އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހަބަރު
20 Dec 2023 | 19:27
މުސާރަ ބޮޑުކުރުމުގެ ކުރިން ހާޒިރުނުވާ މެންބަރުންގެ މުސާރައިން ކެނޑޭ އުސޫލު އެކުލަވާލިން: ޝަހީމް

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމުގެ ކުރިން ހާޒިރުނުވާ މެންބަރުންގެ މުސާރައިން ކެނޑޭ އުސޫލު އެކުލަވާލާފައިވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެ އެވެ. 

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމިޓީން ނިންމުމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވާން ފެށުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މެންބަރު ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މުސާރަތައް ބޮޑުކުރީ ފަހަރެއްގައި ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމިއްލަ މަސްލަހަތު އިސްކޮށް، މެންބަރުންނަށް މާލީ މަންފާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ނޫން ކަމަށެވެ. 

އެގޮތުން އެމްޑީޕީން އެންމެ ފުރަތަމަ މަސައްކަތްކުރީ މަޖިލީސް މެންބަރުން ޒިންމާދާރު ކުރުވުމަށް ކަމަށާއި އެގޮތުން މުސާރަ ބޮޑުކުރުމުގެ ކުރިން، މަޖިލީހަށް އަދި ކޮމިޓީތަކަށް ގަވާއިދުން ހާޒިރުނުވާނަމަ، މެންބަރުންގެ މުސާރައިން ކެނޑޭ އުސޫލު އެމްޑީޕީ މެޖޯރިޓީން އެކުލަވާލާފައި އޮންނާނެކަމަށް އޭނާ ވިދާޅުވި އެވެ. 

"މަޖިލީހުގެ މެންބަރުންގެ މުސާރައިގެ ވާހަކަ ބުނާއިރު، މީގެކުރިން މަޖިލީހަށް ދުވަހަކު ނަޔަސް މުސާރަ ފުލްކޮށް ލިބޭ. އަޅުގަނޑުމެން މި މަޖިލީހަށް އިންތިޚާބުވެފައި އަޅުގަނޑުމެން ފުރަތަމަ ވެސް ނިންމީ 50 ޕަސެންޓު ހާޒިރުނުވަންޏާ އެބޭފުޅެއްގެ މުސާރަ ބޮޑުއެއްޗެއް އުނިވެގެންދާ ގޮތަށް. އަދި ކޮމިޓީއަށް ވަޑައިނުގަންނަވަންޏާ ކޮމެޓީ އެލަވަންސް ވެސް ނުލިބޭގޮތަށް. އަޅުގަނޑުމެން އެކަން ކޮށްގެން މިތިބީ. މީ އަޅުގަނޑުމެންނަށް ފައިދާއަކަށް ކުރާނަމަ އަޅުގަނޑުމެން އިންތިޚާބުވެފައި މި ދެންނެވި ބަދަލުތައް ނުގެންނާނެ"

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް

މެންބަރު ހުސެއިން ވިދާޅުވީ މުސާރަ ބޮޑުކުރުމަކީ ސިޔާސީ ބޭފުޅުންނަށް މަންފާ ހޯދައިދިނުމަށް ކުރެއްވިކަމެއްގެ ގޮތުގައި އެއްވެސް ރައްޔިތަކު ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީގެ އަޣުލަބިއްޔަތުން ނިންމި ނިންމުމާއި ގުޅިގެން އެމްޑީޕީއަށް ފާޑުކިޔުން އަމާޒުކުރަމުންދަނީ މިވަގުތު މަޖިލިސް މެޖޯރިޓީ ޕާޓީއަކީ އެމްޑީޕީކަމަށް ވާތީކަން ފާހަގަކުރައްވާ މެންބަރު ހުސެއިން އިތުރަށް ވިދާޅުވީ އެ ނިންމުމަކީ ސަރުކާރަށް ވެސް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.