ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް. ފޮޓޯ: ވޮއިސް
ހަބަރު
20 Dec 2023 | 16:14
މުސާރައަށް އިތުރުކުރާ ބައި ހަދިޔާކުރުމަށް ނައިބުރައީސްވެސް ތާއީދު!

ރައީސް އާއި ނައިބުރައީސްގެ މުސާރައަަށް އިތުރުކުރާ ބައި ހަދިޔާ ކުރުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ނައިބު ރައީސް ހުސެއިން މުޙައްމަދު ލަޠީފް ތާއީދު ކުރައްވާކަން ހާމަކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން ނައިބުރައީސް ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރައީސް، ނާއިބު ރައީސް އަދި ވަޒީރުންގެ މުސާރައަށް މި ގެނައި ބަދަލަކީ އެއްވެސް މަޝްވަރާއަކާ ނުލާ ގެނެވުނު ބަދަލަކަށް ވީހިނދު، އެ މުސާރައިގެ ކުރިއެރުން ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާޢީ ފަންޑަކަށް ހަދިޔާ ކުރައްވަން ރައީސް ޑރ މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް ފުރިހަމައަށް ތާޢީދު ކުރަައްވާ ކަމަށެވެ.

މަޖިލީހުން ރައީސް އާއި ނައިބުރައީސް އަދި ވަޒީރުންނާއި މަޖިލީހުގެ މެންބަރުން ހިމެނޭހެން މުސާރަ ބޮޑުކުރުމަށް ކުރެވެން ފެށި މަޝްވަރާތަކާއި އެކު ރައީސް ޑރ މުއިއްޒު ވިދާޅުވެފައިވަނީ މިކަމަކީ ސަރުކާރުން އެދޭ ކަމެއް ނޫން ކަމަށެވެ.

"ރައީސް، ނައިބުރައީސް ވަޒީރުންގެ މުސާރަ ބޮޑު ކުރަން ސަރުކާރުން އެދިފައެއް ނުވާނެ، އަދި ބޮޑު ކުރާކަށް ބޭނުމެއްވެސް ނޫން" ރައީސް ޑރ މުޢިއްޒު ވިދާޅުވެފައިވެއެވެ.

މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވެސް އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުން ފާހަގަކޮށްލެވޭ ގިނަ ބަޔަކު ދަނީ މިކަމާ ގުޅިގެން ފާޑުކިޔަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.