ރައީސް ޑރ މުހައްމަދު މުއިއްޒު: ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Dec 2023 | 16:26
ވަކި ފަރުދަކަށް ކުންފުނި ހެދޭ ބިލު ރައީސް ތަސްދީގުކުރައްވައިފި

އަހަރީ ފީ ދައްކަން ނުޖެހޭގޮތަށް ވަކި ވަކި ފަރުދުންނަށް ކުންފުނި ހެދޭގޮތަށް އެކުލަވާ ކުންފުންޏާއި ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ތަޝްދީގު ކުރައްވައިފިއެވެ.

ރާއްޖޭގައި ކުންފުނި އުފެއްދުމާއި ހިންގުމަށް ބޮޑެތި ބަދަލުތަކެއް އަންނާނެހެން މި މަހުގެ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ކުންފުންޏާ ބެހޭ ބިލު މިއަދު ރައީސް މިއަދު ތަޝްދީގު ކުރެއްވުމާއެކު އެ އުސޫލުވަނީ ޤާނޫނަކަށް ބަދަލުވެފައެވެ. 

2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ މި ބިލަކީ ވެރިކަމާއި ހަވާލުވެ ވަޑައިގެން ފަށުން ރައީސް ޑރ މުއިއްޒު ތަޝްދީގު ކުރެއްވި ފުރަތަމަ ބިލުވެސްމެއެވެ. 

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވެރިކަމުގައި ފާސްކުރުމަށް މަޖިލީހަށް ފޮނުވި އެ ބިލު ގާނޫނަކަށް ވުމުން އަންނާނެ އެންމެ ބޮޑު ބަދަލަކީ ވަކި އެންމެ ފަރުދަކަށްވެސް ވެސް ކުންފުނި އުފެއްދުމަށް ޖާގަ ތަނަވަސް ވުމެވެ.

ކުރިން އޮންނަ ގޮތުން ކުންފުންޏެއް ހަދާ ނަމަ އެކަކަށް ވުރެ ގިނަ މީހުން ހިއްސާދާރުންގެ ގޮތުގައި ތިބެން ޖެހެއެވެ. ނޫން ނަމަ ޖެހޭނީ ސޯލް ޕްރޮޕޮރައިޓްޝިޕެއްގެ ގޮތުގައި ވިޔަފާރި ރަޖިސްޓްރީ ކުރާށެވެ.

މީގެ އިތުރަށް ކުންފުނީގެ އެކި ބާވަތްތައް އެކަށައަޅާ ގާނޫނުތަކުގެ ގޮތުގައި އެ ބިލުގައި ހިމަނައިފައިވާ ކަންތައްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން އުފައްދާ ކުންފުނިތައް ވެސް ރަސްމީކޮށް މިނިސްޓްރީގައި ކުންފުންޏެއްގެ ގޮތުގައި ރަޖިސްޓްރީކުރުމާއި ރައްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓްތަކަށް ވެސް ވަކި ހާއްސަ ކްލެސިފައިޑް ނަމްބަރެއް ދިނުމާއި އާންމު ކުންފުނިތައް ވެސް ފަސޭހައިން އެނގޭ ގޮތަށް ނަމްބަރު ކުރުން ހިމެނެއެވެ. 

އަދި ކުންފުނި ރަޖިސްޓްރީ ކުރާއިރު ކުންފުނިން ހިންގާނެ ވިޔަފާރިތައް ކްލެސިފައި ކުރުމުގެ ބަދަލުގައި އަސާސީ ގަވާއިދުގައި އެ ކަންކަން ހިމަނައި ބޯޑުން ފާސްކުރާ ކަންކަމުގެ ގޮތުގައި ބަދަލުކުރުމުގެ އިތުރުން ކުންފުނީގެ ރަޖިސްޓްރީ ކުރާ އެޑްރެހުގެ އިތުރަށް ލިޔެކިޔުން ފޮނުވާނެ ސާވިސް އެޑްރެސްއެއް ހުރުން މި އުސޫލުގެ ދަށުން ލާޒިމްކުރެއެވެ. 

ގާނޫނުގައި ހިމަނާފައި ވާ އަނެއް މުހިންމު ބަދަލަކީ ކުންފުނިތަކުން އަހަރީ ފީ ދައްކަން ނުޖެހޭ ގޮތް ހެދުމެވެ. މިހާރު ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި 2،000ރ. ދައްކަން ޖެހެއެވެ. އެ ފީ ކަނޑާލަން ހުށަހެޅި ސަބަބަކީ އަހަރީ ފީ ނުދައްކާ ކުންފުނިތައް ގިނަވެފައިވުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.