އެމްޑީޕީގެ ޕީޖީން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
20 Dec 2023 | 18:54
މުސާރަ ބޮޑުކުރަން ކޮމިޓީގައި އެންމެން ވެސް ރުހި ގަބޫލުވި: އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ ދާއިރާތަކުގެ މުސާރަ ބޮޑުކުރީ ކޮމިޓީގައި މަޝްވަރާކުރުމަށްފަހު އެންމެން ވެސް ރުހި ގަބޫލުވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީން ބުނެފި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނޭހެން، މަޖިލީހުން ކަނޑައަޅަންޖެހޭ ދާއިރާތަކުގެ މުސާރަތައް "އިންތިހާއަށް" ބޮޑުކުރުމާއި ގުޅިގެން އެމްޑީޕީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވާން ފެށުމުން، އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ މުސާރަތައް ބޮޑުކުރަން ނިންމި ގޮތުގެ ތަފްސީލު ހާމަކޮށްފަ އެވެ. 

އެގޮތުން އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ބޮޑުކޮށްދިނުމަށް އެދެމުންދާތާ ދުވަސްތަކެއްވެއްޖެ ކަމަށެވެ. 

އެގޮތުން ކައުންސިލްތަކާއި އަދުލުއިންސާފުގެ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާއި ރައީސް އޮފީހުގެ މަސްލަހަތު އޮންނަ ތަންތަނުގެ މުސާރަ ބޮޑުކޮށްދިނުމަށް އެދި މަޖިލީހަށް ސިޓީ ހުށަހަޅާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އޭނާ ވަނީ ކައުންސިލްތަކުގެ ރައީސުން ގުޅިގެން މަޖިލީހުގެ ހުރިހާ މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕެއް ހެދުމަށްފަހު މުސާރަ ބޮޑުކޮށްދިނުމަށް އެދިފައިވާކަން ވެސް ހާމަކުރައްވާފަ އެވެ. 

"ފަނޑިޔާރުންގެ ޖަމިއްޔާއިން މަޖިލީހަށް ވަޑައިގެން، ސުޕްރީމްކޯޓުގެ ފަނޑިޔާރަކު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، ފާއިތުވެދިޔަ 13 އަހަރު މުސާރައަށް އެއްވެސް ކުރިއެރުމެއް ނައިސް އޮތް ދާއިރާއެއްގެ ގޮތަށް އެބޭފުޅުން ވަރަށް އިންސާފުވެރިކަމާއެކު މަސައްކަތްތައް ގެންދަންޖެހޭ. އެހެން މަސައްކަތްތަކުގައި ނޫޅުއްވޭ ކަމަށްވާތީ، މުސާރައާއި ކުރިއެރުން ގެނެސްދެއްވުމަށްޓަކައި، އަދި ބައްދަލުކުރެއްވުމަށްފަހު ވެސް، ސިޓީތަކުން ވެސް އަޅުގަނޑުމެންނާ ވާހަކަދެކެވިފަ އެބަހުރި. އޭގެ އިތުރުން ކައުންސިލްތަކުން މުސާރަ ބޮޑު ކުރުމަށްޓަކައި އެލްޖީއޭއިން ވަނީ މަޖިލީހަށް ކައުންސިލްތަކުގެ އިހުސާސްތައް ހާމަކޮށް، މުސާރަ ބޮޑުކޮށްދިނުމަށް ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ފޮނުވާފައި"

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން

ބިގޭ އިތުރަށް ވިދާޅުވީ މުސާރަޔައް ބޮޑުކުރީ އެއް ހަމައަކުން، ނުވަތަ އެއް އުސޫލަކަށް ފައްތައިގެން ކަމަށެވެ. އަދި އެގޮތަށް ނިންމީ ހަމައެކަނި އެމްޑީޕީގެ ވިސްނުމަށް ނޫން ކަމަށާއި އެއީ ހުރިހާ އެންމެންގެ ރުހުމާއި ޚިޔާލާއެކު ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

"މިވަގުތު އެ ކަންކަމާއި ފާޑުވިދާޅުވާ ފަރާތްތައް ހިމެނިވަޑައިގަންނަވާ މާލިއްޔަތު ކޮމެޓީގެ އިއްޒަތްތެރި މެންބަރުން ވެސް މި ދިރާސާ ކުރަމުންދިޔަ ވަގުތު އަޅުގަނޑުމެންނަށް ކޮމިޓީގެ ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބޭގޮތުގައި ވަރަށް އެއްބާރުލުން ދެއްވި، އެކަން ކުރުމުގެ ބޭނުމުގައި ވާހަކަ ދައްކަވާފައި ވަނީ. އެކަމަކު ސިޔާސީ ބޭނުމަށްޓަކައި މީޑިއާތަކުގައި ތަފާތު ގޮތްގޮތަށް ވާހަކަ ދެކެވިގެން ދިޔަ ނަމަވެސް މި ކަންކަން މިގޮތަށް ކުރުމަށްޓަކައި އަޅުގަނޑުމެންނާއި ހަމަޔަށް ބަޖެޓު ދިރާސާ ކުރެއްވި ދުވަސްވަރުގައި ވެސް އަދި އެ ނޫންވެސް ގޮތްގޮތުން އައި ހުށަހެޅުންތަކާއި އެއްގޮތަށް މުސާރަތަކަށް މި ގެނައި ކުރިއެރުން ގެންނަން ނިންމާފައި މިވަނީ"

އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު ރަޝީދު ހުސެއިން

މަޖިލީހުގެ މެންބަރެއްގެ މުސާރައަކީ މިހާރު 62،500 ރުފިޔާއެވެ. އަދި ކޮމިޓީތަކުގެ ބައްދަލުވުންތަކަށް ވަޑައިގަންނަވާ މެންބަރުންނަށް 20،000 ރުފިޔާގެ އިނާޔަތެއް ލިބެއެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްތިފާގުން ވަނީ، މެންބަރުންގެ މުސާރަ 80،000 ރުފިޔާއަށް ބޮޑުކުރަން ފާސްކޮށްފައެވެ. މި ބަދަލާއެކު މެންބަރުންނަށް ކުރިއެކޭ އެއްގޮތަށް ކޮމިޓީ އެލަވަންސް ވެސް ލިބޭނެ އެވެ.

އެހެންކަމުން ކޮމިޓީ އެލަވަންސަށް ދޭ 20،000 ރުފިޔާ ހިމަނައިގެން މެންބަރެއްގެ މުސާރައިގެ ގޮތުގައި އެއްލައްކަ ރުފިޔާ ޖެހެ އެވެ.

ކޮމިޓީން މުސާރަތައް ބޮޑުކުރަން ނިންމި ނަމަވެސް އެ ނިންމުން ތަންފީޒުކުރަން ފަށާނީ މަޖިލީހުގެ ތަޅުމުން އެ ނިންމުން ފާސްވުމުން ނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.