ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ)
ހަބަރު
23 Dec 2023 | 15:41
ފިތުނަ ހުއްޓުވުމަކީ ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުމެއް ނޫން: އިބްރާ

ދޮގާއި ފިތުނަ ފެތުރުން ހުއްޓުވަން ކުރާ މަސައްކަތަކީ ހިޔާލުފާޅު ކުރުމަށް ހުރަސްއެޅުމެއް ނޫންކަމުގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ ދެ ވެބްސައިޓެއް ބަންދުކުރުމާ ގުޅޭގޮތުން އެކްސްގައި އިބްރާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދޮގު ހަބަރު ފެތުރުމަކީ ގާނޫނު އަސާސީގައި ދީފައި އޮންނަ ހިޔާލުފާޅު ކުރުމުގެ ހައްގު ނޫން ކަމަށެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ ހިޔާލު ފާޅުކުރުމަކީ ކަމަކާމެދު ތިމާ ދެކޭގޮތް ހާމަކުރުން ކަމަށާއި އަދި އެކަންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ، ލިބިގެންވާ ކަމަށެވެ

އެހެން ނަމަވެސް ހަބަރެއް ފަތުރާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރަންޖެހޭނެ ކަމަށާއި އަދި ދޮގު ހަބަރު ފަތުރާ، ފިތުނަ އުފެއްދުމަކީ ކުށެއް ކަމަށް ވެސް އިބްރާ ވަނީ ވިދާޅުވެފައެވެ.

އެހެން މީހަކު ނުވަތަ ބަޔަކު ވަކި ކަމެއް ކުރިކަމަށް ނުވަތަ ނުކޮށް ދޫކޮށްލިކަމަށް ބުނުމަކީ ހިޔާލު ފާޅުކުރުމެއް ނޫނެވެ. އެއީ ހަބަރު ފެތުރުމެވެ. އެފަދަކަމެއްގެ ވާހަކަ ބުނާނަމަ، އެކަމެއްގެ ތެދު ދޮގު ކަށަވަރު ކުރުމާއި، އެވާހަކައެއް ބުނާ މީހާއާމެދު ދައުވާއެއް އުފުލިއްޖެ ނަމަ، ތިމާ ބުނީ ތެދެއްކަން ސާބިތުކޮށްދިނުމަކީ ބުނާ މީހާގެ މައްޗަށް އޮންނަކަމެކެވެ.

އިބްރާހީމް އިސްމާއީލް (އިބްރާ)

ހިޔާލެއް ފާޅުކޮށްގެން ދައުވާއެއް ނުއުފުލޭނެކަން ހަނދާންކޮށްދެއްވާ އިބްރާ ވިދާޅުވީ އެހެން އެކަން އޮތް ނަމަވެސް ދޮގުވާހަކަ ފަތުރާނަމަ ދައުވާއަށް ޖަވާބުދޭންޖެހޭނެ ކަމަށެވެ. އަދި އެންމެން ވެސް މި ތަފާތު ދަސްކުރަންވެއްޖެ ކަމަށް ވިދާޅުވިއެވެ.

ރަޖިސްޓްރީނުކޮށް ހިންގަމުންދިޔަ ދެ ވެބްސައިޓެއް ބަންދުކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.

މިމައްސަލައާ ގުޅުވައިގެން ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު ވިދާޅުވެފައިވަނީ ގާނޫނާއި ގަވާއިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫސް މަޖައްލާއެއް ސަރުކާރުން ބަންދުކޮށް ނުވަތަ ބްލޮކްނުކުރާނެ ކަމަށެވެ. މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެކަމަށް ވެސް ޝަހީބު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.