ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-- ފޮޓޯ/ރައީސް އޮފީސް
ހަބަރު
05 Jan 2024 | 11:56
"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އައު އިދާރާއެއް ގާއިމް ކުރަނީ!

"މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ"ގެ ނަމުގައި އާ އޮތޯރިޓީއެއް ގާއިމް ކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢު އިފުތިތާޙް ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މި އައު އޮތޯރިޓީ އުފެއްދުމާއި ގުޅޭގޮތުން މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށެވެ.

އަދި "މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސަސް އޮތޯރިޓީ ނަމުގައި އުފައްދާ އެ އޮތޯރިޓީ ވެގެންދާނީ، އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރތައް ރާއްޖޭގައި ޤާއިމްކުރުމުގެ މަގު މިވަގުތަށް ފަހިކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ވަނީ ފެށިފައި. އެމް.އެމް.އޭ. އާއި، ކަމާބެހޭ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރެވޭ. އަދި އިރާދަކުރެއްވިއްޔާ ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެންނަށް މިހާރުވެސް އެއްބާރުލުން ލިބޭނަމަ، މަޖިލީހުން ފާސްކުރަންޖެހޭ ޤާނޫނު ފާސްކުރެވޭނަމަ، އެކަމަށް ދެން ބޭނުންވާ ފުރިހަމަކަން ލިބިގެންދާނެ. އަދި އުންމީދު ކުރަން ލިބޭނެ ކަމަށްވެސް. އެހެންވީމާ، ރައްޔިތުންގެ މަޖިލީހުން ފާސްކުރަންޖެހޭ ޚާއްޞަ ޤާނޫނެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފާސްކުރާނަން. ފާސްކޮށްގެން މި ދެންނެވި ގޮތަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ޤާއިމްކުރުމަކީ، އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް."

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، ގުޅިފަޅުގައި ކުރީ ސަރުކާރުން ހަދަން ނިންމާފައި އޮތް ޕޯޓަކީ އެތަނަށް އެކަށީގެންވާ ކަމަކަށްނުވާތީ، އެޕޯޓް ތިލަފުށްޓަށް ބަދަލުކުރުމަށް  ނިންމަވާފައިވާ ކަމަށެވެ.

އަދި ތިލަފުށީގައި ޤާއިމްކުރާނީ އިންޓަރނޭޝަނަލް ފުރިހަމަ ކޮމާޝަލް ޕޯޓެއް ކަމަށާ، އެތަނަށް ގެނެވޭ ތަރައްގީ އަކީ އެއަރޕޯޓްގެ ތަރައްގީ އާއި، ގުޅިލާމެހިގެންދާނެ ކަމެއް ކަމަށެވެ.

އަދި ތިލަފުށީގައި މި ހިއްކޭ ބިމުގެ ތެރެއިން އަދި އެއާ ގުޅިފައިވާ ބިންތައް އެ ސަރަޙައްދުގައި ހިއްކޭ އެހެން ބިންތަކުގެ ބޭނުންކޮށްގެން، ރެސިޑެންޝަލް ޕަރޕަސްއަށް، ރައްޔިތުންނަށް ގެދޮރުވެރިކަމާއި، ބޯހިޔާވަހިކަމާއި، ބޭނުންވާ ހުރިހާ ކަމެއް ކަނޑައަޅާފައި، އިތުރަށް ހިއްކާ ބިމުން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިހާރު ކެބިނެޓުން ފާސްކޮށްފައި އަދި އެސްޓެބްލިޝް ކުރުމުގެ، ޤާއިމްކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ، އަޅުގަނޑުމެންގެ އާ ކުންފުނި، އެއީ މި ދެންނެވި ފްރީ ޒޯން، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ކޮމްޕެނީ. އެ ކޮމްޕެނީ އިރާދަކުރެއްވިއްޔާ މި އަންނަ ހަފްތާގެ ކުރީކޮޅު ޤާއިމްކުރެވޭނެ.

