ދަނބިދޫ ސްކޫލުގެ ބެލެނިވެރިން އިހްތިޖާޖް ކުރަނީ
ހަބަރު
11 Jan 2024 | 14:28
ދަނބިދޫ ބެލެނިވެރިންގެ އިހްތިޖާޖް މިއަދުވެސް ކުރިއަށް؛ މެނޭޖްމަންޓާ މެދު ބޮޑު ހިތްހަމަނުޖެހުމެއް!

ސްކޫލުގެ ހިންގުމުގެ ކަންކަން މެނޭޖްމެންޓުން ކުރިއަށް ގެންދިއުމުގައި ގެންގުޅޭ ބައެއް އުސޫލުތަކާއި މެދު ހިތްހަމަ ނުޖެހި ލ ދަނބިދޫ ސްކޫލުގެ ބެލެނިވެރިން އެރަށު ސްކްޫލް ދޮށުގައި އިހްތިޖާޖް ކުރަން ފަށައިފިއެވެ. 

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ސްކޫލުގެ ބެލެނިވެރިއަކު ވިދާޅުވީ، އިހްތިޖާޖް ކުރަން ޖެހުނީ، ސްކޫލުގައި ކިޔަވައިދޭ ބައެއް މާއްދާތަކަށް ޓީޗަރުން ހަމަނުވުމާއި ސްކޫލުގެ ހޯލު ވަރަށް ބޮޑަށް މަރާމާތު ކުރަން ޖެހި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދާއިރުވެސް އެކަމަށް އެދެވޭ މަސައްކަތެއް މެނޭޖްމަންޓުން ކުރަމުން ނުދިއުމުން ކަމުގައެވެ. 

ހޯލުގެ ސީލިންގ ވަރަށް ބޮޑަށް ހަލާކުވެފައި ހުންނަތާ ވަރަށް ދުވަސް ވެއްޖެ، އެހެން ހުރެ ހުރެ މިހާރު އަތް ޖައްސާލިޔަސް އެތަނުން ތަންކޮޅެއް ވެއްޓޭހާ ބަލިވެފައި ހުރީ، އަޅުގަނޑުވެސް އަމިއްލައަށް ގޮސް ބަލާލިން އެހާ ހާލު ދަށްކޮށް ސީލިނގް އޮތީ

ދަނބިދޫ ސްކޫލު ބެލެނިވެރިއެއް

މީގެ އިތުރުން އެބޭފުޅާ ވިދާޅުވީ އަބަދުވެސް ސްކޫލުގައި އެކި މާއްދާތައް ކިޔަވައި ދިނުމަށް ޓީޗަރުން ހަމަ ނުވެ އެގޮތުގައި ދާތާ މިހާރު ފަސް ވަރަކަށް އަހަރު ވެފައިވާކަމަށާއި، ފާއިތުވި އަހަރުވެސް ވޭތުވެފައިވަނީ ސްކޫލުގައި ހިސާބު ޓީޗަރެއް ނެތި ކަމުގައެވެ. އަދި އެކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް، ވަކިން ޚާއްސަކޮށް ސާނަވީ މަރުހަލާގައި ތައުލިމު ހާސިލްކުރާ ކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމުގައެވެ. 

ޓީޗަރުން އަބަދުވެސް ހަމަ ނުވެ ދާނީ، ކޮންމެވެސް މާއްދާއަކަށް އަބަދުވެސް ޓީޗަރުން ހަމަ ނުވެ ދާނީ، މިހާރު ފަސް އަހަރު މިވަނީ އެގޮތަށް އަބަަދުވެސް ވާތާ، މި ދިރާސީ އަހަރުވެސް ފެށުނީ އެހެން، ދެ މާއްދާއެއް ކިޔަވއިދޭނެ ޓީޗަރުން ނެރް، އެކަމަކު މިހާރު ދެން އެކަމަށް ވަގުތީ ގޮތުން އެ މާއްދާތައް ކިޔަވައިދޭން ޓީވަރެއް ނަގައިފައި ހުރީ 

ދަނބިދޫ ސްކޫލު ބެލެނިވެރިއެއް

ހަމަ މީގެ އިތުރުން ސްކޫލުގެ ހިންގުންވެސް ދާގޮތް ބެލެނިވެރިންނަށް އެންމެ ހިތްހަމަ ނުޖެހޭކަން ފާހަގަ ކުރައްވައި އެ ސްކޫލުގެ ބެލެނިވެރިޔާ ވިދާޅުވީ، ސްކޫލުގެ ޕްރިންސިޕަލްގެ ފަރާތުންވެސް އެފަދަ މައްސަލަތައް ހައްލުކުރުމުގައި އެންމެ އެކަށޭނެ މަސައްކަތެއް ކުރާތަން ނުފެންނަ ކަމުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.