ކަރްނާޓަކާގައި ބުރުގާ އެޅުން މަނާކުރުމުން ބޭއްވި މުޒާހަރާއެއް. ފޮޓޯ:ބީބީސީ
ދުނިޔެ
23 Dec 2023 | 16:31
ކަރްނާޓަކާގައި ބުރުގާ އަޅައިގެން ކިޔަވަން ނުދެވޭގޮތަށް އޮތްއޮތުން ނިމުމަކަށް ގެންނަނީ

އަވައްޓެރި އިންޑިޔާގެ ކަރްނާޓަކާގައި މުސްލިމުންނަށް ބުރުގާ އަޅަައިގެން ތަޢުލީމް ދޭ ތަންތަނަށް ނުވަދެވޭނެ ގޮތައް އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް ކަރްނާޓަކާއިގެ ޗީފް މިނިސްޓަރު ސިދްރާމާޔާ ވިދާޅުވެއްޖެއެވެ.

އިންޑިޔާގެ ކަރްނާޓަކާއިގައި ޢަމަލުކުރަމުންދިޔަ އެއުސޫލަކީ ކަރްނާޓަކާގެ ސިޔާސީ ބާރު ބީޖޭޕީގެ ދަށުގައި އޮތް އިރު ގާއިމްކުރި އުސޫލެކެވެ.

ޗީފް މިނިސްޓަރު ސިދްރާމާޔާ ވިދާޅުވެފައިވަނީ މުސްލިމް އަންހެން ކުދިންނަށް ބުރުގާ އަޅައިގެން ސްކޫލާއި ކޮލެޖުތަކަަށް ކިޔަވަން ނުވަދެވޭނެ ކަމަށް ނެރެފައި އޮތް އަމުރު އަނބުރައި ގެނައުމަށް ކަމާއި ބެހޭ ފަރާތްތަކަށް އަންގަވާފައިވާނެ ކަމަށެވެ.

ބުރުގާ މަނާކުރުން ދެން ނޯންނާނެ، ބުރުގާ އެޅޭނެ ބުރުގާ އަޅައިގެން ބޭނުން ތަނަކަށް ދެވޭނެ، އެމީހަކު އަޅާ ހެދުމަކާއި އެމީހަކު ލާ އެއްޗަކީ އެމީހެއްގެ ކަމެއް، އަަހަރެން އެކަންކަން ހުއްޓުވަން ވީ ކީއްވެ' ސިދްރާމާޔާ ވިދާޅުވިއެވެ.

ސިދްރާމާޔާ ވަނީ ބީޖޭޕީ ސަރުކާރުން އިންޑިޔާގެ ރައްޔިތުން އެމީހުން އަޅާ ހެދުމާއި އެމީހަކު ކާއެއްޗެހީގެ ސަބަބުން މީހުން ބައިބަޔަށް ވަކިކުރާ ކަމަށް ވެސް ވިދާޅުވެފައެވެ.

ބުރުގާ އަޅާ ކުދިން ސްކޫލްތަކަށާއި ކޮލެޖުތަކަށް ނުވައްދާ، ދެކޮޅު ހެދުމުގެ މައްސަލައިގެ އަޑު ބޮޑަށް ފެތުރުނީ ކަރްނާޓަކާގެ އުޑުޕީ ޑިސްޓްރިކްގެ ގަވަރަމެންޓް ޕްރީ-ޔުނިވާސިޓީގެ އަންހެން ކުދިންގެ ކޮލެޖްގައި ކިޔަވާ މުސްލިމް 6 ކުއްޖަކު ބުރުގާ އަޅައިގެން ކްލާސް ރޫމްއަށް ވަނުން މަނާކުރުމާއި ގުޅިގެން އެކަން ސޯޝަލް މީޑީއާގެ ވަސީލަތްތައް މެދުވެރިކޮށް މީހުންގެ ސަމާލުކަން ލިބުމުންނެވެ.

މި މައްސަލައާއި ގުޅިގެން ކަރްނާޓަކާގެ ސަރުކާރުން ގޮތް ނިންމީ އެ ކޮލެޖާއި ދެކޮޅަށެވެ. އަދި ކަރްނާޓަކާގެ ހައިކޯޓުން ވެސް ބުރަވީ ބީޖޭޕީ ސަރުކާރުންގެ ނިންމުމާއި އެއްކޮޅަށެވެ.

އޭގެ ފަހުން މި މައްސަލަ އިންޑިޔާގެ ސުޕްރީމް ކޯޓަށް ހުށައެޅުނެވެެ. ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން މި މައްސަލައާ ދެކޮޅަށް ރިޢާޔަތް ނެރުއްވުމުން ތިންވަނަ ފަނޑިޔާރެއްގެ ބަސް ހޯދުމަށް މި މައްސަލަ އޮތީ ފޮނުވައިފައެވެ.

އެޑިޓަރުގެ ނޯޓް
އަވައްޓެރި އިންޑިޔާގެ ކަރްނާޓަކާގައި މުސްލިމުންނަށް ބުރުގާ އަޅަައިގެން ތަޢުލީމް ދޭ ތަންތަނަށް ނުވަދެވޭނެ ގޮތައް އޮތްއޮތުން ނިމުމަކަށް ގެންނާނެ ކަމަށް ކަރްނާޓަކާއިގެ ޗީފް މިނިސްޓަރު ސިދްރާމާޔާ ވިދާޅުވެއްޖެއެވެ.
ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.