ގަރާރު ފާސްކުރުމުގެ މަޖިލިސް ތެރެއިން-- ފޮޓޯ: އދ
ހަބަރު
23 Dec 2023 | 14:20
ޣައްޒާ މައްސަލައަށް ހައްލެއް ހޯދުމަށް އ.ދ އިން ގަރާރެއް ފާސްކޮށްފި!

ފަލަސްތީނުގެ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ގަރާރެއް ފާސްކޮށްފިއެވެ.

މުސްލިމް ގިނަ ގައުމުތަކެއްގެ ބައިވެރިވުމާ އެކު، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ.

މި ގަރާރު ފާސްކުރަން ވޯޓު ދޭނެކަމަށް އެމެރިކާ އިން ކުރި ބުނި ނަމަވެސް ވޯޓަށް އެހުމުން އެ ގައުމުން ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ. އެމެރިކާގެ އިތުރުން ރަޝިޔާއިން ވެސް ވަކި ކޮޅަކަށް ވޯޓު ދީފައެއް ނުވެއެވެ.

މި ގަރާރާއި ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ.

އެ ގަރާރުގައި ވަނީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކުގެ ދަށުން ޣައްޒާގެ އާންމުންނާއި މަދަނީ ތަކެތި ހިމާޔަތްކުރުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރު ކޮށްދިނުމުގެ މައްޗަށް އަލި އަޅުވާލާފައެވެ.

އދ. ގެ ސެކިއުރިޓީ ކައުންސިލުން މި ގަރާރު ފާސްކުރުމަށް ފަހު އެދުނީ މުޅި ފަލަސްތީނުގެ ޣައްޒާގެ އާބާދީއަށް އިންސާނީ އެހީތެރިކަން ރައްކާތެރި އަދި ހުރަހެއް ނެތި ވަގުތުން، ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމާއި މަގުފަހިކޮށްދިނުމަށެވެ.

އަދި ފަލަސްތީނުގައި ތިބި ރައްޔިތުންނަށް ރައްކާތެރިކަމާ އެކު އެ ފަރާތްތަކަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭތޯ ކަށަވަރުކުރުމަށް ސަލާމަތީ މަޖިލީހުން މިއަދު ވަނީ ޣައްޒާއަށް ސީނިއާ ހިއުމަނިޓޭރިއަން އެންޑް ރިކޮންސްޓްރަކްޝަން ކޯޑިނޭޓަރަކު އައްޔަންކުރުމަށް އެދިފަ އެވެ.

އަދި ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އަވަސްކުރުމަށް ވެސް މި ގަރާރުގައު ވަނީ ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.