މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް އާއި އެކު އުރީދޫއިން އެއްބަސް ވުމުގެ ތެރެއިން-- ފޮޓޯ: އުރީދޫ
ހަބަރު
21 Dec 2023 | 13:30
އުރީދޫ ފަން ރަން ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީޓޮޕް ހޮސްޕިޓަލް!

އުރީދޫ ފަން ރަން2023 ގެ މެޑިކަލް ޕާޓްނަރަކަށް ޓްރީ ޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އާއި އެކު އުރީދޫއިން އެއްބަސް ވެއްޖެއެވެ.

މިކަމާއި ގުޅިގެން އުރީދޫއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި ޕަރޓްނަރޝިޕް ގެ އަމާޒަކީ ރާއްޖޭގައި ބާއްވާ 5 ކިލޯމީޓަރުގެ މި ދުވުމުގެ ބައިވެރިންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫއިން ޓްރީ ޓޮޕް ހޮސްޕިޓަލް އާއި ގުޅިގެން އަގުހުރި ހެލްތް ޓިޕްސް ތަކުގެ ގޮތުގައި ޑައަޓާއި ކަސްރަތުގެ އިރުޝާދުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ދުވުންތެރިންނަށް ފޯރުކޮށްދޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ

މި ދުވުމުގައި ބައިވެރިވާ ބައިވެރިންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައިޓްރީ ޓޮޕް ހޮސްޕިޓަލުން މުހިންމު ދައުރެއް އަދާކުރާނެ ކަަމށާއި ހެނދުނުގެ ޑްރޯން ރޭހާއި ދުވުމުގެ އިވެންޓް އިވެންޓުގައި ވެސް ޓީޓީއެޗް އިން ފަސްޓް އެއިޑް އަދި މެޑިކަލްހިދުމަތް ފޯރުކޮށްދޭނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގެ އިވެންޓް ސަރަހައްދުގައި މި ހޮސްޕިޓަލް ގެ ޓެންޓުން ދުވުންތެރިންނަށް ވަގުތުން އެހީތެރިކަމާއި އަޅާލުން ދިނުމަށްއެ ހޮސްޕިޓަލް ގެ ޓީމުން ތައްޔާރަށް ތިބޭނެ އެވެ. އަދި އުރީދޫ ފަން ރަން2023 ކުރިއަށް ދާއިރު ޓްރީ ޓޮޕް ހޮސްޕިޓަލްގެ އިމަޖެންސީ ރޫމް ވެސް އޮންނާނީ ފުލް އެލާޓުގައެވެ.

އުރީދޫ ފަން ރަން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ ހަވީރު 3:30 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން އިވެންޓް ބާއްވާ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.