ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރް ޢަބްދުއްލަތީފް. ފޮޓޯ: މަޖިލިސް
ހަބަރު
24 Dec 2023 | 10:30
ކޮލިޓީ ނެތް ބޭފުޅުންނަށް ރުހުންދިނުމަކީ މެންބަރުން ކޮށްގެންވާނެ ކަމެއްނޫން: ޔާސިރު

ކޮލިޓީ ނެތް ބޭފުޅުންނަށް ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ރުހުންދިނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކޮށްގެން ވާނެކަމެއް ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދަޅުވީ އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައެވެ.

ޔާސިރުގެ ވިދާޅުވީ މި ސަރުކާރުގެ ކެބިނެޓްގައި ތިއްބެވި ބައެއް ވަޒީރުންނަކީ ގާބިލް ބޭފުޅުން ނޫންކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ކަމަށާއި، ކޮލިޓީ ނެތް ބޭފުޅުންނަށް ރަބަރު ސްޓޭމްޕް ޖަހާ އުސޫލުން ރުހުންދިނުމަކީ މަޖިލިސް މެންބަރުން ކޮށްގެންވާނެ ވާނެ ކަމެއް ނޫންކަމަށެވެ.

“އަނެއްބައި ފަރާތްތަކުން ދަންނަވަނީ ރުހުން ދިނުމުގައި އަމަލު ކުރެވެމުން އައި ގޮތަށް ބަލާއިރު ފުރަތަމަ ކެބިނެޓްގެ ހުރިހާ ވަޒީރުންނަށް ރުހުން ދިނުން ރަނގަޅު ކަމަށް، މައްސަލަތައް އުޅޭނަމަ ފަހުން މަޖިލީހުގެ ތެރެއިން މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަތް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓަށް ރައްޔިތުންގެ މަޖިލިސްއިން އެޕްރޫވަލް ހޯދަންޖެހޭ ގޮަތަށް ކަނޑައެޅި ލިޔެވިފައި އޮންނަނީ ކޮން މަގުސަދެއްވައިތޯ ވިސްނަންޖެހޭ” ޔާސިރު ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލިސްގެ ރުހުން ދިނުމުގެ ޕްރޮސެސް އަކީ ހާމަކަން ބޮޑުގޮތެއްގައި ހިންގާ ރަނގަޅު ވެޓިން ޕްރޮސެސަކަށް ވާންޖެހޭ ކަމުގައި ގަބޫލުކުރައްވާ ކަމަށް ވެސް މެންބަރު ޔާސިރު ވިދަޅުވެފައިވެއެވެ.

ރައީސް ޑރ މުޙައްމަަދު މުޢިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހުގައި ދިގުދަންމަމުންދާކަމަށް ދަނީ ތުހުމަތުކުރެވެމުންނެވެ. އިއްޔެ ވެސް އެކަމާއި ގުޅޭ ގޮތުން ބާއްވަން ހަމަޖެހުނު ކޮމިޓީ ބައްދަލުވުން ވެެސް ވަނީ ކޯރަމް ހަމަނުވެގެން ކެންސަލްކޮށްފައެވެ.

މީގެއިތުރުން އެމްޑީޕީގެ އިސްބައެއް ބޭފުޅުން ވަނީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދެއްވާނެ ކަމަށް ވިދާޅުވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Aug 2026
ނާފިއުގެ އާއިލާއާ ބައްދަލުކޮށް ހިތްވަރު ދީފި, ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ
މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދޯނި އަޑިއަށް ގޮސްފައިވާ ސަރަހައްދަކީ 1650 މީޓަރަށް ވުރެ ފުން ސަރަހައްދަކަށް ވާތީ، ރާއްޖޭގައި ހުރި ވަސީލަތްތަކުން އެ ހިސާބަށް ނުދެވޭތީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބޭރުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
14 Aug 2026
ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުން، މާދަމާގެ ނިޔަލަށް ހުވަދޫ ކަނޑު އެއްކޮށް ބަލާ ނިމޭނެ
މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ. ކުޑަލަފަރީގެ އިރުއުތުރުން އަށް ނޯޓިކަލް މޭލު ބޭރުން "ފްރެންޑް 4" ސަޕްލައި ދޯނި ބަންޑުން ޖަހާލައި އަޑިއަށް ދިޔަ ހާދިސާއާ ގުޅިގެން، ގެއްލުނު ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ހުއްޓުމެއްނެތި ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
14 Aug 2026
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝާހިދު އިއުލާނުކުރައްވައިފި
އެމްޑީޕީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފި އެވެ.
14 Aug 2026
ތިލަމާލެ ބްރިޖު މަޝްރޫއުއަކީ މި ސަރުކާރުގައި ސުމަކުން ފެށި މަޝްރޫއުއެކޭ ބުނެވިދާނެ: ރައީސް
ރައީސް ވިދާޅުވީ މަޝްރޫއު ފެށުމަށް ފަހު ކުރީ ސަރުކާރަށް ދެ އަހަރުގެ މުއްދަތެއް ލިބުނު ނަމަވެސް މަސައްކަތް ދިޔައީ ވަރަށް ލަސް ދުވެއްޔެއްގައި ކަމަށެވެ.
14 Aug 2026
ރާޔާ އެއާވޭސް އިން ވީއައިއޭއަށް ތާވަލުކުރެވިގެން ކުރާ ކާގޯ ދަތުރުތައް ފަށައިފި
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހާމަކޮށްފައިވާ ގޮތުގައި، މިއީ މެލޭޝިއާގެ ޕެނޭންގް އާއި މާލެއާ ދެމެދު ސީދާ ގުޅުމެއް ގާއިމުކުރުމަށް ފެށި ދަތުރުތަކެކެވެ.
14 Aug 2026
ތިނަދޫ އެއާޕޯޓް މަޝްރޫއުއަކީ އެންމެ މުހިންމު ވައުދު، ވަރަށް އަވަހަށް ފެށޭނެ: ރައީސް
"ތިނަދޫގައި އެއާޕޯޓުގެ މަޝްރޫއަކީ އަޅުގަނޑުގެ އެންމެ މުހިއްމު ވައުދު އިރާދަކުރެއްވިއްޔާ އެ މަޝްރޫއުވެސް ވަރަށް އަވަހަށް ފެށިގެންދާނެ," ރައީސް ވިދާޅުވި އެވެ.
14 Aug 2026
ބޮޑުތަކުރުފާނު މަގުގައި ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
14 Aug 2026
އަންނަ އަހަރަކީ ތަރައްޤީގެ އެންމެ ގިނަ މަޝްރޫޢުތައް ނިންމާލެވޭނެ އަހަރަށް ވާނެ
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ސިލްސިލާ ޕޮޑްކާސްޓް "ދަ ޕަލްސް"ގެ 6 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ. މި އެޕިސޯޑް ޚާއްޞަކުރެވިފައިވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށެވެ.