އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން-- ފޮޓޯ/ރާއްޖެއެމްވީ
ދީން
05 Jan 2024 | 14:15
ޚުތުބާގައި ބުނެދިނީ ޤިޔާމަތްދުވަހުގެ ދިލަ އަވީން ހިޔާވަހިކަމެއް ދެއްވާނެ ޢަމަލުތައް!

ގިޔާމަތް ދުވަހުގެ ދިލަ އަވީން ހިޔާވަހިކަން ދެއްވާނެ ޢަމަލުތައް މިއަދުގެ ހުކުރު ޚުތުބާގައި ކިޔައިދީފިއެވެ.

''މަހްޝަރު ދުވަހުގެ ހޫނުން ރައްކާތެރިވުން'' މި މައުޟޫއަށް އަލި އަޅުވާލާ އިއްވި ޚުތުބާގައި ބުނީ ގިޔާމަތް ދުވަހަކީ ބޮޑު އަދި، ބިރުވެރި ދުވަހެއް ކަމަށެވެ. އަދި އެ ދުވަހަކީ ދުވަހުގެ ބިރުވެރިކަމުގެ ބޮޑުކަމުން މީސްތަކުން ފިތްކަނޑައިގެން ދާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މާތް الله ވަހީކުރައްވާފައިވާ އާޔަތެއްގެ މާނާގައިވަނީ ''އޭ މީސްތަކުންނޭ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން ތަގުވާ ވެރިވާށެވެ! ހަމަކަށަވަރުން ގިޔާމަތްވުމުގެ ބިންހެލުމަކީ ބޮޑުވެގެންވާ ކަމެކެވެ. ތިޔަބައިމީހުންނަށް އެ ޒަލްޒަލާތައް ފެންނަ ދުވަހު ކިރުމައިން އެއުރެން ކިރުދޭ ދަރިންގެ މަތިން ހަނދާންނެތި އަދި މާބަނޑު އަންހެނުން އެއުރެންގެ ބަނޑުގައި އޮތް ދަރި ވިހައި އަދި މީސްތަކުން މަސްތުވެފައި ތިބޭބަޔަކު ފަދައިން ތިބާ ދެކޭނޫއެވެ. ނަމަވެސް އެއުރެން ވަނީ މަސްތުވެފައެއް ނޫނެވެ. އެހެނެއްކަމަކު اللهގެ އަޒާބު ގަދަފަދައީއެވެ

ހުކުރު ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ، ގިޔާމަތް ދުވަހު އިރު ހުންނާނީ މީސްތަކުންގެ ބޯތަކާއި ނުހަނު ކައިރީގައި ކަމަށް ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ހަދީޘް ކުރައްވާފައިވާ ކަމަށާ، އެ އިރުގެ ގަދަ އަވީން ހިޔާވަހިކަމެއް ލިބޭނެ ޢަމަލުތަކާއި ގުޅޭގޮތުން ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ޚަބަރު ދެއްވާފައިވާ ކަމަށެވެ. 

އަދި، އަންނަނިވި ޢަމަލުތައް ކުރާ މީހުންނަށް އެ ބިރުވެރި ދުވަހުގެ ދިލަ އަވީން ސަލާމަތްކޮށްދޭނެ ހިޔާވަހިކަމެއް މާތް الله ދެއްވާނެ ކަމަށާ އެއީ އެކަލާނގެ އަރްޝީގެ ހިޔާވަހިކަން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

1) އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދިނުންކަން

ޚުތުބާގައި ބުނެފައިވާ ގޮތުގައި މަހްޝަރު ދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭނެ ފުރަތަމަ ކަމަކީ އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި އަދާކުރުމުގައި ލުއިކޮށްދިނުމެވެ. 

މިއީ މީސްތަކުންގެ މުދާ ބާތިލް ގޮތުގައި ކެއުމަށްޓަކައި ދަރަނި ނަގާ މީހުންގެ ވާހަކަ ނޫން ކަމަށާއި، ދަރަނި އަދާކުރެވޭ ހާލުގައި ދަރަނި އަދާނުކޮށް ދިގު ދަންމާ މީހުންގެ ވާހަކައެއްވެސް ނޫން ކަމަށް ޚުތުބާގައި ބުންޏެވެ. އެހެނެއް ކަމަކު އެއީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުހުލަތުދިނުން ކަމަށާ، ނުވަތަ އެމީހާގެ ދަރަނިން އުނިކޮށްދިނުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ދަރަަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ގިޔާމަތް ދުވަހުން މާތް الله އެކަލާނގެ އަރްޝީގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.

"އަތްމަތި ދަތިވެގެން ދަރަނި އަދާ ނުކުރެވުނު މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް ނުވަތަ އެ ދަރަނިން ބައެއް އުނިކޮށްދިން މީހާއަށް ގިޔާމަތް ދުވަހުން މާތް الله އެކަލާނގެ ޢަރުޝީގެ ހިޔާވަހިކަން ދެއްވާނެތެވެ."

