ޒަކާތު ހައުސް އިފްތިތާޙުކުރުން-- ފޮޓޯ/ޕީއެސްއެމް
ހަބަރު
02 Jan 2024 | 11:30
ވަޢުދާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފި!

ދިވެހިރާއްޖޭގެ ޒަކާތު ހައުސް މިއަދު އިފްތިތާޙުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިފްތިތާޙުކޮށްފައިވަނީ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙަފްލާއެއްގައެވެ. މި ޙަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. ޙަފްލާގައި ވަޒީރުންނާއި، ސަރުކާރުގެ ވުޒާރާތުގެ އިސް ވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ލޯގޯއާއި ކުލަ މި ހަފްލާގައި ދައްކާލައިފައިވާ އިރު، ޒަކާތުގެ މުހިންމުކަން އަންގައިދޭ ވީޑިއޯ ރިޕޯޓެއްވެސް ގެނެސްދީފައިވެއެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެއްދެވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ވަޒީރު ޑރ. ޝަހީމް ވަނީ ޒަކާތު ހައުސްއެއް ރާއްޖޭގައި ޤާއިމްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އަގު ވަޒަންކުރައްވައިފައެވެ.

ޒަކާތު ހައުސްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ؛

• ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސައި، ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން

• ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިސޯބު އިއުލާނުކުރުން

• ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަގީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވާލައި އަދާހަމަކޮށް ބެލެހެއްޓުން

• ރާއްޖޭގެ ޒަކާތު ފަންޑުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިދިނުމަށް، އެ ފަންޑު ތަރައްގީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުން

• ޒަކާތު ފަންޑުން އިންވެސްޓްކުރުމުގެ އަސާސީ މިންގަނޑުތައް ކަނޑައަޅައި އާންމުކުރުން

• ރާއްޖޭގެ މާހައުލުގައި ޒަކާތާ ގުޅޭގޮތުން ދިމާވާ މައްސަލަތައް ދެނެގަތުމަށް ދިރާސާތައްކުރުމާއި، އެފަދަ މައްސަލަތައް ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުން

• ޒަކާތާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފައާއި މަޝްވަރާދިނުން

• ޒަކާތާ ގުޅޭގޮތުން އެކުލަވައިލަންޖެހޭ ގާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

• ޒަކާތު ފަންޑުން އިންވެސްޓްކުރަމުންދާ ގޮތުގެ މައުލޫމާތާއި، ޒަކާތު ފަންޑާބެހޭ އާންމު މައުލޫމާތާއި، ޒަކާތް ދައްކާ ފަރާތްތަކާއި ޒަކާތް ލިބިގަންނަ ފަރާތްތަކާ ގުޅޭ ތަފާސް ހިސާބާއި، ޒަކާތުގެ ގޮތުގައި ބަލައިގަނެވޭ ތަކެއްޗާއި ފައިސާއާގުޅޭ ތަފާސް ހިސާބާއި، ޒަކާތާގުޅޭ އެހެނިހެން ތަފާސް ހިސާބު އެއްކޮށް ބަލަހައްޓައި، އެނަލައިޒްކޮށް، މައުލޫމާތު ހާމަކުރުން

• ޒަކާތާ ގުޅުންހުރި ކޮމިޓީތަކުގެ މަސައްކަތްތައް ވިލަރެސްކުރުމާއި އެ ކޮމިޓީތަކުގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން

• ޒަކާތާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ޕުރޮގުރާމުތައް ރާވައި ހިންގުމާއި އެފަދަ ޕުރޮގުރާމުތައް ރާވައި ހިންގާ ފަރާތްތަކަށް، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

އިސްލާމީ ޝަރީޢަތުގެ އަލީގައި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން ޤާއިމްކުރެވޭ ޒަކާތާއި ޞަދަޤާތުގެ ޢަދުލުވެރި އަދި ދެފުށްފެންނަ ނިޒާމެއްގެ ތެރެއިން، ޒަކާތްނެގުމާއި އޭގެ ބެހެނިވެރިންނަށް ފޯރުކޮށްދިނުމާއި ފުދުންތެރި މުޖުތަމަޢެއް ބިނާކުރުމަށް ޒަކާތު ހައުސް އެއް އުފެއްދެވުމަކީ ރައީސް މުޢިއްޒުގެ ވަޢުދުފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.