ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު: ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Jan 2024 | 14:34
ރާއްޖެ ވަޑައިގަތުމަށް ޗައިނާގެ ރައީސަށް ރައީސް ޑރ މުއިއްޒުގެ ދައުވަތު!

ޗައިނާގެ ރައީސް ޝީ ޖިންގްޕިންގ ރާއްޖެއަށް ވަޑައިގަތުމުގެ ދައުވަތު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އަރުވައިފިއެވެ. 

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ދޭދޭ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރެވި އެއްބަސްވެވިފައިވާ ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ނެރުއްވި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި މިކަން ވަނީ ހާމަކުރައްވައިފައެވެ. 

މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ވާގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާއާ މެދު ދެފަރާތުން ވެސް ހިތްހަމަޖެހޭކަން ފާހަގަ ކޮށްފައި ވެއެވެ. އަދި ޗައިނާ-މޯލްޑިވްސް ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް ކުރިއަށް ގެންދިއުމަށް މިދަތުރުފުޅަކީ ވަރަށް މުހިންމު ދަތުރެއްކަމަށް ދެފަރާތުންވެސް ވެސް އެއްބަސްވެފައިވާކަމަށް މި ޕްރެސް ކޮމިއުނިކޭޝަންގައި ވަނީ ހާމަކޮށްފައެވެ. 

މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ވާގޮތުން، ދެފަރާތުގެ ދެމެދުގައި ބޭއްވުނު ވާހަކަ ތަކުގައި ރައީސް މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގއަށާއި، ޗައިނާ ސަރުކާރަށާއި، ޗައިނާ ގެ ރައްޔިތުންނަށް ދެއްވި ހޫނު މެހްމާންދާރީއަށް ޝުކުރު އަދާކުރައްވާފައި ވެއެވެ.

އަދި ޗައިނާގެ ވެރިންނަށް، ފަސޭހަ ވަގުތުތަކުގައި ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނުވަނީ ދަޢުވަތު ދެއްވާފައެވެ. އަދި ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މިކަމާ ގުޅޭ މުއާމަލާތްތައް ކުރިޔަށް ގެންދިއުމަށްވެސް ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ.

ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ މުހިއްމަ ކަމެއްގެ ގޮތުގައި ކުރިއަށް ގެންދެވީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަލި އަޅުވާލައި ކުރިއަށް ގެންދެވުނު "އިންވެސްޓު މޯލްޑިވްސް" ފޯރަމެވެ. 

ޗައިނާއިން އެކަނިވެސް 300ށް ވުރެ ގިނަ އިންވެސްޓަރުން ބައިވެރިވި މި ފޯރަމްގައި ޗައިނާގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުސަތުތައް ފާހަގަކޮށް އެކަން ހާމަކޮށްފައެވެ. އެގޮތުން އެކި ދާއިރާތަކުން ހިންގޭ ތަރައްގީގެ ބިޔަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި ޗައިނާގެ އިންވެސްޓަރުންނަށް ހުރި ފުރުސަތުތަކަށް އަލިއަޅުވާލައި އެކަމުގެ ތަފްސީލުތައް ހާމަކުރައްވައިފައެވެ.

މީގެ އިތުރުންވެސް އެކި އެކި މަޝްރޫއުތަކަށް ޗައިނާގެ ތަފާތު އެހީތަކުގެ އެއްބަސް ވުންތަކުގައި ސޮއިކުރުމާއި ކުރިއަށް ގެންދެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވަނީ ކުރިއަށް ގޮއްސައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.