މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް: ފޮޓޯ: މަސްވެރިކަމާއި ބެހޭ ވުޒާރާ
ހަބަރު
08 Jan 2024 | 11:24
މަސްވެރިންނަން ނުދެވި ހުރި ފައިސާއިން ބައެއް މިމަހު ދެނީ

މަސްވެރިންނަން ނުދެވި ހުރި ފައިސާއިން ބައެއް މިމަހު 10ގެ ކުރިން ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގައި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އިއްޔެގެ ވަޒީރުންގެ ބައްދަލުވުން ނިންމަވާލެއްވުމަށް މީޑިޔާއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާމް ވިދާޅުވީ މި ވަގުތަކީ ދައުލަތުގެ ދަރަނި ބޮޑުވުމުގެ ސަބަބުން މާލީ ދަތިކަން ވަރަށް ބޮޑު ދުވަސްވަރެއް ކަމުން މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް އަދިވެސް ނުދެވޭކަމަށެވެ.

އެހެންނަމަވެސް މިމަހު 10 ގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ފައިސާއިން ރަނގަޅު މިނަވަރެއް މަސްވެރިންނަށް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ވަޒީރު ޝިޔާމް ވިދާޅުވީ މަސް ގަންނަ އަގާ އެކީގައި ސަބްސިޑީގެ ގޮތުގައި ދައުލަތުން ވަރަށް ބޮޑު އެއްޗެއް ދޭންޖެހޭކަމަށާއި ކޮންމެ މަހަކުވެސް މަސްވެރިންނަށް ފައިސާ ދޭންޖެހެނީ ފިނޭންސް މިނިސްޓަރީގެ އެހީތެރިކަމާ އެކީގައި ކަމަށެވެ.

މީގެ އިތުރުން މަހުގެ އަގު ކުޑަކުރުމާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީއާއި މަޝްވަރާ ކުރެވިފައިވާ ކަމަށް ވަޒީރުންގެ މަޖިލީހުގައި ނިންމި ކަންތައްތަކާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުالله ނާޒިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.

މިނިންމުމަށްފަހު ފިނިކުރި މަހުގެ އަގު 20 ރުފިޔާ އަދި ފިނި ނުކުރާ މަހުގެ އަގު 15 ރުފިޔާއަށް ބަދަލުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އަދި މިކަންކޮށް ނިންމުމަށް ފަހު ފިނި ކުރި މަހުގެ އަގު 20ރ. އަށް ބަދަލުކޮށް އަދި ފިނި ނުކުރާ މަސް 15ރ. އަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރެވިފައި ވަނީ

ނާޒިމް 

މަސްވެރިކަމާއި ބެހޭ ވުޒާރާ އާއި ހަވާލުވެ ވަޑައިގަތުމަށްފަހު ޝިޔާމް ވަނީ މަސްވެރިންނަށް ނުދީ އޮތް ރުފިޔާގެ ތެރެއިން 190 މިލިއަން ރުފިޔާ ދީފައެވެ. އެހެންނަމަވެސް އަދިވެސް 140 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޭން ޖެހޭ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.