މީގެ ކުރިން ބޭއްވި އެމިޓް ފެއަރއެއްގެ ތެރެއިން: ފޮޓޯ: އެމްއެމްޕީއާރސީ
ހަބަރު
11 Jan 2024 | 13:53
ތުރުކިޔޭގައި އޮންނަ އެމިޓް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސ/ީވިޒިޓް މޯލްޑިވްސް)އިން އިންތިޒާމުކޮށް ބާއްވާ އެމިޓް 2024ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމިޓް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި އެމްއެމްޕީއާރްސީން މިއަދު ހުޅުވާލައިފައިވާއިރު މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ ތުުރުކީގެ ވެރިރަށް އިސްތަންބޫލުގައި ހުންނަ ޓޫޔާޕް ފެއާ އެންޑް ކޮންގްރެސް ސެންޓަރުގައި އަންނަ މަހުގެ ހަ ވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހުގެ ނިޔަލަށެވެ. 

އިވެންޓުގައި ލިބޭ ޖާގައަށް ރިއާޔަތްކޮށް ބައިވެރިވުމުގެ ފުރުސަތުތައް ލިމިޓުކޮށްފައިވާއިރު އެމްއެމްޕީއާރްސީން ވިދާޅުވީ އަމާޒަކީ ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި މަންޒިލުގެ ތަފާތު ހުށަހެޅުންތަކަށް އަލިއަޅުވާލައ،ި ދުނިޔޭގެ ޓްރެވަލް ކޮމިއުނިޓީގެ ތެރޭގައި އަގުހުރި ގުޅުންތަކެއް އާލާކުރުން ކަމަށެވެ.

އަދި އެ ކޯޕަރޭޝަންގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ވިޒިބިލިޓީ ވަރުގަދަކުރުމާއ،ި ޓްރެވަލް ޓްރޭޑް ޕާޓްނަރުންގެ މުހިންމު ފަރާތްތަކާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށް މި މުހިންމު މާކެޓުގެ އޭޖެންޓުންނާއި ގަންނަ ފަރާތްތަކާ ގުޅުން ބަދަހިކުރުމަކީވެސް މި ފެއަރ ގެ އަމާޒެއްކަމުގައި އެ ކުންފުނިން ބުނެއެވެ. 

ތުރުކީގެ މާކެޓަކީ ރާއްޖެއަށް ފުރުސަތުތައް ތަނަވެސް މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު 25 ވަނަ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި ރޭންކް ކުރެވުނެ މި މާކެޓުން 14،007 ފަތުރުވެރިންނާއެކު 33.4 ޕަސެންޓުގެ ފާހަގަކޮށްލެވޭ އިތުރުވުމެއް ފެނިގެންދިޔަ މާކެޓެއްކަމުގައިވެސް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސެންޓްރަލް އަދި އީސްޓަރން ޔޫރަޕްގެ މާކެޓަށް އޮންނަ ކަނެކްޓިވިޓީވެސް އިތުރުވެފައިވާ ކަމަށްވެސް އެމްއެމްޕީއާރސީން ވިދާޅުވެފައެވެ.

އެގޮތުން މި ފެއާގައި ބައިވެރިވުމަކީ މި ސަރަހައްދުން އަންނަ ފަތުރުވެރިން އިތުރުކޮށް، ބޮޑު ކުރިއެރުމެއް ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

 މި ހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިސްބަތްވާ ކުންފުނިތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 15:00ގެ ކުރިން އެމްއެމްޕީއާރްސީގެ މެމްބަރުންގެ ޕޯޓަލް (members.visitmaldives.com)މެދުވެރިކޮށްބައިވެރިވުމުގެ ތަފްސީލު ހޯދުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އަދި މި ފެއާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2024ވަނަ އަހަރަށް މެމްބަޝިޕް އާކުރުމަށް ރަޖިސްޓްރޭޝަން ފުރިހަމަވެފައިވާކަން ޔަގީން ކުރުމަށްވެސް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.