ޒުހުރިއްޔާ
ހަބަރު
08 Jan 2024 | 14:11
އިނގުރައިދޫ ދާއިރާއަށް ހަމަހަމަ ފުރުޞަތުތަކާއިއެކު އަންހެނުން ބާރުވެރިކުރުވުމަށް ޒުހުރިއްޔާ

"ހަމަހަމަ ފުރުޞަތުތަކާއިއެކު އަންހެނުން ބާރުވެރިކުރުވުން" މި ޝިއާރުގެ ދަށުން އިނގުރައިދޫ ދާޢިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމައި ޒުހުރިއްޔާ ޙުސެއިންފުޅު އެކަން އިއުލާންކުރައްވައިފިއެވެ.

އިނގުރައިދޫ ކައުންސިލް ޢިދާރާގެ ސެކްރެޓަރީ ޖެނަރަލްކަން ވެސް ކުރައްވާ ޒުހުރިއްޔާ ފާހަގަވެގެން ގޮސްފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޙާބުގައި ޕީޕީއެމް ޕީޢެންސީގެ ކެންޑިޑޭޓަށް ކާމިޔާބު ހޯއްދަވައި ދެއްވުމުގައި ވަރަށް ގަދައަށް މަސައްކަތް ކުރެއްވި ދާއިރާގެ ރައްޔިތުންނާއި ވެސް ވަރަށް ބޮޑަށް ގުޅޭ ވަރަށް ހީވަގި ކަނބަލެއްގެ ގޮތުގައެވެ.

އިނގުރައިދޫ ދާއިރާގައި ހިމެނޭ ކިނޮޅަސް ، ފައިނު، ރަސްމާދޫ، އިންނަމާދޫ އަދި އިނގުރައިދޫ މި ރަށްތަކުގެ ރައްޔިތުންގެ ކިބައިން ޒުހުރިއްޔާ އެދި ލައްވަނީ ކުރިއަށް އޮތް ޕާރޓީގެ ޕްރައިމަރީގައި އޭނާއަށް ތާޢިދު ކޮށްދެއްވުމެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކުރިއަށް އޮތް މަޖިލިސް އިންތިޙާބުގެ ޓިކެޓް ހޯއްދެވުމަށް އިނގުރައިދޫ ދާޢިރާގެ ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި ޒުހުރިއްޔާ އާއި އެކު އިތުރު 2 ބޭފުޅަކު ވާދަކުރައްވައެވެ.

އެޑިޓަރުގެ ނޯޓް
މަޖިލިސް އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ ވޮއިސް ހަބަރު ކަވަރޭޖަށް 9956888 އަށް ގުޅާލައްވާ
ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.