ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
02 Jan 2024 | 12:49
ގޯއްްޗާއި ފުލެޓް ލިބުނު މީހުންނަށް ރަޖިސްޓަރީ މިހަފްތާތެރޭ ދޭން ފަށާނަން: ރައީސް މުޢިއްޒު

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓް ލިބުނު މީހުންނަށް، ރެޖިސްޓްރީ ހައްދައި މި ހަފްތާ ތެރޭގައި ހަވާލު ކުރަން ފައްޓަވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު އިއުލާން ކުރައްވައިފިއެވެ. 

މިކަން އިއުލާން ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގޯތި އަދި ފުލެޓް ލިބޭނެ ކަމަށް ފައިނަލް ލިސްޓުގައި ހިމެނި ގެޒެޓް ކޮށްފައިވާ ފަރާތަކަށް ރެޖިސްޓްރީ ހަދައިދީ ގޯއްްޗާއި ފުލެޓް ހަވާލު ކުރުމަކީ އެމަނިކުފާނުގެ ވަޢުދާއި އެއްގޮތަށް ކުރިއަށް ދާނެ ކަމެއް ކަމަށެވެ.

މިހަފްތާ އާއި މިއަންނަ ހަފްތާވތެރޭގައި ރެޖިސްޓްރީ ހަވާލުކޮށް ނިންމުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން ކުރިއަށް ގެންދާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

މިއާއެކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުރީ ސަރުކާރުން ގޯތި ދީފައިވާ ބައެއް ތަންތަނަކީ ނުވެސް ހިއްކައި ހުރި ތަންތަން ކަމުން، އެ ތަންތަން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާ ކަމަށެވެ. 

އަދި ގޯތި ދޫކުރަން ހަމަޖެހިފައިވާ ގުޅި ފަޅާއި، ގިރާވަރު ފަޅުން އިތުރު ބިން ހިއްކުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިޢުލާން ކުރައްވާފައި މިވަނީ، ކުރީ ސަރުކާރުން ދޭނެ ކަމަށް ބުނި، ގޯއްްޗާއި ފުލެޓު ލިބުނު މީހުންނަށް ރެޖިސްޓްރީ ހަވާލުނުކޮށް ލަސްވާތީ އެ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުން ވެސް ނުރުހުން ފާޅުކޮށްފައިވަނިކޮށެވެ. 

ގޯއްޗާއި ފުލެޓްގެ ރެޖިސްޓްރީ ދޫކުރުން މަޑު ޖައްސާލީ ކުރީ ސަރުކާރުންނެވެ. އެ ސަރުކާރުން އެފަދައިން ކަން ކުރީ، ގޯއްްޗާއި ފުލެޓް ދިނުމުގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނެ ރެޖިސްޓްރީ ދޫކުރުން މަޑު ޖައްސާލަން އޭސީސީން އެންގުމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.