ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ. ފޮޓޯ: މަޖިލިސް
ހަބަރު
28 Dec 2023 | 14:22
ޒަމާނުއްސުރެވެސް އަތޮޅުތެރޭގެ ރަށެއްގައި ތަރައްޤީގެ ކަމެއް ކުރަން ޖެހިއްޖެނަމަ ނުކުރެވޭ: ނަޝީދު

ޒަމާނުއްސުރެވެސް އަތޮޅުތެރޭގެ ރަށެއްގައި ތަރައްޤީގެ ކަމެއް ކުރަން ޖެހިއްޖެނަމަ ދަތިތަކެއް ދިމާވެ ނުކުރެވޭ ކަމަށް ރައްޔުތިންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މިއަދު ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ހުށައެޅުއްވެވި ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްޤީ ކުރާ ރަސްމާލެ މަޝްރޫޢާ ގުޅޭ މައުލޫތު ހޯދުމާއި ގުޅޭ ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ފުށިދިއްގަރު ފަޅު ހިއްކައިގެން މާލޭ މީހުންނަށް ގޯތިދޭ ވާހަކަ ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ދިވެހިދައުލަތަށް ޓެކްސް ދައްކަނީ ހަމައެކަނި މާލެ ރައްޔިތުން ނޫން ކަމަށެވެ.

“ޕްރައިމް ލޮކޭޝަނުން ބިން ލިބެންވީމަ މާލޭ ރައްޔިތުންނަށް އެކަނި ބިން ލިބެންވީ، މިއީ އިންސާފެއް ނޫން، މިއީ ހަމައެއް ނޫން ލަމައެއް ނޫން، އުސޫލެއް ނޫން، އެސަރުކާރު ކުރިޔަސް މިސަރުކާރުކުރިޔަސް ހަމަޔާ އިންސާފު ވާނީ ހަމަޔާ އިންސާފަށް” ނަޝީދު ވިދާޅުވިއެވެ.

ފުށިދިއްގަރު ހިއްކުން ބަޖެޓުން އެމްޑީޕީ އިން މަޖިލީހުގައި އޮތް ބާރުގެ ބޭނުން ކޮށްގެން ރައީސް ޑރ މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފައި އޮއްވައި އުނި ކުރިކަން ފާހަގަކުަރައްވަމުން ނަޝީދު ވިދާޅުވީ ޤާނޫނު އަސާސީގައި ރައީސް އަށް ކުރެވެނެ ކަންކަމާއި ނުކުރެވޭނެ ކަން ކަން ޤާނޫނުގައި ބަޔާން ކޮށްފަައި އެބައޮތް ކަމަށެވެ.

“އަޅުގަނޑުމެންނަށް ކަމެއް ވާންވީމަ އެކަމެއް ނުވޭ، އެކަމަކު މާލެ ސަރަހައްދުގައި އެސަރުކާރެއް މިސަރުކާރެއް އެހެންނެއް މިހެންނެއް ކިޔާނެ ކަމެއް ނެތޭ، ރަސްރަސްކަލުން ހިސާބުން ފެށިގެން މުޙައްމަދު އަމީނެއް ފަރީދެއް އިބްރާހިމް ނާސިރެއް މައުމޫނެއް ޔާމިނެއް ނަޝީދެއް ކާސިމެއް ޤާސިމެއް ކިޔާނެ ކަމެއްނެތް، މިހުރިހާ އިރަކު މާލެ ސަރަހައްދަށް ކަމެއް ކުރަންވީމަ އެކަމެއް އެބަ ކުރެވޭ، ބްރިޖް އަޅަންވީމަ ބްރިޖްވެސް އެޅޭ، ބިންހިއްކަން ވީމަ މިން ހިއްކޭ، އަޅުގަނޑުމެން ވެއްޖެއްޔާ އީއައިއޭ ހަދަން ޖެހޭ ދެންހުރި އެއްޗެއް ހަދަން ޖެހޭ، އީއައިއޭ ކަމަކު ނުދާނެ، ނެރެއް ކޮންނަން ވިޔަސް އީއައިއޭ ހަދަން ޖެހޭ، މިތާ ކުރަންވީމަ އީއައިއޭ ހަދާކަށް ނުޖެހޭ،” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އީއައިއޭ ހަދަން ޖެހެނީ ވަކި ބައެއް ކަމަށާއި އެ ލިބެނީވެސް ވަކި ބަޔަކަށް ކަމަށެވެ.

ނަޝީދުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ދާއިރާގެ ނަން ބޭނުން ކޮށްގެން ބަޖެޓުގައި ޖެއްސި ލާރިން އެދާއިރާއަށް ކަމެއް ނުވެ އެލާރި ގެންދިޔަ ބައެއްގެ ވާހަކަ އާއި އެލާރި އަނބުރާ އެދާއިރާއަށް ހޯދޭނެ ގޮތުގެ ވާހަކަވެސް ދައްކަން ޖެހޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