2022 ވަނަ އަހަރުގެ އުރީދޫ ފަން ރަންގެ ތެރެއިން-- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް
ހަބަރު
21 Dec 2023 | 20:18
އުރީދޫ ފަން ރަން 2023ގެ ހަރަކާތްތައް މާދަމާ ފަށަނީ!

އުރީދޫ ފަން ރަންގެ ހަރަކާތްތައް މާދަމާ ހެދުނު ފަށާނެކަމަށް އުރީދޫ އިން ބުނެފިއެވެ.

މިކަމާ ގުޅިގެން އުރީދޫއިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އުރީދޫ މޯލްޑިވްސްގެ އަހަރީ ފަން ރަން މާދަމާ ފަށާއިރު، ރާއްޖޭގައި ބާއްވާ ފުރަތަމަ ޑްރޯން ރޭހާއި، އެންމެ ބޮޑު އަދި އެންމެ އުފާވެރި 5 ކިލޯ މީޓާރު ދުވުމުގެ އިތުރުން ރާއްޖޭގެ މަގުބޫލު ފަންނާނުން ހިމެނޭ އުރީދޫ މިއުޒިކް ޝޯ ވެސް ކުރިއަށްދާނެ ކަމަށެވެ.

މިގޮތުން މި ހަރަކާތުގައި އެންމެ ފުރަތަމަ އޮންނާނީ ރާއްޖޭގައި ބާއްވާ އެންމެ ފުރަތަމަ ޑްރޯން ރޭހެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހެނދުނު 8:00 އިން 11:00 އަށެވެ. މި ހަރަކާތުގައި ފައިނަލް ރޭހުގައި ދެ ކެޓަގަރީއެއް ކަމަށްވާ ސްކައި އެލީޓް (އެފްޕީވީ ޑްރޯން) ޕައިލެޓުންނާއި ސްކައި ވޯކާ (ޑީޖޭއައި ނޮން-އެފްޕީވީ ޑްރޯންސް) ގެ ޕައިލެޓުން ބައިވެރިވާނެ އެވެ. މި ރޭހަކީ އެންމެ ކުރު މުއްދަތެއްގެ ތެރޭގައި ނިންމާ ވާދަކުރާ ރޭހެއް ކަމަށް އުރީދޫ އިން މައުލޫމާތު ދެއެވެ. އުރީދޫ ޑްރޯން ރޭސް 2023ގެ ސްކައި ވޯކާ އަދި ސްކައި އެލީޓް ކެޓަގަރީގެ ބައިވެރިން ވާދަކޮށް 1 ވަނަ 2 ވަނަ އަދި 3 ވަނަ އަށް ދާ ފަރާތްތަކަށް ހާއްސަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އުރީދޫ އިން ބުނެއެވެ.

އުރީދޫ ފަން ރަން އޮންނާނީ މާދަމާ ހަވީރު 3:30 އިން 6 އަށެވެ. އަލަށް ދުވާ ދުވުންތެރިންނާއި ތަޖުރިބާކާރު ދުވުންތެރިންގެ އިތުރުން ހުރިހާ އުމުރެއްގެ އާއިލާތަކަށާއި ރަހުމަތްތެރިންނަށް ވެސް މަޖާކޮށްލެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ދުވުން އޮންނާނީ ހުޅުމާލޭގައި އެވެ. ކޮންމެ ކިލޯމީޓަރެއް ނިމުމުން ކުލައާއި ފެނާއި މަޖާ އޮބްސްޓޭކަލްސްތަކާ އެކު ތަފާތު ފަން ސްޓޭޝަންތައް ފެންނާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ. މި ދުވުމަކީ ޓައިމް އިވެންޓަކަށް ނުވާތީ، ފިނިޝިން ލައިނަށް ހިނގާފައި ނޫނީ ޖޮގްކޮށްފައި ނުވަތަ ނަށާފައިވިޔަސް، ބައިވެރިންނަށް ދުވުން ނިންމާލެވޭނެއެވެ. ދުވުން ނިންމާލާއިރު ފޯމް ޕާޓީއަކާއި ފިނިޝަރ މެޑަލްއަކާއި މިއުޒިކް ޝޯއަކާ އެކު ދުވުން ނިންމާލުމުގެ އުފާ އުރީދޫއިން ފާހަގަ ކުރާނެއެވެ.

މި ފަން ރަންގެ އެންމެ ފަހު އިވެންޓް ކަމުގައިވާ އުރީދޫ މިއުޒިކް ފެސްޓިވަލް ކުރިއަށް ދާނީ 22 ޑިސެމްބަރ 2023 ވާ ހުކުރު ދުވަހުގެ ރޭ 8:00 އިން ފެށިގެން 12 އަށެވެ. މި  މިއުޒިކް ޝޯގައި ރާއްޖޭގެ މަގުބޫލު އާޓިސްޓުތަކެއް  ޕާފޯމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަބޭސް ބޮޑުބެރު، ޑިޓިއުން، މީރާ، ޝަމްބެ އަދި އިންމަ، ޑިޖޭ ދީދު، ޒަކިއްޓެގެ އިތުރުން ޓްރަފިކް ޖޭމެވެ.

އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު އުރީދޫގެ ފޭސްބުކް، އެކްސް އަދި އިންސްޓަގްރާމް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށް އުރީދޫ މޯލްޑިވްސް އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