މިނިސްޓަރ މޫސާ ޒަމީރު އިންވެސްޓް މޯލްޑިވްސް ފޯރަމްގައި: ފޮޓޯ: ޚާރިޖީ ވުޒާރާ
ހަބަރު
09 Jan 2024 | 15:47
ޗައިނާގެ އެހީއާއެކު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިފައިވޭ: ޒަމީރު

ޗައިނާއިން ރާއްޖޭގެ އިންފްރާސްޓްރަކްޗާ އާއި އިގްތިސާދީ ކަންކަމަށް ފޯރުކޮށްދެމުން އަންނަ އެހީތެރިކަމާއެކު ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ފައިދާތަކެއް ލިބިފައިވާ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސްގެ ދައުވަތަކަށް އެ ޤައުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހުންނަވައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ،  ޗައިނާގެ ފުޖިއާން ޕްރޮވިންސްގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމްގައި، އެންގޭޖްމަންޓާއި، ޕާޓްނަޝިޕް ބިލްޑިން އާއި، ފޯކަސްޑް ޑެލިވަރީގެ ތެރެއިން ރާއްޖޭގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާގެ ތަސައްވުރު ހިއްސާކުރެއްވިފައިވާ ކަމަށެވެ.

އެގޮތުން ޗައިނާއަކީ އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއްކަން ފާހަގަކުރައްވަމުން ޒަމީރު ވިދާޅުވީ ޗައިނާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އަދި އިންފްރާސްޓްރަކްޗާއަށްވެސް ގިނަ ފައިދާ ލިބި ކުރިއެރުން ލިބިފައިވާ ކަމަށެވެ.

ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ސަބަބުން އަޅުގަނޑުމެންގެ އިންފްރާސްޓްރަކްޗަރ އާއި އިގްތިސާދަށް ބޮޑެތި ފައިދާތަކެއް ލިބިއްޖެ

މޫސާ ޒަމީރު 

މީގެ އިތުރުން ސަރުކާރާއި ވިޔަފާރި އާއި ސަގާފަތުގެ ދާއިރާއިން ރާއްޖެ އާއި ޗައިނާއާ ދެމެދު ކުރިއަށްދާ ވަރުގަދަ އަދި ނަތީޖާ ނެރެދޭ އެއްބާރުލުމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވައިފައެވެ. 

އަދި ވިޔަފާރި ކުރިއެރުވުމަށް ޗައިނާއިން ފޯރުކޮށްދޭ އެހީން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށްވެސް ފައިދާ ކުރާނެ ކަމުގައިވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔަފާރިއާއި އިންވެސްޓްމަންޓަށް، ޚާއްސަކޮށް އަޅުގަނޑުމެންގެ މަސްވެރިކަމުގެ ދާއިރާއަށް އާ ފުރުސަތުތަކެއް ލިބިގެންދާނެ. އަޅުގަނޑުމެން އިންތިޒާރު ކުރަނީ ޗައިނާ އާއި ރާއްޖޭގެ ގުޅުން ބަދަހިކޮށް، އަޅުގަނޑުމެންގެ ރައްޔިތުންގެ ދެފަރާތުގެ ފައިދާއަށްޓަކައި އެއްބާރުލުން ދިނުމުގެ އާ މަގުތައް ހޯދުމަށް

މޫސާ ޒަމީރު 

އަދި ހަމައެއާއެކު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވި އިތުރު ތަރައްޤީ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ޒަމީރު ވަނީ ވިދާޅުވެފައެވެ.

ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ މުހިއްމަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަލި އަޅުވާލައި ކުރިއަށް ގެންދެވުނު "އިންވެސްޓު މޯލްޑިވްސް" ފޯރަމެވެ. 

ޗައިނާއިން އެކަނިވެސް 300ށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް ފާހަގަކޮށް އެކަން ހާމަކޮށްފައެވެ. އެގޮތުން އެކި ދާއިރާތަކުން ހިންގޭ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޗައިނާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާލައި އެކަމުގެ ތަފްސީލުތައް ހާމަކުރައްވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.