ރައީސް މުޢިއްޒު އަމީނީ މަގުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވަނީ--
ހަބަރު
07 Jan 2024 | 09:34
ފަތިސް ނަމާދަށްފަހު ރައީސް ވަޑައިގެންނެވީ އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތް ބެއްލެވުމަށް!

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު، އަމީނީ މަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ގާތުން ބެއްލެވުމަށް މަސައްކަތް ކުރަމުންދާ ސަރަހައްދަށް ޒިޔާރަތް ކުރައްވައިފިއެވެ. އެމަނިކުފާނު އެތަނަށް ވަޑައިގެންނެވީ މިއަދުގެ ފަތިސް ނަމާދަށް ފަހު ފަތިސް ވަގުތުގައެވެ. 

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތައް ގާތުން ބައްލަވައި ރައްޔިތުންނާއި ވޭހާވެސް ގާތުން މަސައްކަތް ކުރެއްވުމަކީ ރައީސް މުޢިއްޒުގެ އެއް ވަޢުދެވެ. 

ތާރު އަޅައި ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތަކީ ރައީސް މުޢިއްޒު މާލޭގެ މޭޔަރ ކަމުގައި ހުންނެވި އިރު މާލެ ސިޓީ ކައުންސިލުން އާރްޑީސީ އާއި ހަވާލު ކޮށްގެން ކުރިއަށް ގެންދަން ނިންމާފައި އޮތް މަސައްކަތެކެވެ.

ނަމަވެސް، އެކަމަށް ބޭނުންވާ ބަޖެޓް ކުރީ ސަރުކާރުން ދީފައި ނުވާތީ މާލެ ސިޓީ ކައުންސިލަށް މަސައްކަތް ކުރިއަށް ނުގެންދެވި ވަނިކޮށް، އެ މަޝްރޫޢު މާލެ ސިޓީ ކައުންސިލް އަތުން އަތުލައި ޕްލޭނިންގ މިނިސްޓްރީން އަލުން ވަނީ މަސައްކަތް ކުރިން ހަވާލުކުރެވުނު އަގުގެ ދެ ގުނަ އަގެއްގައި އަލުން އެ މަސައްކަތް އާރްޑީސީ އާ ހަވާލު ކޮށްފައެވެ.

މަސައްކަތް އަވަހަށް ނިންމުމަށް ކަމަށް ބުނެ އަލުން އާރްޑީސީއާއި، އެ މަޝްރޫއު ހަވާލުކުރި ނަމަވެސް، ހަވާލު ކުރެވުނު މުއްދަތުގައި އެ މަސައްކަތް ނުނިމި އެ ސަރުކާރު ނިމިގެން ދިޔަ އިރުވެސް މަގު ހަދައި ނިމިފައެއް ނުވެއެވެ. 

އެހެންކަމުން، ރައީސް މުޢިއްޒު ވަނީ އެމާނިކުފާނުގެ ވެރިކަމެއްގައި އެ މަސައްކަތް ވީ އެންމެ އަވަހަށް ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިސަރުކާރުގެ މަސައްކަތް ފެށުމާއި އެކު، ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެ މަޝްރޫއު އާއި ގުޅޭގޮތުން އާރްޑީސީ އާއި ބައްދަލު ކޮށް މަސައްކަތް އަވަހަށް ނިންމުމަށް މަޝްވަރާ ކޮށްފައެވެ. 

އެއާއެކު މި މަސައްކަތުން ނުނިމިވާ ދެ ސެގުމެންޓުގެ މަސައްކަތް މި ދިޔަ ޑިސެމްބަރު ބަހުގެ 9 ވަނަ ދުވަހު ވަނީ ފަށާފައެވެ. އާރުޑީސީ ގެފަރާތުން މައުލޫމާތުދޭ ގޮތުގައި މޫސުން ރަނގަވެ، ތާވަލާއި އެއްގޮތަށް މަސައްކަތްކުރިއަށް ދާނަމަ ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާ އާއްމުނަށް މަގު ހުޅުވާލެވޭނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ނުކުޅެދޭ މީހުންގެ ޙައްޤުތަކާ ގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވުމުގެ މައްސަލަ ކޮމިޓީއަށް
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރާ ބައިނަލްއަޤުވާމީ މުޢާހަދާގެ އޮޕްޝަނަލް ޕްރޮޓޮކޯލްގައި ރާއްޖެއިން ބައިވެރިވުމާ ގުޅޭގޮތުން މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.
07 Oct 2026
އަޔަލެންޑްގެ ކޯޗު ގަޔަށް އިޒްރޭލުގެ ކުޅުންތެރިއަކު ކުޅުޖެހި މައްސަލައެއް
ޔޫއެފާ ނޭޝަންސް ލީގުގައި ރިޕަބްލިކް އޮފް އަޔަލެންޑާއި އިޒްރޭލު ބައްދަލުކުރި މެޗުގެ ހާފްޓައިމްގައި، އިޒްރޭލުގެ ކުޅުންތެރިއަކު އަޔަލެންޑްގެ ކޯޗިން ސްޓާފެއް ގަޔަށް ކުޅުޖެހި ކަމަށް ބުނާ މައްސަލައެއް ޔޫރަޕްގެ ފުޓްބޯޅަ އިދާރާ (ޔުއެފާ) އިން ބަލަން ފަށައިފިއެވެ.
07 Oct 2026
މުޒާހަރާގެ ތެރެއިން އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ ހައްޔަރުކޮށްފި
އިންޑިއާގެ ޤައުމީ ވޯޓާސް ލިސްޓުން އެތައް މިލިއަން ބައެއްގެ ނަން އުނިކޮށްފައިވާ މައްސަލައިގައި، އެ ޤައުމުގެ އިލެކްޝަން ކޮމިޝަނުގެ ވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގެ ތެރެއިން އިދިކޮޅު މައި ލީޑަރު ރާހުލް ގާންދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
07 Oct 2026
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް؛ ފަސް މީހަކަށް ފަރުވާ ދެނީ
ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.