އިޒްރާއިލް ހަމަލާތަކުގައި ޣައްޒާގެ މީހުން ދިިރިއުޅޭ ސަރަހައްދު ހަލާކުވެފައި. ފޮޓޯ: ޤުދުސް ނެޓްވޯކް
ދުނިޔެ
26 Dec 2023 | 13:59
ރޭ ވެސް ހާލުގައި ޖެހިފައިތިބި ޣައްޒާގެ މުސްލިމުން ހޭދަކުރީ ބިރުވެރިކަމުގައި!

ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުިން ރޭވެސް ހޭދަކުރީ ބިރުވެރި ކަމުގައި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާގައި ބުނެފައިވަނީ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި މީހުން އަދިވެސް ދަނީ ބޮމުގެ ހަމަލާތަކުގެ އަސަރުތައް ތަހައްމަލް ކުރަމުން ކަމަށެވެ.

އެގޮތުން ރޭ އިޒްރާއިލުން ޣައްޒާއަށް ދިން ހަމަލާތަކުގެ ތެރެއިން ބުރެއިޖް ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށެވެ.

ހެނދުނު ހެނދުނާ ރަފާހް ގެ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އަދި ޙާލުގައި ޖެހިފައި ތިބި ގިނަ ބަޔަކު ދިރިއުޅެމުންދާ ސަރަހައްދަކަށް ދިން ހަމަލާތަކެއްގައި މުޅި އެސަރަހައްދު ވަނީ އެއްކޮށް ވަނީ ސުންނާފަތިވެފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އެހަމަލާއެރި ގެ ވެއްޓިފައިވަނީ އެގޭގައި ދިރިއުޅޭ އާއިލާ އެގޭގެ ތެރޭގައި ތިއްބައި ކަމަށް އަލްޖަޒީރާގައި ވަނީ ބުނެފައެވެ. އަދި އެހަތް މީހުން ވެއްޓިފައިވާ ޢިމާރާތުގެ ދަށުގައި ތާށިވެފައި ވާއިރު އެމީހުން ތިބީ އެމީހުން އެތަނުން ސަލާމަތް ކޮށް ނެގޭނެ ގޮތެއް ނެތުމުން އެމީހުން އެތަނުން ސަލާމަތް ނުކުރެވި ގިނަ ވަގުތު ހޭދަވަމުން ދާތީ އެމީހުން ޝަހީދުވެދާނެ ކަމުގެ ބިރު މިހާރު ވަނީ ހީވެފައި ކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު އިޒްރާއިލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން މިހާތަނަށް 20،674 މީހަކު ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި 8000އަށް ވުރެ ގިނަ ކުދަކުދިން ހިމެނެއެެވެ.

މިހަމަލާތަކިގެ ސަބަބުން 54 ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީގެ އިތުރުން ހުޅަނގު އައްސޭރިން 303 މީހަކު ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި 70 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި 3450 މީހުން ހުޅަނގު އައްސޭރިން ވަނީ ޒަޚަމްވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.