އެމްޕީ މުޙައްމަދު ނާޒިމް. ފޮޓޯ: ވޮއިސް
ހަބަރު
20 Dec 2023 | 14:31
މިޙާލަތުގައި މުސާރަ ބޮޑުކުރުމަކީ ޤައުމަށް ފައިދާހުރި ކަމެއް ނޫން: ނާޒިމް

މި ޙާލަތުގައި މުސާރަ ބޮޑުކުރުމަކީ ޤައުމަށް ފައިދާހުރި ކަމެއް ނޫން ކަމަށް ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ އޭނާ ކުރެއްވެވި ޓްވީޓެއްގައެވެ.

“އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ އިޤްތިޞާދީ ހާލަތު ދަށް ދުވަސްވަރެއްގައި ދައުލަތުގެ އިސްވެރިންގެ މުސާރަ ބޮޑުކުރުމަކީ ގައުމަށް ފައިދާހުރިގޮތެއް ނޫން” ނާޒިމް ވިދާޅުވެފައިވެއެވެ.

އިތުރަށް ނާޒިމް ވިދާޅުވީ ޚާއްސަކޮށް މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކޮށް މެންބަރުން އިތުރުކުރުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

މިގޮތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އަޤްލަބިއްޔަތުން މަޖިލިސް މެންބަރުންގެ މުސާރަ ބޮޑުކުރަން ފާސްކުރިކުރުން މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް ނާޒިމް ވަނީ ގޮވައިލައިފައެވެ.

ނާޒިމް މިފަދައިން ޓްވީޓް ކުރައްވައިފައި މިވަނީ ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅާ މަގާމުތަކުގެ މުސާރަ ބޮޑުކުރުމުގެ ކަންކަން އިއްޔެ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ގެންގޮސް ފައިވާ ދަނޑިވަޅެއްގައެވެ.

މި ކޮމިޓީ ކުރިއަށް ދިޔައިރު އެންމެ ފުރަތަމަ ހުށައަޅައިފައިވަނީ އަސާސީ މުސާރައިގެ ގޮތުގައި 57،000ރ. އާއި ލިވިން އެލަވަންސް ގޮތުގައި 82،000 ރުފިޔާ މެންބަރުންނަށް ކަނޑައެޅުމަށެވެ.

ނަމަވެސް ކޮމިޓީގެ މެންބަރުންގެ މެދުގައި އޮފް ދަ ރެކޯޑުގައި ބައެއް މަޝްވަރާއަށް ފަހު އަސާސީ މުސާރަ ވަނީ 55،000ރ. އަށް ބަދަލުކޮށްފައެވެ. މި ބަދަލާ އެކު މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ މެންބަރުންގެ މުސާރަ 80،000ރ. އަށް ބޮޑުކުރަން ފާސްކޮށްފައެވެ.

އެހެންކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000ރ. ހިމަނައިގެން މެންބަރެއްގެ މުސާރައިގެ ގޮތުގައި 100،000 ރުފިޔާ ޖެހެއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކޮށް މަޖިލީހުގައި ތިއްބެވި މެމްބަރުންނަށް ފާޑު ވިދާޅުވަމުންނެވެ. އަދި މިނިންމުމަށް ރުހުން ނުދިނުމަށް ސޯޝަލް މީޑިއާގައި ދަނީ މެމްބަރުންނަށް ގޮވައިލަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.