ހުކުރު ޚުތުބާ 

2) ޢަދުލު ވެރި ވެރިޔާ

ޚުތުބާގައި ބުނީ ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އަނެއް ބަޔަކީ އަދުލުވެރި ވެރިޔާ ކަމަށެވެ.

ރަސޫލާ ޞައްލައްالله ޢަލައިހި ހަދީޘް ކުރެއްވި އެވެ. ''  الله ގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު މާތް الله ހަތް ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެއެވެ. އެއީ: އަދްލުވެރި އިމާމާއާއި، އޭނާގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި، މިސްކިތަށް ހިތްޖެހިފައިވާ މީހާ އެބަހީ: ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވާ މީހާ އާއި الله ގެ ވަޖްހުފުޅަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވެ އެކުގައި އުޅެ އެގޮތުގައި ވަކިވެދިޔަ ދެމީހުންނާއި، ހަސަބާއ ނަސަބުން މަތިވެރި ރީތި އަންހެނަކު ފާހިޝްކަމަކަށް ދައުވަތު ދިނުމުން އަހުރެން الله ދެކެ ބިރުގަނެއޭ ބުނެ އެކަމާ ދުރުހެލިވި މީހާއާއި ކަނާއަތުން ސަދަގާތްކުރި އެއްޗެއް އޭނާގެ ވާތަށް ވެސް ނޭނގޭހައި މިންވަރަށް ވަންހަނާކުރި މީހާއާއި އެކަނިމާއެކަނި، ތަނެއްގައި އިނދެ الله ހަނދުމަކޮށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރި މީހާއެވެ."

ހުކުރު ޚުތުބާ 

ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އިސްވެދިޔަ ހަދީޘްގައި އެންމެ ފުރަތަމަ ވެރިމީހާ ގިންތި ގެންނެވީ މި ގިންތީގެ ފައިދާއާއި ލާބަ ބޮޑުކަމުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި ވެރިމީހާ ރަނގަޅު ވެއްޖެނަމަ ރައްޔިތުން ރަނގަޅުވާނެ ކަމަށާއި، ވެރިމީހާ ހިންގުންތެރި ވެއްޖެނަމަ ގައުމު ތަރައްގީވެ ފާގަތިކަން އާއްމުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

3) މާތް الله އަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާ

ޚުތުބާގައި ބުނީ ޢަރުޝީގެ ހިޔާވަހިކަން ލިބޭ އަނެއް ބަޔަކީ މާތް الله އަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާ ކަމަށެވެ. އަދި ފުރާވަރުގެ ޢުމުރުގައި ހަވާނަފްސުގެ ގޮވުންތަކަށް އިޖާބަނުދީ މާތް الله ގެ އަމުރުފުޅުތަކާއި ނަހީތަކަށް އިޖާބަދިން ޒުވާނާއަކީ ތެދުވެރި އިޚްލާސްތެރި ޒުވާނެއް ކަމަށެވެ.

4) މިސްކިތަށް ހިތްޖެހިފައިވާ މީހާ

ޚުތުބާގައި ބުނީ ގިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އަނެއް ބަޔަކީ މިސްކިތަށް ހިތްޖެހިފައިވާ މީހާ ކަމަށެވެ. އޭނާ ކޮންމެ ނަމާދަށްފަހު މިސްކިތުން ފައިބައިގެންދާނީ އަލުން މިސްކިތަށް ދާހިތުން ކަމަށާ، އެއީ މިސްކިތުގަައި، މާތް الله ގެ ހަޟުރަތުގައި ގިނަ ވަގުތު ހޭދަކުރަން އޭނާ އެދޭތީ ކަމަށް ޚުތުބާގައި ބުންޏެވެ. ދުނިޔަވީ ކަންކަމާއި ހުރެ މިސްކިތަށް ދިޔުމަށް އޭނާ ފަސް ނުޖެހޭނެ ކަމަށާ، މާތް الله އޭނާއަށް ހިތްހަމަޖެހުން ދެއްވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. 

5) الله ގެ ވަޖްހުފުޅަށްޓަކައި އެކަކު އަނެކަކުދެކެ ލޯބިވެ އެކުގައި އުޅެ އެގޮތުގައި ވަކިވެދިޔަ ދެމީހުން

6) ހަސަބާއ ނަސަބުން މަތިވެރި ރީތި އަންހެނަކު ފާހިޝްކަމަކަށް ދައުވަތު ދިނުމުން الله އަށް ބިރުވެތިވެ އެކަމާ ދުރުހެލިވި މީހާ

7) ސިއްރުން ޞަދަޤާތް ކުރި މީހާ

8) އެކަނިމާއެކަނި، ތަނެއްގައި އިނދެ الله ހަނދުމަކޮށް އޭނާގެ ލޮލުން ކަރުނަ އޮހޮރި މީހާ

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.