ޝައިޚް ލަތީފަށް މަގާމުގެ ފަތްކޮޅު ރައީސުލް ޖުމްހޫރިއްޔާ އަރުވަނީ: ފޮޓޯ: ރައީސް އޮފީސް
ހަބަރު
21 Dec 2023 | 13:30
ﷲ ގެ ޝަރީޢަތް ޤާއިމް ކުރުމަކީ މުސްލިމެއްގެ މަގްސަދަށް ވާންޖެހޭ: ޝައިޚް މުހައްމަދު ލަތީފް

ކޮންމެ މުސްލިމެއްގެވެސް އެންމެ މުހިއްމު މަޤްސަދަކަށް ވާންޖެހޭނީ މާތް ﷲ ގެ ޝަރީޢަތް ބިންމަތީގައި ޤާއިމްކުރުން ކަމުގައި އިސްލާމީ މަރުކަޒުގެ އިމާމް ޝައިޚް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. 

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒުކުރުމަށް ނިންމައި އެކަން މި ސަރުކާރުގެ ދަޚިލީ ވަޒީރު އަލީ އިހްސާނު އިއްޔެވަނީ އެ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުމުގައި އިއުލާނު ކުރައްވައިފައެވެ. 

މިކަމާއި ވިދިގެން ބައެއް ފަރާތްތަކުން އަންނަނީ އެ ނިންމުމަށް ފާޑުކިޔައި ޚިޔާލު ފާޅުކުރަމުންނެވެ. 

މި ދަނޑިވަޅާއި ދިމާކޮށް ޝައިޚް މުހައްމަދު ލަތީފް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ  މާތް ﷲ ގެ ޝަރީޢަތް ބިންމަތީގައި ޤާއިމްކުރުމަކީ ކޮންމެ މުސްލިމެއްގެވެސް އެންމެ މުހިއްމު މަޤްސަދުކަމުގައި ހެދުމަށް މާތްﷲ އަމުރުކުރައްވައިފައިވާކަމަށެވެ. 

މީގެ އިތުރުން އެ ޓުވީޓުގައި ވަނީ ޤިޞާޞް ހިފުމަކީވެސް މާތް ﷲ ގެ މަތިވެރި ޝަރީޢަތުގެ ތެރެއިންވާކަމެއް ކަމަށާއި އެކަން ކުރުމަށް ހިތްވަރުދިނުމުގެ ބަދަލުގައި އެކަން ކުރުމަށް ހުރަސްއެޅޭ ގޮތަށް ވާހަކަ ދެއްކުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫންކަމަށެވެ. 

ޤިޞާޞް ހިފުންވަނީވެސް އެ މަތިވެރި ޝަރީޢަތުގެ ތެރެއިން. އެަކަން ކުރުމަށް ހިތްވަރުދިނުމުގެ ބަދަލުގައި އެކަން ކުރުމަށް ހުރަސްއެޅޭ ގޮތަށް ވާހަކަ ދެއްކުމަކީ މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫން!

ޝައިޚް މުހައްމަދު ލަތީފް

މި ސަރުކާރުން ޤިޞާސް ހިފުމަށް ނިންމާފައިވާކަން އިއުލާނުކުރުމާއެކު ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދު ޤައްޔޫމްވެސް ވަނީ އެކަމާމެދު ކަންބޮޑުވާކަން ދޭހަވާ މޭރުމަކުން ޓުވީޓު ކުރައްވައިފައެވެ. އެގޮތުން އެ މަނިކުފާނުގެ ޓުވީޓުގައި ވަނީ، މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ކަމެއް ދެނެވަޑައިނުގަންނަވާކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.