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ޓީމަކީ ވަރަށް ހީވާގި ޓީމެއް ކަމަށާ، އެ ޓީމުން އަންނަނީ ރެޔާއި ދުވާލު 24 ގަޑިއިރު ކަހަލަ ގޮތަކަށް މަސައްކަތް ކުރަމުން ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.
07 Aug 2026
ހޫތީންގެ ވަރުގަދަ ހަމަލާއެއް ސައުދީއަށް؛ 11 މީހަކު ޒަޚަމްވި
ޔަމަނުގެ ހޫތީން ސައޫދީ އަރަބިއްޔާގެ ދެކުނުގެ ސަރަހައްދެއް ކަމަށްވާ ނަޖްރާންއަށް ދިން ހަމަލާތަކެއްގައި 11 އާންމުން ޒަޚަމްވެފައިވާ ކަމަށް ސައޫދީ އިސްވެ އޮންނަ ކޯލިޝަނުން ހާމަކޮށްފިއެވެ.
07 Aug 2026
ގެއްލުނު މީހުން ހޯދަން ބޮޑު ސަރަހައްދެއް ބަލައިފި؛ އަދިވެސް ނުފެނޭ
ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަނިކޮށް އަޑިއަށްދިޔަ "ފްރެންޑް 4" ދޯނިން ގެއްލުނު ތިން މީހުން ހޯދުމަށް، އެމްއެންޑީއެފާއި ފުލުހުން ގުޅިގެން ހިންގާ އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ.
06 Aug 2026
ވަގަށް ނަގާފައިވާ ތަކެތި ނުއަގުގައި ގަންނަކަމަށް ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފި
އޭނާ ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި މި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުންނެވެ.
06 Aug 2026
ދައުރުވާ ދިވެހި ފައިސާ މަދުކުރުމަށް މަރުކަޒީ ބޭންކުން އިތުރު ފިޔަވަޅެއް އަޅައިފި
އެމްއެމްއޭއިން ބުނީ މިދޔަ އަހަރުގެ ޖުލައިމަހު އޯޕަންމާކެޓް އޮޕަރޭޝަން އަލުން ފެށި ފަހުން ބޭންކިން ނިޒާމުގައި ހުރި ރުފިޔާގެ ޒާއިދު ލިކުއިޑިޓީގެ ތެރެއިން އެވެރެޖްކޮށް 2.7 ބިލިއަން ރުފިޔާ މިހިނގާ އަހަރުގެ ޖުލައިގެ ނިޔަލަށް ނެގިފައިވާކަމަށެވެ.
06 Aug 2026
ކަޕްވިނާސް ކަޕްގެ ފައިނަލަށް ނިއުރޭޑިއަންޓާއި މާޒިޔާ
ފައިނަލް މެޗްގެ ކުރިން މި މުބާރާތުަގައި މި ދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ މިމަހުގެ މިމަހުގެ 15 ވަނަ ދުވަހެވެ
06 Aug 2026
ފޭސް ދޭއްގައި ހިންދޫންގެ އަޅުކަން ކުރި އަންހެން މީހާ ހައްޔަރު ކޮށްފި
ފުލުހުން ބުނި ގޮތުގައި އުމުރުން 44 އަހަރުގެ އެ އަންހެން މީހާ އަކީ ރާއްޖޭގައި ގަވާއިދާ ހިލާދަށް އުޅެމުންދިޔަ މީހެކެވެ. ރާއްޖެ އައީ 2024 ވަނަ އަހަރު އެވެ.
06 Aug 2026
މާޒިޔާ ކަޕްވިނާސްކަޕް ފައިނަލާ ގާތަށް ޖެހިލައިފި
ކަޕްވިނާސް ކަޕްގައި މިރޭ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، އޮޑި ބައްދަލުކުރާ މެޗް އެއްވަރުވުން ނުވަތަ ނިއު ބަލިވެއްޖެނަމަ މާޒިޔާއަށް ފައިނަލިގެ ޖާގައެއް ކަށަވަރުވާނެއެވެ