ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފައި-- ފޮޓޯ: ދަ ޕްރެސް
ހަބަރު
10 Jan 2024 | 12:54
އިންޑިއާގެ ބަޔަކު ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، އިންޒާރުދީފި!

އިންޑިއާގެ ބަޔަކު ދިވެހި ރާއްޖޭގެ ކުޑަކުދިންގެ މައްސަލަތައް ބަލާ ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށްފިއެވެ.

ކޯޓުގެ ވެބްސައިޓް ހެކް ކުރުމަށްފަހު އެ މީހުން ވަނީ އިންޑިއާގެ ދިދައާއެކު އިންޒާރުގެ މެސެޖެއް އެ ވެބްސައިޓްގައި އެންމެންނަން ފެންނާނެހެން އާންމުކޮށްފައެވެ.

މި ގޮތުން އެއީ އިންޑިއާއަށް ނިސްބަތްވާ "ނެޓްވޯކް 9" ކިޔާ ހެކަރުންގެ ގްރޫޕެއް ކަމަށް އެމީހުން ވަނީ ބުނެފައެވެ. އަދި ވެބްސައިޓް ހެކްކުރީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް އިހްތިރާމް ކުޑަކޮށް ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން ބަޔަކު ވާހަކަ ދައްކާފައިވާތީ ކަމަށެވެ.

އެމީހުން ގެ މެސެޖްގައި ބުނެފައިވާ ގޮތުން ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް އަދި މަރިޔަމް ޝިއުނާގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ފަދަ "ލިޔަންކިޔަން ނޭނގޭ" ފަރާތްތަކުން ގެންގުޅޭ ނަސްލީ ތަފާތުކުރުންތަކަކީ ލަދުވެތިވާންޖެހޭ ކަމެއްގެ އިތުރުން ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުން ހުރި ވާހަކަތަކެއް ކަމަށެވެ.

އަދި އިންޑިއާގެ ފަރާތުން ރާއްޖެއަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލުން ހަނދާން ކޮށްދިނުން ވަރަށް މުހިންމު ކަމަށާއި، އިންޑިއާގެ ސަގާފަތަށް އިހުތިރާމް ކުޑަ ކުރުމާއި، މާޒީގައި ވެދީފައިވާ އެހީތެރިކަން ހަނދާން ނައްތާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ މެސެޖްގައި ވަނީ ބުނެފައެވެ.

މިއީ ދިން އިންޒާރެއް ކަމަށް ދެކުމަށާއި ކުރިއަށް އޮތް ތާނގައި ވެސް އެފަދަ ވާހަކަތައް ދައްކާނަމަ، އެކަން ބަލައި ނުގަންނާނެ ކަމަށް ވެސް  ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކް ކުރި މީހުން ވަނީ ބުނެފައެވެ. މީގެއިތުރުންވެސް އެފަދަ ކަންކަން ކުރާނަމަ ރާއްޖޭގެ ސައިބާ ސްޕޭސްއަށް އަސަރު ކުރާނެ ފަދަ ކަންތައްތައް ކުރުމުގެ ބާރު އެބަހުރި ކަމަށާއި ދިވެހި ސަރުކާރުން ކަމެއް ކުރުމުގެ ކުރިން އެކަމާ މެދު ވިސްނާލުމަށް ވެސް އެ މެސެޖްގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅެއްގައި އެ ސަރަހައްދުގެ ޓޫރިޒަމް ޕްރޮމޯޓްކުރައްވައި އާންމު ކުރެއްވި ވީޑިއޯއަކަށް ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު ފާޑު ވިދާޅުވުމާއި ގުޅިގެން ސޯޝަލް މީޑިއާ ގައި ދެގައުމުގެ ދެމެދުގައި ދަނީ ހޫނު ބަހުގެ ހަމަލާތަކެއް ރައްދު ކުރެވެމުންނެވެ. 

މި މައްސަލައިގައި ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު ސަސްޕެންޑްކޮށްފަ އެވެ. އަދި ސަރުކާރުން ވަނީ މިކަމާއި ގުޅޭގޮތުން ބަޔާނެއް ނެރެ މިކަން ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފައެވެ.

މި މައްސަލަ ހޫނުވެ ފަތުރުވެރިން އެންމެ ގިނައިން އަންނަ އެއް ގައުމު ކަމުގައިވާ އިންޑިއާއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