ހާދިސާ ހިނގި ސަރަހައްދުގެ ފޮޓޯ އެއް. ފޮޓޯ: ވޮއިސް
ހަބަރު
20 Dec 2023 | 21:16
ޓާޓާއިން އަޅާ އިމާރާތެއްގެ މަތިން ދަގަނޑުބުރިއެއް ވެއްޓި މީހަކު ޒަޚަމްވެއްޖެ

ޓާޓާއިން އަޅާ އިމާރާތެއްގެ މަތިން ދަގަނޑުބުރިއެއް ވެއްޓި މީހަކު ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގައިފައިވަނީ ރޯޝަނީ ގޯޅީގައި ޓާޓާ ކޮންސްޓްރަކްޝަން ކުންފުނިން އަޅަމުންދާ އިމާރާތެއްގެ މަތިން ވެއްޓުނު ދަގަނޑުބުރިއެއް މަގުމަތީގައި ހުރި އަންހެނެއްގެ ބޮލުގައި ޖެހިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ ރޯޝަނީ ގޯޅީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިން ދަގަނޑުބުރިއެއް ވެއްޓި އަންހެނަކަށް އަނިޔާވެގެން އުޅޭކަމުގެ ރިޕޯޓް 19:29 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އަނިޔާވި މީހާ އަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މިކަން ހިނގި މަންޒަރު ދުށްމީހަކު ބުނީ އިސްލާމިކް ބޭންކް ގޯޅިތެރޭ ކުނިނަގަން އުޅުނު ވެމްކޯގެ އަންހެން މުވައްޒަފެއްގެ ބޮލަށް ދަގަނޑުބުރިއެއް ވެއްޓި އަނިޔާވެފައިވާ ކަމަށެެވެ.

އަދި އެ ދަގަނޑުބުރި ވެއްޓުނީ އެ ގޯޅިތެރޭ ޓާޓާ ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުންދާ އިމާރާތުން ކަމަށާއި އެ ދަގަނޑުބުރި ވެއްޓުމާ އެކު އެ އަންހެންމީހާގެ ބޮލުންނާއި ނޭފަތުން ބައިވަރު ލޭ ފޭބިކަމަށެވެ.

މީގެއިތުރުން އެ ދަގަނޑުބުރި ވެއްޓުނީ ވަރަށް މަތިން ކަމަށް ބެލެވޭކަމަށާއި އެ މީހާގެ ބޮލުގައި ޖެހުމާ އެކު، އޭނާ އެތަނަށް ޚަބަރުހުސްވެގެން ވެއްޓުނު ކަމަށެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.