ހިސާން ހުސައިން-- ފޮޓޯ: މަޖިލިސް
ހަބަރު
03 Jan 2024 | 13:36
މަޖިލިސް އިންތިހާބުގައި ވާދަނުކުރައްވަން ހިސާން ނިންމަވައިފި

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ޢިއުލާން ކުރައްވައިފިއެވެ.

ހިސާން މިފަދައިން އިއުލާން ކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އާ އަހަރެއްގެ ހެޔޮ އެދުންތައް ފޮނުއްވަމުން ހިސާން ކުރެއްވި ޕޯސްޓްގައި ވަނީ ތުޅާދޫ ދާއިރާ ތަމްސީލުކުރަން ދާއިރާގެ ރައްޔިތުން އޭނާ އަށް ދެއްވި ފުރުސަތަށް އެ ދާއިރާގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރުއަދާކުރައްވާފައެވެ.

"ކުރިއްޔަށް އޮތްތަނުގައިވެސް އެމް.ޑީ.ޕީ.އާ އެކު ހުންނާނެކަމުގެ ޔަގީންކަން އަރުވަމުން, 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދުވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން."

ހިސާން ވިދާޅުވިއެވެ.

ހިސާން ވަނީ އެ ދާއިރާގެ ރައްޔިތުންގެ އިތުރުން އޭނާ ގެ  މަސައްކަތުގެ އެހީތެރިވެދެއްވި އާއިލާއާއި، ޓީމް މެންބަރުންނާއި އެންމެހައި ބޭފުޅުންނަށް އިހްލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Jul 2026
ކުދި ތަދުތަކަށް ބާރުގަދަ ބޭސް ކެއުން؛ ކިޑްނީ ހަލާކުކޮށްލާ ކަމެއް
އާދަވެގެން ގިނައިން، ބާރުގަދަ ތަދުކަނޑުވާ ބޭސް ކެއުމަކީ އަހަރެމެންގެ ހަށިގަނޑަށް ޚާއްސަކޮށް ކިޑްނީއަށް ވަރަށް ނުރައްކާތެރި ކަމެކެވެ.
16 Jul 2026
ހުކުރުދުވަހު ހެނދުނު ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ
ކަރަންޓް ކެނޑޭނީ ހެނދުނު 6 ކުން ފެށިގެން 7 ޖެހުމާ ހަމަޔަށް ވަގުތުކޮޅަކަށް ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
16 Jul 2026
ހަންކެޑެ ތަރައްޤީކުރަން ކުންފުންޏެއް
މި ކުންފުނި އުފެއްދެވިކަން އިޢުލާންކުރައްވާފައިވަނީ، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައިވާ، ނަންބަރު ޤަރާރު 12/2026 ޤަރާރުންނެވެ
16 Jul 2026
ސިފައިންގެ އަސާސީ ތަމްރީނުތައް ނިންމި ދެ ބެޗެއްގެ ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފި
މިއަދު ކުރިއަށް ގެންގޮސްފައިވަނީ ސިފައިންގެ 72 އަދި 73 ވަނަ އަސާސީ ތަމްރީނުތައް ނިންމި ބައިވެރިން ހުވާކުރުމެވެ
16 Jul 2026
އާސަންދައިގެ ހިދުމަތް ހޯދަން އިތުރު ފަސޭހައެއް
އާސަންދަ ކުންފުނިން މިފަހަރު ވަނީ ރ އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީ އާ ދެމެދުގެ ގިނަ އަތޮޅުތަކެއްގައި ކައުންޓަރުތައް ގާއިމްކޮށްފައެވެ.
16 Jul 2026
ނުގަވައިދުން އުޅުނު 12،000 އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި
ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، ޑޮކިއުމަންޓުތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނޭކަމަށް ބުންޏެވެ
16 Jul 2026
ޒަކާތު ސްކޮލަރޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
މި ޕުރޮގުރާމުގެ ދަށުން ޖުމުލަ 40 ފުރުޞަތު ހުޅުވާލާފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި ކިޔެވުމަށް 10 ފުރުޞަތާއި ރާއްޖޭން ބޭރުގައި ކިޔެވުމަށް 20 ފުރުޞަތެވެ
16 Jul 2026
އީރާނާ ހަނގުރާމަކުރަން އެމެރިކާގެ ގިނަ ރައްޔިތުން ނުރުހޭ
ޕޯލްގައި ކުރިއަށްގެންދިޔަ ސާވޭއިން ދެއްކިގޮތުގައި ހަނގުރާމަ އަދި އެއް އަހަރަށް ނުވަތަ އެއަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް އެމެރިކާގެ 46 އިންސައްތަ މީހުން ގަބޫލުކުރާ ކަމަށް ވަނީ ހާމަވެފައެވެ