މިއަހަރުގެ އުރީދޫ ފަން ރަންގެ ތެރެއިން--ފޮޓޯ/އުރީދޫ
ވިޔަފާރި
26 Dec 2023 | 15:08
އަންނަ އަހަރުގެ އުރީދޫ ފަން ރަން ލާމު އަތޮޅުގައި ބާއްވަނީ

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވައިކަން އިއުލާނުކޮށްފިއެވެ.

އުރީދޫ ފަން ރަން 2024 ގެ ރީޖަނަލް އެޑިޝަން ލާމު އަތޮޅުގައި އުރީދޫ މޯލްޑިވްސްއިން ބޭއްވުމަށް ހަމަޖެހިފައިވައިކަން އިއުލާނުކޮށްދެއްވީ ނިމިދިޔަ ހުކުރު ދުވަހު ހުޅުމާލޭގައި ބާއްވި އުރީދޫ ފަން ރަން 2023 ގެ ރަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފު އެވެ. 

މި ރަސްމިއްޔާތުގެ ތެރެއިން އުރީދޫ ފަން ރަންގެ އުފާވެރި ރޫހު ރަމްޒުކޮށްދޭ ރަމްޒީ ހަނދާނީ ފިލައެއް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ނައިބު، އަލްއުސްތާޛު ހުސައިން މުހައްމަދު ލަތީފާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ޚާލިދު އަލް ހަމާދީ، ލ. އަތޮޅުގެ އިއްޒަތްތެރި ކައުންސިލް ރައީސް އިސްމާއިލް އަލީއަށް އަރުވާފައިވެއެވެ.

މި ސަރަޙައްދު ފުޅާކުރުމަށް އުފާކުރައްވާކަން ހާމަކުރައްވަމުން އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޚާލިދު އަލް ޙަމާދީ ވިދާޅުވީ އުރީދޫ ފަން ރަން 2024 އަށް ލ. އަތޮޅު އިޚްތިޔާރުކުރުމަކީ ހަމައެކަނި ދުވުމެއް ނޫން ކަމަށެވެ. އެއީ، އަޅުގަނޑުމެންގެ ޤައުމުގެ ތަފާތު ރީތިކަމާއި ތަފާތުކަން ޤަބޫލުކުރުމެވެ. އަދި ލ. އަތޮޅުގެ ހިތްގައިމު މުޖުތަމައުއާ ގުޅިގެން ދެމެހެއްޓެނިވި ހަނދާންތައް އެކުގައި އުފެއްދުމަށް އުއްމީދު ކުރާ ކަމަށެވެ.

 މިއަހަރުގެ ދުވުމުގައި 6000 ވުރެ ގިނަ ދުވުންތެރިން ބައިވެރިވެފައިވެއެވެ. އުރީދޫ ފަން ރން ކުރިއަށް ދިޔައީ 22 ޑިސެމްބަރ 2023 ވީ ހުކުރު ދުވަހު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުން ފެށިގެންގޮސް ފޭސް 1 އަދި ފޭސް 2 ގެ ހިތްގައިމު މަގުތައް ހިމެނޭ ގޮތަށެވެ. އުރީދޫ ފަން ރަން އަކީ ހުރިހާ އުމުރެއްގެ ދުވުންތެރިން ބައިވެރިވާ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓު ކުރުމުގެ އިތުރުން މުޖުތަމައު ގެ އެއްބައިވަންތަކަމާއި އަދި އުފާވެރިކަން ފާހަގަކުރާ ދުވުމެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫން ބުނީ، މިހާރުވެސް އެ ކުންފުނިން އަންނަނީ 2024 ވަނަ އަހަރު ބާއްވާ އުރީދޫ ފަން ރަންއަށް ތައްޔާރުވަމުން ކަމަށެވެ. ހުޅުމާލޭގެ އިތުރުން ރީޖަނަލް އުރީދޫ ފަން ރަން 2024 ލާމުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ހައްޖު ކޯޕަރޭޝަނުން އަންނަ ރޯދަ މަހު އައްޑޫއިން ޖިއްދާއަށް ސީދާ ދަތުރުތައް ފަށަނީ
ހައްޖު ކޯޕަރޭޝަނުން ބުނީ، މި ނިންމުމުގެ ބޭނުމަކީ، އައްޑޫ ސިޓީއާއި ދެކުނުގެ އެހެން އަތޮޅުތަކުގެ ރައްޔިތުން މާލެ ނައިސް އުމްރާގެ އަޅުކަމަށް ފުރޭނެ ފަސޭހަ މަގެއް ހޯދައިދިނުން ކަމަށެވެ. ގަމުން ޖިއްދާއަށް ފުރާ ފްލައިޓް ޝެޑިއުލް ކޮށްފައި އޮތީ ފެބްރުއަރީ 20 ވަނަ ދުވަހަށެވެ
10 Oct 2026
ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ޤާނޫނެއް ފަރުމާކުރުމުގެ މަސައްކަތް ދަނީ ކުރިއަށް
ރައީސް ޑރ. މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތަށް، ނަފްސާނީ ބަލިތަކުގެ ތަޖުރިބާ ހުރި ފަރާތްތަކުގެ ބަހާއި އިރުޝާދުގެ އަލީގައި، ހަމަހަމަކަމާއި އޯގާތެރިކަމާއެކު ފަސޭހައިން ޚިދުމަތް ލިބޭނެ ނަފްސާނީ ޞިއްޙަތުގެ ނިޒާމެއް ބިނާކުރުމުގެ މުހިންމު މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ
10 Oct 2026
އައު އުސޫލުތަކާއެކު، ބޭރުގެ ފަރާތްތަކަށް ބައެއް ވިޔަފާރިތައް ކުރުން މަނާވެއްޖެ
މި ވިޔަފާރިތައް ކުރަމުން އައި ފަރާތްތަކަށް އުސޫލްގެ ތެރެއިން ކަންކަން ފުރިހަމަކުރުމަށް ދިން މުއްދަތު މިދިޔަ ބްރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހަމަވެފައެވެ
10 Oct 2026
ޕާކިސްތާނުގައި 1,200 އަށްވުރެ ގިނަ ހަމަލާ؛ ސަލާމަތީ ނުރައްކާ ބޮޑުވަނީ
ރިޕޯޓުގައިވާ ގޮތުން، ނިމިދިޔަ ސެޕްޓެމްބަރު މަހަކީ ފާއިތުވި 12 އަހަރުގެ ތެރޭގައި އެންމެ ގިނައިން ހަމަލާތައް ދިން މަހެވެ. އެގޮތުން އެ މަހު އެކަނިވެސް 225 ހަމަލާއެއް ދީފައިވާއިރު، އެ ހަމަލާތަކުގައި 545 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރެއިން އެންމެ ގިނައިން މަރުވެފައިވަނީ ފުލުހުންނާއި ސިފައިންނެވެ
10 Oct 2026
ގާނޫނުން މަނާކުރިނަމަވެސް، ބޮޑުއަގުގައި ޑޮލަރު ވިއްކުން ހުއްޓުމެއް ނެތި ކުރިއަށް!
ބޭރު ފައިސާގެ ގާނޫނު (ގާނޫނު ނަންބަރު 32/2024) އަށް ގެނައި ފުރަތަމަ އިސްލާހު 2026 ވަނަ އަހަރުގެ އޮގަސްޓް 31 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައި، ސެޕްޓެމްބަރު އެއް ވަނަ ދުވަހު އެ ގާނޫނު ވަނީ ތަންފީޒުކުރަން ފަށާފައެވެ.
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.