ރައީސް ޑރ.މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Dec 2023 | 21:46
ބިންގާ އެޅުނު މި ސްކޫލަކީ ދަރިންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢުގެ ފެށުން: ރައީސް ޑރ.މުއިއްޒު

މިއަދު ހުޅުމާލޭގެ 2 ވަނަ ފިޔަވަހީގައި ބިންގާ އެޅުނު ސްކޫލަކީ، ދަރިންގެ ސިކުނޑިތައް ބިނާކުރުމުގެ މަޝްރޫޢުގެ ފެށުން ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ހަވީރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ އައު ސްކޫލުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އާދެ، ސިކުނޑިތައް ބިނާކުރުމަކީ، އަޅުގަނޑުމެންގެ އެންމެބޮޑު އެއް މަޝްރޫޢު. އިމާރާތްތައް ވަރަށް އުސްކޮށް ހެދިދާނެ. ކިތަންމެ އުސްކޮށްވެސް އިމާރާތް ހެދިދާނެ. އެހެން ނަމަވެސް، އެ އިމާރާތް، އެ ހެދޭ އުސްމިނާ އެއްވަރަށް ސިކުނޑިތައް ތަރައްޤީ ނުކުރެވޭނަމަ، ޤައުމަކަށް ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ"

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އައު ސްކޫލުގެ ބިންގާއެޅުމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު ގަސްދުކުރެއްވީ އެމަނިކުފާނުގެ ސަރުކާރުގައި ފުރަތަމަ ބިނާކުރާ އިމާރަތަކީ ތައުލީމަށް ބިނާކުރެވޭ އިމާރާތަކަށް ހެދުމަށްކަމަށެވެ.

މި ސްކޫލް އެޅުމުގެ މަސައްކަތަކީ އާރު.ސީ.ސީ.ގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓްރީއާ ގުޅިގެން ކޮންޓްރެކްޓަރ ފައިނޭންސް މޮޑެލްގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެކެވެ.

ހުޅުމާލެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލުތަކުގެ ތެރޭން ފޭސް2 ގައި ބިނާކުރާ މި ސްކޫލަކީ ގާތް ގަޑަކަށް 1700 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލް ބިނާކުރެވޭނީ 54 ކްލާސްރޫމާއި ހޯލަކާއި ސްކޫލުތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ޓާފް ދަނޑެއް އެކުލެވޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Jul 2026
ގަވާއިދާ ހިލާފަށް ކުނި ނެގުމުގެ މަސައްކަތް ކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، “ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑް” ގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، “އޭޔޫ ފެހުން” ގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.
07 Jul 2026
ޕޭ ފްރޭމްވޯކް އޮތް ގޮތުން މާސްޓާސް އަށްވުރެ ޑިގްރީ ޓީޗަރުންގެ މުސާރަބޮޑުވޭ
އެމްޑީޕީގެ ވެރިކަމުގައި، ޓީޗަރުންގެ ޕޭ ފްރޭމްވޯކަށް ބަދަލުގެނެސް އެކުލަވާލާފައި އޮތް ގޮތުން، ޑިގްރީ ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރައަށްވުރެ މާސްޓާސް ކިޔަވައިގެން ހުންނަ ޓީޗަރެއްގެ މުސާރަ ކުޑަވާ ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
07 Jul 2026
ޕޯޗުގަލްއަށް ޔޫރޯ ކާމިޔާބުކޮށްދިނިން؛ އެއީ ވޯލްޑްކަޕް ކާމިޔާބުކުރުން ފަދަ ކަމެއް
ޕޯޗުގަލްގެ ގައުމީ ޓީމަށް ކުޅެދިން 233 ވަނަ މެޗަށްފަހު ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ، 2016 ވަނަ އަހަރު ޕޯޗުގަލްއަށް ޔޫރަޕްގެ ތަށި (ޔޫރޯ) ހޯދައިދިނުމަކީ އޭނާއަށް ވޯލްޑްކަޕެއް ކާމިޔާބުކުރުމާ އެއްވަރުގެ ކަމެއް ކަމަށެވެ.
07 Jul 2026
ޢަރަބިއްޔާގެ އައު އިމާރާތް ނޮވެންބަރު މަހު ނިންމާލެވޭނެ
ޢަރަބިއްޔާ ސުކޫލުގެ އައު އިމާރާތުގެ މަސައްކަތް އަންނަ ނޮވެންބަރު މަހުގައި ނިންމާލެވޭނެ ކަމަށާ، އަންނަ ދިރާސީ އަހަރުގައި ކިޔަވަން ފަށާއި އެ ސުކޫލުދަރިވަރުން ކިޔަވާނީ އައު އިމާރާތުގައި ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުންފަޅު ގޭގެ އަލިފާނުގެ ހާދިސާގައި 109 މީހުންނަށް އަސަރުކުރި
މާލޭގެ ގ. ފުންފަޅު ގޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްލަ 109 މީހަކަށް އެކިވަރުގެ އަސަރުކޮށްފައިވާ ކަމަށާއި، އެމީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިހާތަނަށް 95,000 (ނުވަދިހަ ފަސްހާސް) ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
07 Jul 2026
ދަރިވަރުން ސުކޫލަށް ނުދާ މައްސަލާގައި ފިޔަވަޅު އަޅަން އަންގައިފިން
އެއްވެސް ސަބަބަކާ ނުލައި ސުކޫލަށް ނުގޮސް ކުއްޖަކު ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، އެކަމަށް މިނިސްޓްރީން ފިޔަވަޅު އަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ނިމުނު ހަފްތާގައި މާލޭ ސުކޫލުތަކުގެ ޕްރިންސިޕަލުންނާ ބައްދަލުކުރައްވައި އެކަމާ ގުޅިގެން ވާހަކަދެއްކެވި ކަމަށާ، އެ މައްސަލާގައި ފިޔަވަޅު އެޅުމަށް އަންގަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ.
07 Jul 2026
މަސްތުވާތަކެތީގެ ސަބަބުން ޖީލުތަކެއްގެ ކުރިމަގު ވަނީ ބަނަވެފައި
މަސްތުވާތަކެތީގެ ވަބާގެ ސަބަބުން ރާއްޖޭގެ އެތައް ޖީލެއްގެ ކުރިމަގު ބަނަވެފައިވާ ކަމަށާއި، އެކަމާ ދެކޮޅަށް މަސައްކަތް ކުރުމަކީ ފުލުހުންގެ މުއައްސަސާގެ އެންމެ އިސް އަމާޒު ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.
07 Jul 2026
ފުލުހުންނަށް، 24،000 ޑޮލަރުގެ ޑްރަގް ޓެސްޓް ކިޓްތަކެއް ހަދިޔާކޮށްފި
ގާތްގަނޑަކަށް 24,000 އެމެރިކާ ޑޮލަރު (370,080 ދިވެހި ރުފިޔާ) ގެ އަގުހުރި މި އެހީގެ ދަށުން ފުލުހުންނަށް 150 "ފީލްޑް ޓެސްޓިންގ ކިޓް" ވަނީ ހަވާލުކޮށްފައެވެ.