އެމްޑީޕީގެ ޓިކެޓް 36 ފަރާތަކަސް ވަނީ ކަށަވަރުވެފައި / ފޮޓޯ: ވޮއިސް
ހަބަރު
03 Jan 2024 | 23:31
ޕްރައިމަރީއަކާއި ނުލައި އެމްޑީޕީ ޓިކެޓް ކަށަވަރުވި 36 ފަރާތުގެ ނަން އިއުލާންކޮށްފި

ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުޞަތު 36 ފަރާތަކަށް ކަށަވަރުވެފައިވާ ކަމަށް އެޕާރޓީން ބުނެފިއެވެ.

އެމްޑީޕީން ބުނިގޮތުގައި މި 36 ފަރާތަކީ އެމްޑީޕީގެ ޓީކެޓަށް ޝަޢުޤުވެރިވާ ފަރާތްތައް ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ހަމަ އެންމެ ކެންޑީޑޭޓެއް ކުރިމަތިލައިފައިވާ ދާޢިރާތަކެވެ.

އެމްޑީޕީގެ ފަރަތުން މިއަދު މި ޢާއްމުކުރި 36 ފަރާތުގެ ތެރޭގައި މިހާރު މިހިނގާ 19 ވަނަ ރައްޔިތުން މަޖިލސްގައި ، މެމްބަރުކަން އަދާކުރައްވަމުން ގެންދަވާ ގިނަ ފަރާތްތަކެއް ހިމެނެއެވެ. މީގެ ތެރޭގައި މިހާރުގެ މަޖިލސްގެ ރައީސް ހިތަދޫ ދާޢިރާގެ މެމްބަރ މުޙައްމަދު އަސްލަމާއި، މަޖިލިހުގެ ނައިބު ރައީސަކަށް އެންމެ ފަހުން އިންތިޙާބު ކުރެވުނު ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ފާހަގަ ކޮށްލެވެއެވެ.

ޕްރައިމަރީއަކާއި ނުލައި ޓިކެޓް ލިބޭ 36 ފަރާތުގެ ނަންތައް މިއަދު އެމްޑީޕީއިން އިއުލާނުކޮށްފައި ވާއިރު އެމްޑީޕީން ބުނީ އެއް ކެންޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތައް ޤައުމީ މަޖިލީހުން ނިންމުމާއި އެއްގޮތަށް އެކަމަށް އެކުލަވާލައިފައިވާ ވިލަރެސް ކޮމެޓީން ނިންމަވާގޮތެއް ފަހުގެ ތާރީހެއްގައި އިއުލާން ކުރާނެ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން މަޖިލިސް މެމްބަރުކަމަށް ޝަޢުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ މެދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީ އޮންނާނީ މި މަހުގެ 26 ވަނަ ދުވަހާއި އަދި 27 ވަނަ ދުވަހު ކަމަށް އެޕާރޓީން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.