ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް މުޙްތާޒް މުޙްސިން. ފޮޓޯ: ޕީޖީ އޮފީސް
ހަބަރު
23 Dec 2023 | 17:41
ދައުރު ދިގުދައްމާ ވަސީލަތަކަށް، ވަޒީރުންނަށް ރުހުންދިނުން ހެދުމަކީ ލަދުވެތި ކަމެއް: މުޙްތާޒް

ވަޒީރުންނަށް ރުހުންދިނުމަކީ އިދިކޮޅުން މަޖިލީހުގެ ދައުރު ދިގުދަންމަން ބޭނުންކުރާ ވަސީލަތަކަށް ހެދުމަކީ ލަދުވެތި ކަމެއް ކަމަށް ކުރީގެ ޕްރޮސިކިޔުޓަރ ޖެނެރަލް މުހްތާޒް މުޙްސިން ވިދާޅުވެއްޖެއެވެ.

މުޙްތާޒް މިހެން ވިދާޅުވީ އޭނާ މިއަދު އެކްސްގައި ކުރެއްވު ޕޯސްޓެއްގައެވެ.

މުޙްތާޒް މިހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އިން ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ކެބިނެޓްގެ ބައެެއް މިނިސްޓަރުންނަށް ރުހުން ނުދޭނެ ކަމަށް ބުނަމުންގެންދާތީއެވެ. 

އަދި މިއަދުވެސް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްވެފައި ވާތީއެވެ.

މުޙްތާޒް ވިދާޅުވީ ވަޒީރުންގެ ރުހުމަކީ އިދިކޮޅުން މަޖިލީހުގެ ދައުރު ދިގުދަންމަން ބޭނުންކުރާ ވަސީލަތަކަށް ހެދުމަކީ ލަދުވެތި އަދި އެހާމެ ފިނޑި ޢަމަލެއް ކަމަށެވެ.

“ލައްޒަތުގެ ކޯރުން ފެން ބުއި ޒަމާން މާޒީވެ ހިނގައްޖެ، ދަރުބޮނޑި އައްސާފައި އޮތް ވަކަގަނޑު މިހާރު އެއޮތީ ފީވެފަ، ބައިކޮށްލަން އެހާމެ ފަސޭހަވާނެ” މުހްތާޒް ވިދާޅުވެފައިވެއެވެ.

19 ވަނަ މަޖިލިސްގެ ދައުރު ތިންްވަނަ ފަހަރަށް ވަނީ މިމަހުގެ 28 ވަނަ ދުވަހާއި ހަމައަށް ދިގު ދަންމައިލައިފައެވެ. އެންމެ ފުރަތަމަ ދައުރު ދަންމާލީ، މިމަހު 7 ވަނަ ދުވަހާއި ހަމައަށެވެ.

އެފަހަރު ދައުރު ދަންމާލީ ބަޖެޓުގެ މަސައްކަތް ހިމެނޭހެން މުހިއްމު ގިނަ މައްސަލަތަކެއް ހުރީތީއެވެ. އޭގެފަހުން އަނެއްކާވެސް ދެވަނަ ފަހަރަށް ދައުރު ދަންމާލީ މިމަހުގެ 18 ވަނަ ދުވަހާއި ހަމައަށެވެ.

މަޖިލީހުގެ މި ދައުރު ދަންމާލަން ފާސްކޮށްފައިވާއިރު، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނާއިބު ރައީސް އީވާ އަބްދުاللهގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގެ މަސައްކަތެއް ނުކުރެވި ގިނަ ދުވަސްތަކެއް ބޭކާރުވެގެން ގޮސްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.