ޗިކަން ސޫޕް--
ލައިފްސްޓައިލް
22 Dec 2023 | 09:36
ވިއްސާރަތަ؟ ހޫނު ހޫނު ޗިކަން ސޫޕް ކިހިނެއް ވާނެ؟ މިއޮތީ ރެސިޕީ!

ވިއްސާރަ ދުވަސް ދުވަހާއި ވިއްސާރަ ނޫން ދުވަސް ދުވަހުވެސް ސޫޕް ތައްޓެއް ބުއިމަކީ ހިތަށް ވަރަށް ވެސް ހަމަޖެހުން ގެނުވާނެ ކަމެކެވެ. އެހެންކަމުން މިއަދު 'ވޮއިސް'ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ޗިކަން ސޫޕް ތައްޔާރު ކޮށްލާނެ ގޮތެވެ. 

ބޭނުންވާ ތަކެތި 

900ގ ބޯންލެސް ކުކުޅު (ކޮށާފައި)

2 ކެރެޓު (ބޮޑެތިކޮށް ހަތަރެސްކަން ގޮޅިއަށް ކޮށާފައި)

1 ލީކްސް (ތުނިކޮށް ކޮށާފައި) 

1 ފިޔާ (ހަތަރު ފަޅިއަށް ފަޅާފައި)

8 ތަށި ފެން

ޕާސްލޭ ފަތް (ކޮށާފައި) 

ނޫޑްލްސް ސޫޕް ޕެކެޓް

އަސޭމިރުސް

6 ލޮނުމެދު (ބޮޑެތިކޮށް ކޮށާފައި) 

20ގ ބަޓަރ

ހިކަނދިފަތް

ގިތެޔޮމިރުސް 

ހިކި ރަތް މިރުސް (ބޮޑެތިކޮށް ކޮށާފައި) 

ތައްޔާރު ކުރާނެގޮތް 

1) ތެއްޔަކަށް ފެން އަޅައި އޭގެ ތެރެއަށް 1 ކެރެޓާއި އަދި އެއް ލީކްސްގެ ދެބައި ކުޅަ އެއްބައި އެޅުމަށް ފަހު، ކުކުޅާއި، ލޮނު އަދި އަސޭމިރުސް އަޅައި ކައްކަން އުދާށެވެ.

2) ކުކުލު ކޮޅު ރަނގަޅަށް ރޯފިލުމުން އޭގެ ތެރެއަށް ބާކީ ހުރި ތަރުކާރީ އާއި ފިޔާ އާއި ލޮނުމެދު، ހިކަނދިފަތް އަދި މިރުސް ކޮޅު އަޅާލާށެވެ. އެއަށްފަހު 10 ވަރަކަށް މިނެޓު ކައްކާލާށެވެ.

3) ލޮނު ހެޔޮވަރު ކޮށްލުމަށްފަހު ބަޓަރ ކޮޅު އަޅާލައި، ފަސް މިނެޓް ވަންދެން މަޑު ގިނީގައި ކައްކާލާށެވެ. 

ޗިކަން ސޫޕް އެހުރީ ތައްޔާރު ވެފައެވެ. ގާލިކް ބްރެޑާއި އެކު ހުތް ކޮޅެއް ޖަހާލައިގެން ވަރަށް މީރުވާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
އާސެނަލުން ފަހަތުން އަރައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.