މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ ބައްދަލުވުމެއް. ފޮޓޯ: މަޖިލިސް
ހަބަރު
23 Dec 2023 | 11:37
ކޯރަމް ހަމަނުވެ މަސްއޫލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލް

ކޯރަމް ހަމަނުވެގެން މިއަދު ބާއްވަން އެޖެންޑާ ކުރި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

މި ބައްދަލުވުމަކީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލައިގައި ކޮމިޓީން ގޮތެއް ނިންމަން މިއަދު ބާއްވަން ހަމަޖެހުނު ބައްދަލުވުމެކެވެ.

ވަޒީރުންގެ ނަންތައް ދިރާސާކުރި މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ވަނީ ހުރިހާ ބޭފުޅުންގެ ވެސް ވަޒީރުކަމުގެ ޝަރުތު ހަމަވާ ކަމަށް ނިންމާފައެވެ.

ކޮމިޓީން ފާސް ކުރީ ވަޒީރުނަށް ރުހުން ދިނުމަށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓުގައި ކޮންމެ ވަޒީރަށް ވަކިވަކިން ވޯޓަށް އެހުމަށެވެ.

މިނިސްޓަރުންނަށް ރުހުން ދޭން މިދިޔަ ހަފްތާގެ ހޯމަ ދުވަހުގެ ޖަލްސާގައި ތާވަލުކޮށްފައިވީ ނަމަވެސް، މިނިސްޓްރީތަކުގެ މެންޑޭޓަށް މި ސަރުކާރުން ގެނައި ބަދަލުތައް ރައީސް އޮފީހުން މަޖިލީހަށް ފޮނުވާފައި ނުވާތީ އާއި ކޮމިޓީ ރިޕޯޓުގައި މަޖިލީހުގެ ޤަވާއިދުގައި ބުނާ ކަންކަން ފުރިހަމަ ނޫން ކަމަށް ބުނެ، ރިޔާސަތުން ވަނީ އެ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލާފަ އެވެ.

އެ މައްސަލަ ކޮމިޓީއަށް އަނބުރާ ފޮނުވާލިތާ ފަސް ދުވަސް ފަހުން ބާއްވަން ހަމަޖެހުނު މިއަދުގެ ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

މިއަދުގެ ބައްދަލުވުމަށް މުގައްރިރު ހިމެނޭގޮތުން ވަޑައިގެންނެވީ އެންމެ ތިން މެންބަރުންނެވެ.

ކޯރަމް ހަމަވާނީ ކޮމިޓީގައި ތިއްބަވާ 12 މެންބަރުންގެ ތެރެއިން މަދުވެގެން ހަތަރު މެންބަރުން ހާޒިރުވެގެނެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ވަކި ކޮޅެއްގައި ނުޖެހި ލަސްވަމުން ދާތީ އެކަމާ މެދު ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.