން ނިންމި ޕްރޮމޯޝަންތައް ހުއްޓުވުމަށް އޭސީސީއަށް އަމަުރު ދެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުނެފިއެވެ.

ފުލުހުންގެ ބައެއް އިސްވެރިނަށް ދޭން ނިންމި ޕްރޮމޯޝަން ދިނުން ހުއްޓުވުން އެދި އޭސީސީ އިން ސިވިލް ކޯޓަށް ހުށައެޅީ މި މަހުގެ ހަތްވަނަ ދުވަހުއެވެ.

އޭސީސީއިން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައިވަނީ ފުލުހުންގެ ތެރެއިން ބައެއް އިސްވެރިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ އިދާރާގެ ވަކި މުވައްޒަފުން ތަކަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމުގެ ގޮތުން މަޤާމުގެ ކުރިއެރުން ހޯދަން އުޅޭ ކަމަށެވެ.

އެއާއި އެކު އެކޮމިޝަނުން އެކަންތަކުގެ ތަހްޤީޤް އެކޮމިޝަނުން ފަށައި ފައިވާ ކަމަށާއި، އަދި އެކޮމިޝަނުން ވަކި ގޮތެއް އަންގަންދެން އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެކޮމިޝަނުން ވަނީ އެދިފައެވެ.

ނަމަވެސް އެކޮމިޝަންގެ އެއެންގުމަކީ ޤާނޫނީ އިމުގެ ބޭރުން އަންގައިފައިވާ އެންގުމެއް ކަމަށް ބުނެ ފުލުހުން އޭސީސީގެ އަމުރަށް ޢަމަލުކުރުމެއް ނެތި ފުލުހުން އެފަރާތްތްކަށް މަޤާމުގެ ކުރިއެރުން ދީފައިވާ ކަމަށް ވަނީ އޭސީސީއިން ބުނެފައެވެ.

އަދި މިކަމާއި ގުޅިގެން އޭސީސީއިން އެދުނީ މައްސަލައިގައި ޝަރީއަތުން ވަކިގޮތެއް ކަނޑައެޅެންދެން، ޕްރޮމޯޝަންގެ ކަންކަން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށެވެ.

އޭސީސީގެ މި ދަޢުވާތަކަށް ޖަވާބުދެމުން ފުލުހުން ބުނެފައިވަނީ ވަގުތީ އަމުރަކަށް އެދޭ ފަރާތަށް ހިމާޔަތް ލިބެން ޖެހޭ މައުޟޫއީ ހައްޤެއް އޮތުމުގެ އިހުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ނެތް ކަމަށެވެ.

ވަގުތީ އަމުރެއް ނެރެނުދިނުމުގެ ސަބަބުން، އޭސީސީއަށް ލިބޭނެ އިއާދަ ނުކުރެވޭނެ ގެއްލުމެއް ވެސް ނެތް ކަމަށާއި، ވަގުތީ އަމުރެއް ނެރެނުދީފިނަމަ، އޭސީސީގެ ގެއްލޭ މަސްލަހަތަށްވުރެ ދައުލަތުގެ ރައްކާތެރިކުރެވޭ މަސްލަހަތު ބޮޑުކަމަށް ފުލުހުންގެ ފަރާތުން ބުންޏެވެ.

އެހެންކަމުން އޭސީސީން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް ދެކޭ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

ދެފަރާތުގެ ވާހަކަތައް އަޑުއެއްސެވުމަށް ފަހު މައްސަލަ ބެއްލެވި ގާޒީ ޢަލީ ޢަބްދުالله ވިދާޅުވެފައިވަނީ އޭސީސީއިން އެދިފައިވާހެން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ގާޒީ ޢަލީ ޢަބްދުالله ވިދާޅުވީ ކޯޓަށް ހުށަހެޅިފައިވާ ދައުވާއެއްގައި ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިޔަށް ވަގުތީ ފަރުވާއެއް ހޯދައިދިނުމުގެ ގޮތުން ނުވަތަ ވަގުތީ ރައްކާތެރިކަމެއް ހޯދައިދިނުމުގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެ ކަމަށެވެ.

ހަމަމިއާއި އެކު އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރެއް ނެރެދިނުމަށް، ވަގުތީ އަމުރަށް އެދޭ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް ބަލާއިރު އަވަސް މައްސަލައެއްގެ ގޮތުގައި ވަގުތީ އަމުރަކަށް އެދޭނަމަ، އަމުރަށް އެދޭ ފޯމު ހުށަހަޅާއިރު، ކޯޓުން ނެރެދޭންވީ އަމުރުގެ އިބާރާތެއް އޮންނަން އެދޭގޮތް ބަޔާންކުރާ ލިޔުމެއް ހިމަނަންވާނެ ކަމަށާއި އަދި އެ ލިޔުމުގެ ސްފޮޓު ކޮޕީ ކޯޓަށް ހުށަހަޅަންވާނެ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

ވަގުތީ އަމުރަށް އެދޭ ފަރާތުން ކޯޓު އަމުރު އޮންނަން އެދޭ ގޮތް ބަޔާންކުރާ ލިޔުމާއި އަދި އެ ލިޔުމުގެ ސޮފްޓު ކޮޕީ ކޯޓަށް ހުށަހަޅާފައިނުވާ ކަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

އޭސީސީއަށް ހުށަހަޅާ މައްސަލައެއްގެ ތަހުޤީޤު ކުރުމަށްފަހު، ތުހުމަތުވާ ފަރާތަށް ދެކޮޅަށް އެކަށީގެންވާ ހެކި ލިބިއްޖެނަމަ ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވަން ވާނެ ކަމަށް ވެސް ގަޒީ ވިދާޅުވިއެވެ.

އޭސީސީން، ފުލުހުންގެ ޚިދުމަތުގެ މައްޗަށް އެންގި އެންގުމަށް، ފުލުހުންގެ ޚިދުމަތުން ޢަމަލު ނުކުރުމަކީ ވަގުތީ އަމުރަށް އެދޭ ފަރާތަށް އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުން ދީފައިވާ ތަހުޤީގު ކުރުމުގެ ބާރަށް ހުރަސް އެޅިގެންދާ ކަމަކަށް ނުވާތީ، ވަގުތީ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަން ޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ އާންމު ތިން ޝަރުތު، ވަގުތީ އަމުރަށް އެދޭ ފަރާތުގެ ކިބައިގައި ފުރިހަމަވެފައި ނުވާކަން އެނގޭ ކަަމަށްވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.

މިހުރިހާ ކަމަކަށް ރިޢާޔަތް ކުރެއްވުމަށް ފަހު ގާޒީ ނިންމެވީ އޭސީސީއިން އެދުނު ފަދައިން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.