ދިވެހިރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޒާ ޢާއިޝަތު އާޒިމާ ޝަކޫރު.--
ހަބަރު
20 Dec 2023 | 12:44
މިފަދަ ދަނޑިވަޅެއްގައި މެމްބަރުންގެ މުސާރަ ބޮޑު ކުރަނީ ދައުލަތް ދަރުވާލުމަށް: ޢާޒިމާ

ގިނަ ބަޔަކު ވަޒީފާއަށް ސަލާން ޖަހަމުންދާ ދަނޑިވަޅެއްގައި މެމްބަރުންގެ މުސާރަ ބޮޑުކުރުން މާލޭގެ މޭޔަރު ކަމަށް ވެރިކަން ކުރާ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާ ޢާއިޝަތު ޢާޒިމާ ޝަކޫރު ކުށްވެރިކުރައްވައިފި އެވެ.

ޢާޒިމާ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވެވި ޓްވީޓެއްގައެވެ.

ޢާޒިމާ ވިދާޅުވީ މަޖިލީހުގެ މުސާރަ މިދަނޑިވަޅުގައި ބޮޑުކުރުމަކީ ދިވެހި ދައުލަތް އިތުރަށް ދަރުވާލުމަށް ހިންގޭ ނާތަހުޒީބު އަމިއްލައެދުންބޮޑު މުޑުދާރު ޢަމަލެއް ކަމަށެވެ.

“ދިވެހީންގެ އެތަށްބަޔަކު ވަޒީފާއަށް ސަލާންޖަހަމުންދާ މިދަނޑިވަޅުގައި އަމިއްލައަށް މެންބަރުން އެމީހުންގެ މުސާރަބޮޑުކުރުން ކުށްވެރިކުރަން” ކުރީގެ ބަންޑާރަ ނައިބު ޢާޒިމާ ވިދާޅުވެފައިވެއެވެ.

ޢާޒިމާ މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ކަންކަން އިއްޔެ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ގެންގޮސް ފައިވާ ދަނޑިވަޅެއްގައެވެ.

މި ކޮމިޓީ ކުރިއަށް ދިޔައިރު އެންމެ ފުރަތަމަ ހުށައަޅައިފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް ގޮތުގައި 82،000 ރުފިޔާ މެންބަރުންނަށް ކަނޑައެޅުމަށެވެ.

ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި އޮފް ދަ ރެކޯޑުގައި ބައެއް މަޝްވަރާއަށް ފަހު އަސާސީ މުސާރަ ވަނީ 55،000ރ. އަށް ބަދަލުކޮށްފައެވެ. މި ބަދަލާ އެކު މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މެންބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ.

އެހެންކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެންބަރެއްގެ މުސާރައިގެ ގޮތުގައި 100،000 ރުފިޔާ ޖެހެއެވެ.

މިކަމާއި ގުޅިގެން ސިޔާސީ އެކިއެކި ފަރާތްތަކުން އަންނަނީ މިކަމާއި ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.