"އިންވެސްޓު މޯލްޑިވްސް" ފޯރަމުގައި ރައީސް ވާހަކަ ދައްކަވަނީ: ފޮޓޯ: ރައީސް އޮފީސް
ހަބަރު
09 Jan 2024 | 11:45
ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފަހި ފުރުސަތުތައް ރައީސް އިއުލާންކުރައްވައިފި

ދިވެހިރާއްޖޭގައި އިންވެސްޓުކުރުމަށް ޗައިނާގެ އިންވެސްޓަރުންނަށް ހުރި ތަފާތު ބޮޑެތި ފުރުސަތުތައް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފާހަގަކުރައްވައި، ރާއްޖޭގައި ހިންގާ ސްޓްރެޓެޖިކް މުހިއްމު މަޝްރޫޢުތަކަށް އިންވެސްޓުކުރުމުގެ ފުރުސަތު އެ ވިޔަފާރިތަކަށް ހުޅުވިފައި އޮތްކަން ހާމަކުރައްވައިފިއެވެ.

މި ފުރުސަތުތައް ރައީސް ހާމަކުރައްވައި އިއުލާން ކުރެއްވީ މިހާރު ޗައިނާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި  މިއަދު ޗައިނާގެ ފޫޖިއާން ޕްރޮވިންސްގެ ވެރިރަށް ފޫޝޯގައި ފެށިގެން ކުރިއަށްދާ "އިންވެސްޓު މޯލްޑިވްސް" ފޯރަމުގައި ބައިވެރިވެ ވަޑައިގަންނަވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ގެ ވާހަކަފުޅުގައި ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިން ފާހަގަކުރެއްވި ފަދައިން އެޤައުމުން ފަށާފައިވާ ބެލްޑް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރުއައި)ގެ ސަބަބުން އެއްގަމާއި ކަނޑާއި ވައާއި ޑިޖިޓަލްކޮށް މުވާސަލާތުކުރުމުގެ އައު ރާސްތާތައް ހުޅުވި އެ އިނިޝިއޭޓިވްގައި ބައިވެރިވާ ޤައުމުތަކުގެ މެދުގައި މުދަލާއި، ރައުސުމާލާއި، ފަންނިއްޔާތާއި މީހުން ދަތުރުކުރާ ގޮތަށް އިންޤިލާބީ ބަދަލުތަކެއް އައިސްފައިވާ ކަން ފާހަގަ ކުރައްވައިފައެވެ. 

މީގެ އިތުރުން ދާދި ފަހުން އިފްތިތާހްކުރި، އެއާޕޯޓުގެ އައު ތަސައްވުރާއި، ރާއްޖޭގެ ވިޔަފާރީގެ ބަނދަރަކީ އެމަނިކުފާނުގެ ސަރުކާރުގެ މުހިއްމު އިސްތިރާޖީ މަސައްކަތްތަކެއް ކަމަށާއި އަދި އެއީ ބީއާރުއައިގެ އެއްގަމާއި ކަނޑާއި ވައާއި ޑިޖިޓަލް ގުޅުވައިލުމުގެ ތަސައްވުރެއް ފެތޭ މަސައްކަތްތަކެއްކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. 

ވުމާއެކު ބީއަރުއައިގެ އޮނިގަނޑުގެ ތެރެއިން މި މަޝްރޫޢުތައް ހިންގުމަށް މަސައްކަތްކުރާނެ ފަރާތްތައް ހޯދުމަށް ސަރުކާރު އޮތީ ތައްޔާރަށް ކަމުގައިވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން ސަރުކާރުގެ ވިސްނުން ފަތުރުވެރިކަމުގެ ސިނާއަތް ހަރުދަނާކުރުމާއެކު އެހެނިހެން ސިނާއަތްތައް ތައާރަފުކޮށް އިޤުތިޞާދު ސިންދަފާތުކުރުމަށް ހުރިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަންކުރައްވާނީ ތިމާވެއްޓާއި ކަނޑުގެ ވަސީލަތްތަކަށް ރިއާޔަތްކޮށްގެން ކަމަށެވެ. 

