އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގެދޮރުވެރިކަމުގެ 60% ވަނީ ބިމާ ހަމަވެފަ-- ފޮޓޯ: އޭއެފްޕީ
ދުނިޔެ
03 Jan 2024 | 15:12
ފަލަސްތީނުގެ ރެޑް ކްރެސެންޓް އިމާރާތަށް އިސްރާއީލުން ހަމަލާދީ ސުންނާފަތިކޮށްލައިފި

ފަލަސްތީނުގެ ޣައްޒާގައި ހުންނަ ރެޑް ކްރެސެންޓް އިމާރާތަށް އަނިޔާވެރި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި އެ އިމާރާތް ސުންނާފަތިކޮށްލައިފިއެވެ.

ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސް ސިޓީގައި ހުންނަ ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީގެ މައި މަރުކަޒުގެ އަށް ވަނަ ފަންގިފިލައަށް އިސްރާއީލުގެ ޖެޓްތައް މިހަފްތާގެ އަންގާރަ ދުވަހު ހަމަލާދީ އެތައް ބަޔަކު ވަނީ ޝަހީދުކޮށްލާ، ގިނަ ބަޔަކު ވަނީ ޒަޚަމް ވެފައެވެ. ރެޑް ކްރެސެންޓުގެ ޢިމާރާތުގައި އެ ޖަމުޢިއްޔާގެ މައި މަރުކަޒާއި އަލްޢަމާލް ހަސްފަތާލާއި ހޮޓަލަކާއި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްޞަކޮށްފައިވާ ޢިމާރާތެއް ވެސް ހިމެނެއެވެ.

އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ ފަލަސްޠީނުގެ 14،000 މީހުން ވެސް އެ ޢިމާރާތުގައި ދިރިއުޅެއެވެ.

މިދިޔަ ހަފްތާގައި ވެސް ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ޖެޓްތައް ހަމަ އެ ފަންގިފިލާއަށް އަމާޒުކޮށް ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

މިދިޔަ އަހަރުގެ އޮކްޓުބަރު މަހުގެ 7 ވަނަ ދުވަހު އިސްރާއީލުން ފަލަސްތީނަށް ދޭންފެށި ހަމަލާތަކުގައި މިހާތަނަށް 22،185 މީހުން ޝަހީދުވެ 57،035 މީހުން ވަނީ ޒަހަމްވެފައިއެވެ.

ހަމައެހެންމެ އިސްރާއީލުގެ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޣައްޒާ ގެ ގެދޮރުވެރިކަމުގެ 60 ޕަސެންޓް ހަލާކުވެ، ކާބޯތަކެއްޗާއި ސާފު ފެނާއި ބޭހުގެ ދަތިކަމާއި ޣައްޒާގެ ރައްޔިތުނަށް ކުރިމަތިލާންޖެހި، ގާތްގަނޑަކަށް 2 މިލިއަން ރައްޔިތުންގެ ގެދޮރު ވަނީ ގެއްލިފައެވެ.

 މި ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލައި، ފަލަސްތީނުގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.