މާނަފުން މެސެޖެއް ދޭ ޓްރާންސްޕޭރަންޓް މިސްކިތް

08 Oct 2018 | 05:52

މި ޓްރާންސްޕޭރަންޓް މިސްކިތަކީ "ޖަންނަތުގައި ބައިވަރު ދޮރުތަކެއް ވޭ'' ކިޔުނު ޕްރޮޖެކްޓެއްގެ ދަށުން ސައުދީ އަރަބިއްޔާގައި ބިނާ ކުރެވުނު މިސްކިތެކެވެ.

"ޖަންނަތުގައި ބައިވަރު ދޮރުތަކެއް ވޭ'' ޕްރޮޖެކްޓަކީ ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ފަރާތެއް ކަމަށްވާ އަޖްލަންގެ އާޓް ޕްރޮޖެކްޓެކެވެ. މިއީ ވަރަށް މާނަފުން މެސެޖެއް ދިނުމަށް އޭނާ ބިނާ ކުރި މިސްކިތެކެވެ.

މިސްކިތް ބިނާ ކުރެވިފައިވަނީ ދަގަނޑު، ޕްލެކްސި ގްލާސް، އެލުމީނިއަމް، އަދި ކަރަންޓު ބޮކި ބޭނުން ކޮށްގެންނެވެ. މި ތަކެތި ރަމްޒުކޮށްދެނީ ޔޫރަޕަށް މުސްލިމް ރެފިއުޖީން ވަނުން މަނާ ކުރުމަށް ބޭނުން ކުރާ ތަކެއްޗާއި އެމެރިކާގެ މިލިޓަރީ ޖަލެއް ކަމަށްވާ ގުއާންޓަނާމޯ ބޭގައި އެކި ބޭނުންތަކަށް ބޭނުން ކުރާ ތަކެއްޗެވެ.

މިކަން އިނގޭ ހިސާބުން ގިނަ ބަޔަކު ހައިރާން ކުރުވައެވެ.

މިހާރު މި މިސްކިތް ވަނީ ކެނެޑާގެ ވެންކޫވާ ވޭނިއަރ ޕާކްއަށް ގެންގޮސްފައެވެ. އެ ތަނގާ މި މިސްކިތް 2 އަހަރުގެ މުއްދަތަކަށް ބެހެއްޓިފައި ހުންނާނެއެވެ. ދެ އަހަރު ވުމުން މިސްކިތް އަލުން ސައުދީ އަރަބިއްޔާއަށް ގެންދެވޭނެއެވެ. ނަމަވެސް ދުނިޔޭގެ އެހެން ދިމާލަކަށް މި މިސްކިތް ގެންދިޔުމުގެ ފުރުސަތުވެސް އެބޯތެވެ. އެއީ ވީހާވެސް ގިނަ ބަޔަކަށް ދައްކާލުމަށް ޓަކައެވެ.

މި ގޮތަށް މިސްކިތެއް ބިނާ ކުރުމުގެ ބޭނުމަކީ މުސްލިމުންނަކީ ސުލްހަވެރި ބައެއްކަން ހާމަކުރުމުވެ.

ވަރަށް އާދައިގެ ގޮތަކަށް ވަރުގަދަ މެސެޖެއް ބުނެދޭ މި ޓްރާންސްޕޭރެންޓް މިސްކިތް ބިނާކުރި އަޖްލަންއަށް އަންނަނީ ގިނަ ބައެއްގެ ތައުރީފް ލިބެމުންނެވެ.  

Advertisement

ކޮމެންޓް