އެއްމެދު އިމާރާތް މެނޭޖުކުރުމާއި ކޯސް ހިންގުމަށް އެމްއޯޔޫގައި ސޮއިކުރުމަސް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ:އެމްއެމްޔޫ
ހަބަރު
27 Dec 2023 | 18:03
އެއްމެދު އިމާރާތްތައް މެނޭޖުކުރުމާއި ބެހޭ ކޯސްތައް ހިންގަން އެއްބަސްވެއްޖެ

އެއްމެދު އިމާރާތްތައް މެނޭޖްކުރުމާބެހޭ ދާއިރާއިން މީހުން ބިނާކުރުމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ދިވެހިރާއްޖެއަށް އައު ދާއިރާއެއް ކަމަށާއި، މި ކޯސްތަކަކީ ޤައުމީ ޔުނިވަރސިޓީން މުޅިން އަލަށް ފަށާ ކޯހެއްކަމަށް ޤައުމީ ޔުނިވާސިޓީން ވަނީ ބުނެފައެވެ.

އެމް.އެން.ޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނިޒާމެވެ. ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، މިދިޔަ 10 ނުވަތަ 15 ވަރަކަށް އަހަރުގެ ތެރޭގައި އިމާރާތްކުރަމުން ދިޔައީ ވަރަށް އުސް އިމާރާތްތަކެއްކަމަށެވެ.

އެހެން ނަމަވެސް މުޅި އިމާރާތުގެ އާންމުކޮށް ބޭނުންކުރާ ސަރަޙައްދުތަކަކީ އިމާރާތުގެ ހުރިހާ އެންމެންނަށް މިލްކުވާ ތަނެއްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ، މިތަންތަން މެނޭޖްކުރުމަށް މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

"މިފެށޭ ކޯހުން މިކަމުގައި ހުރި ހުރިހައި ޓެކްނިކަލް ކަންތައްތަކަކާއި ޤާނޫނީ ކަންތައްތަކާއި އިދާރީ ކަންތައްތަކާއި އެހެންގޮސް ހުރިހައި ކަމެއް އަޅުގަނޑުމެން ބައިވެރިންނަށް އުނގަންނައި ދޭނަން. އެބައިވެރިން ވެގެންދާނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިހާރު ބޭނުންކުރައި އިމާރާތްތައް ބެލެހެއްޓުމުގެ ވަރަށް ބޮޑު އިސްދައުރެއް އަދާކުރާ ބަޔަކަށް. މިހާތަނަށް އަޅުގަނޑުމެންނަށް ރަނގަޅަށް މިކަންތައްތައް ނުކުރެވޭތީ ވަރަށް ގިނަ މައްސަލަތައް ދިމާވޭ"

މިނިސްޓަރު ޑރ ހައިދަރު

ސްޓްރާޓަރ ކޮމިއުނިޓީ މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14 ގައި ހިމެނޭ ތަޢުލީމީ ދާއިރާއިން މުހިންމު ސިޔާސަތެކެވެ. 

އެއްމެދު އިމާރާތްތައް މެނޭޖްކުރުމާއި ބެހޭ ޤާނޫނެއް އޮތްއިރު މިކަމަށް ބަޔަކު ތަމްރީނު ކުރުމާއި، މި ދާއިރާއިން މަތީ ތައުލީމު ހާސިލްކުރެވޭނެ ފުރުސަތުތައް ފަހިކޮށްދިނުމަކީ ކުރިއަށް އޮތް ތަނުގައި ޤައުމީ ޔުނިވާސިޓީން ކުރަމުންދާނެ ކަމެއް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.