އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ވަޒީރު ބައްލަވާ ލެއްވުން: ފޮޓޯ: އިމާރާތްކުރުމާއި ބެހޭ ވުޒާރާ
ހަބަރު
23 Dec 2023 | 20:22
އަމީނީމަގުގެ ފަހު ފިޔަވަހި ތަރައްގީ ކުރަނީ ބަސްދުއްވޭނެހެން ފުޅާކޮށް: މިނިސްޓަރު މުއްޠަލިބް

އަމީނީމަގުގެ އެންމެ ފަހު ފިޔަވަހީގެ މަސައްކަތަށް ކުރިއަށްގެންދަނީ ބަސް ދުއްވުމަށް ލުއިފަސޭހަވާނެހެން މަގު ފުޅާކުރެވިގެން ކަމުގައި އިމާރާތްކުރުމާއި ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ. 

މިނިސްޓަރު މުއްޠަލިބް މިފަދައިން ވިދާޅުވީ އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ފަހު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.  

އަދި ވިދާޅުވީ، އަމީނީ މަގުގައި މިހާރު ހަދަމުންދާ ބަޔަކީ ބޮޑެތި ބަސްތަައް ދަތުރުކުރާ ބަޔަކަށް ވުމުން، މަގުގެ އެ ބައި ހެދިގެން ދާނީ ފުޅާކޮށް ކަމުގައެވެ. 

މީގެ އިތުރުން އަމާޒަކީ އެ މަގުގެ މަސައްކަތް ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމުގެ ކުރިން ނިންމުންކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ. 

އަމީނީ މަގުގެ ފިޔަވަހީގެ މަސައްކަތް މި މަހުގެ ކުރީކޮޅު ފެށިއިރު، މީގެ ކުރިން ކުރިޔަށްގެންދިޔަ ސެގްމެންޓުތަކުގެ ދަށުން ޕްރޮޖެކްޓު ކުރިޔަށް ގެންދެވިފައި ވަނީ އިއްޒުއްދީން މަގާއި ހަމައަށެވެ.

އޭގެ ފަހުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މަޑުޖެހިފައި އޮތުމަށް ފަހު، މަސައްކަތް ފެށިއިރު އާރުޑީސީން ބުނީ އަމާޒަކީ 50 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުން ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ފެންހިންދާ ނިޒާމަށް ބޭނުންވާ ޓޭންކުތަކާއި ހޮޅީގެ ވިއުގަ އެޅުމިގެ މަސައްކަތުގެ އިތުރުން ނަރުދަމާގެ މަސައްކަތް ކަމުގައި އާރްޑީސީން ބުނެއެވެ. 

މިއާއެކު އެމްޑަބްލިއުއެސްސީގެ ފެންހޮޅި ޓެސްޓު ކުރުމާއި ގުޅޭ މަސައްކަތްތައް ވެސް ކުރިޔަށްދާކަމަށް އާރުޑީސީން މައުލޫމާތު ދިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.