ރާއްޖޭގެ އިޤުތިޞާދު ބަދަލުކޮށްލެއްވުމުގެ އަމާޒުގައި ފުށި ދިއްގަރު ފަޅު ހިއްކައިގެން ތަރައްގީ ކުރާ ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ފުރަތަމަ އީކޯ ފްރެންޑްލީ ޝަހަރުގެ ގޮތުގައި ތަރައްގީ ކުރާ މަޝްރޫއުކަން ފާހަގަކުރައްވައި އެ ސިޓީއަކީ 325،000 މީހުންގެ އާބާދީއަކަށް ދިރިއުޅުމަށް ބޭނުންވާ އުމްރާނީ އަދި ވިޔަފާރީގެ ވަސީލަތްތައް ޤާއިމުކުރެވިފައި ހުންނާނެ ސިޓީއެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ހަކަތައިގެ ބޭނުންތަކާ އެކަށޭނެ މިންވަރަކަށް އިއާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމަކީ އެމަނިކުފާނުގެ މުހިއްމު ވައުދެއް ކަމަށާއި އެގޮތުން 2028 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖެއަށް ބޭނުންވާ ހަކަތައިގެ 33 އިންސައްތަ އިއާދަކުރުވަނިވި ހަކަތައިން އުފެއްދުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަން ރައީސް ހާމަކުރެއްވިއެވެ.

އޭގެ އިތުރަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުޅާ ބޮޑު މަޝްރޫޢެއް ހިންގަވަން ރާއްވަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި މަސް ޕްރޮސެސްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ވިސްނުމެއް ގެންގުޅުއްވާކަންވެސް ފާހަގަކުރެއްވިއެވެ.

އަދި ރާއްޖޭގެ އިޤުތިޞާދީ ވިލުންތެރިކަން ކަށަވަރުކުރުމަށް އިޤުތިޞާދު ސިންދަފާތުކުރުމުގެ ގޮތުން މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓު ފްރީ ޒޯންގެ ނަމުގައި ކުންފުންޏެއް އުފައްދަވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އިސްތިރާޖީ މުހިއްމު މަސައްކަތްތައް ހިންގައި ތަރައްޤީކުރާ ކުންފުންޏެއްގެ ދައުރު އެ ކުންފުނިން އަދާކޮށް، ދެމެހެއްޓެނެވި ދިރިއުޅުމެއް ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް އެ ކުންފުނިން އިންވެސްޓުކުރާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރަށް ރައީސް ވިދާޅުވީ މިހުރިހާ ކަމެއް ހިންގާއިރު ރާއްޖޭގެ މައި ސިނާއަތްކަމަށްވާ ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ތަރައްޤީކޮށް ސިންދަފާތުކުރުމާއި އައު ތަޖުރިބާތައް ބާޒާރަށް ނެރުމަށް ސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. އެ އަމާޒު ހާސިލުކުރުމަށް ފަށާ ބައެއް އައު ކަންކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ހޮސްޕިޓޭލިޓީގެ ދާއިރާއިން ތައުލީމު ދޭނެ މަތީ ފަންތީގެ ސުކޫލެއް ޤާއިމުކުރުމާއި، ކުޅިވަރާއި ސިއްހީ އަދި ސަގާފީ ފަތުރުވެރިކަން ތައާރަފުކުރުމަށް މަސައްކަތްކުރަމުން އަންނަކަން ފާހަގަކުރެއްވުމާއެކު، ރައީސް އެދިވަޑައިގަތީ ރާއްޖެއަށް ކޮވިޑުގެ ކުރިން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެއްގެ ގޮތުގައި ޗައިނާ އޮތް ފަދައިން އެ މަޤާމަށް އަނބުރާ ޗައިނާ އިއާދަކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ކޮށްދިނުމަށެވެ.

މި މަސައްކަތްތައް ފާހަގަކުރެއްވުމާއެކު ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ އަމާޒަކީ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 12 ބިލިއން ޑޮލަރަށް އިތުރުކޮށް ދެގުނަކުރުން ކަމަށެވެ. އެ އަމާޒުތައް ހާސިލުކުރުމަށް އަމިއްލަ ވިޔަފާރިތަކުގެ ދައުރުގެ މުހިއްމުކަމަށް ޤަބޫލުކުރައްވާކަމަށް ވިދާޅުވުމާއެކު، ބޭރުގެ އިންވެސްޓަރުންނާއި ބޭރުގެ މަސްދަރުތަކުން ފައިސާ ހަމަޖެހުމަކީ މި މުހިއްމު މަސައްކަތްތައް ހިންގުމަށް ކޮންމެހެންވެސް ބޭނުންތެރި ކަންކަން ކަމުގައި ދެކެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިވެރިންގެ ގޮތުގައި ދެކިގެން އެ ވިޔަފާރިތަކާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ސަރުކާރުގެ ފަރާތުން ދެއްވާ ކަމަށެވެ. އަދި ރާއްޖެއަށް އިންވެސްޓުކުރުމުގައި ދަތިތަކެއް ނެތި، ރާއްޖޭގައި ވިޔަފާރިކުރުމަކީ ފަސޭހަ ތަޖުރިބާއަކަށްވާނެ ކަށަވަރުކަން ރައީސްވަނީ އެ ފޯރަމުގެ ބައިވެރިންނަށް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.