ވިލިމާލޭ މަގުމަތި: ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
10 Jan 2024 | 13:34
ވިލިމާލޭ މަގުތައް ހެދުމާމެދު ޖަމިއްޔާތަކުގެ ކަންބޮޑުވުން!

ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހެދުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ވިލިމާލޭގެ ބައެއް ޖަމިއްޔާތަކުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ވިލިމާލޭގެ މަގުތަކުގެ ސާވޭ ކުރުމާއި އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް ކުރުމަށް 1.79 މިލިޔަން ރުފިޔާ އަށް އިމާރާތް ކުރުމާ ބިނާރާ ބެހޭމިނިސްޓްރީން ވަނީ މިމަހުގެ 4 ވަނަ ދުވަހު ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައެވެ. 

މި މަޝްރޫޢު ކުރިއަށް ގެންދިއުމާމެދު ކަންބޮޑުވުން ފާޅުކޮށް ވިލިމާލޭގައި ދިރިއުޅޭ އާންމުންގެ ޖަމިއްޔާއެއް ކަމަށްވާ ވިލިޖޯލި އާއި ސޭވް ދަ ބީޗް ޖަމިއްޔާ އިން ގުޅިގެން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިލިމާލޭގެ މަގުތަކަކީ މިހާރުވެސް ރަނގަޅު ފެންވަރެއްގައި ހަދާފައިވާ މަގުތަކެއް ކަމަށާއި އެމަގުތައް ހެދުމުގެ ބަދަލުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.

އެގޮތުން އެ ރަށުގެ މަގުތައް މަރާމާތު ނުކޮށް ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވަމުން އެ ބަޔާނުގައި ބުނެފައިވަނީ ޕޭވްމަންޓް މަރާމާތުކުރުމާއި މަގުތައް އެއްވަރުކުރުމާއި ހަލާކުވެފައިވާ ކާނުތަކާއި މަގުގެ ބައިތައް މަރާމާތުކުރުން ކަހަލަ ކަންކަން ކުރަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް، ޕޭވްމަންޓަށް ގަސްގަހުގެ މޫގަނޑު އަރައިގެން އުފުލިފައި ހުންނަ ތަންތަން ރަނގަޅުކުރުމަށްޓަކައި ގަސްތައް ކެނޑުމުގެ ބަދަލުގައި ތަރައްގީވެފައިވާ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރާ ތަފާތު ގޮތްގޮތް ބޭނުންކޮށްގެން ގަސްތައް ހިމާޔަތްކުރުމަށް އެދޭ ކަމަށް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން މި ފަހުން ރާއްޖެއަށް ކުރި ވިއްސާރައިގައި މާލެ އަދި ހުޅުމާލޭގައި ފެންބޮޑުވެފައިވާއިރު ވިލިމާލޭގައި އެފަދަ ކަމެއް ނުހިނގާކަން އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ. މިފަދަ މޫސުމީ ކަންކަމާއި ކާރިސާތައް ދިމާވާ ދަނޑިވަޅުތަކުގައި ރަށުގެ ގުދުރަތީ ވިލުންތެރިކަމުން ފޯރުކޮށްދޭ ރައްކާތެރިކަން ފާހަގަކުރަން ޖެހޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ހަމަ އެޔާއެކު އެ ބަޔާނުުގައި ބުނާގޮތުން ވިލިމާލެ އަކީ އަބަދުވެސް ތިމާވެއްޓާ ރައްޓެހި ކޮންސެޕްޓަކަށް، އެއްގަމު އުޅަނދު ދުއްވުމަށް ވަކި މިންވަރެއްގައި ކޮންޓްރޯލްކޮށްފައި އޮންނަ މާލޭގެ އަވަށެއްކަމުން ވިލިމާލެއަކީ މާލެ ސަރަހައްދުގައި ގުދުރަތީ މާހައުލު މުއްސަނދިކޮށް އޮތް ހަމައެކަނި ރަށެވެ. އެހެންކަމުން ޒަމާނީ ފެންވަރަށް މަގު ހަދަން ނިންމައި އެރަށުގެ ގުދުރަތީ ރީތިކަން ނައްތާލަން މަސައްކަތް ނުކުރުމަށްވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ކޮމެންޓް
ޢަލީ
ތީ ޖަމުޢިއްޔާތަކުގެ ވާހަކަ، ރައްޔިތުން ބުނަނީ ކީކޭބާ؟ މިވެސް ފާޑެއްގެ ކަމެއް. އެމް.ޑީ.ޕީ މީހުންގެ ވެރިކަމުގައި ތިމާވެއްޓަށް ގެއްލުންހުރި އެތައްކަމެއް ކުރި އިރު މިއިން ޖަމުޢިއްޔާއެއްގެ އަޑެއްނެތް، ނިކަންބަލާ ހުޅުމާލޭގެ ފަޅު
10 Jan 2024
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.