ރައީސް މުޢިއްޒަށް ރަސްމީކޮށް މަރުހަބާ ދެންނެވުން: ފޮޓޯ: ރައީސް އޮފީސް
ހަބަރު
11 Jan 2024 | 15:04
ޓައިވާނާއެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބޭއްވުމަށް ރާއްޖެއިން އެއްބަސްވެއްޖެ

ދިވެހިރާއްޖެއާއި ޓައިވާނާއި ދެމެދު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބޭއްވުމަށް ނިންމައި ރާއްޖެއާއި ޗައިނާއާއި ދެމެދު  އެއްބަސް ވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުފުޅުގައި ދެފަރާތުން އެއްބަސްވާ ކަންކަމާއި ގުޅޭގޮތުން ރައީސް އޮފީހުން ނެރުއްވި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި މިކަން ހާމަކޮށް ބުނެފައިވަނީ، ރާއްޖޭގެ ޤައުމީ ސިޔާދަތާއި، މިނިވަންކަމާއި، ޤައުމީ ކަރާމާތް ދެމެހެއްޓުމުގައި، ރާއްޖެއަށް ބޭނުންވާ ޤައުމިއްޔަތު ގެނެސްދިނުމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށް ދިނުމާއެކު، ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ޗައިނާއިން ދެކޮޅު ހަދާނެ ކަމަށެވެ. 

އަދި އޭގެ އިތުރުން "ވަން-ޗައިނާ" ސިޔާސަތު ޤަބޫލުކޮށް، މުޅި ޗައިނާ ތަމްސީލުކުރާ ހަމައެކަނި ޤާނޫނީ ސަރުކާރަކީ ޗައިނާ ސަރުކާރުކަމަށް ގަބޫލުކޮށް، ޓައިވާނަކީ ޗައިނާގެ ސަރަޙައްދުގެ ވަކިނުކުރެވޭނެ ބައެއްކަން ޤަބޫލުކޮށް، އެއްޗައިނާ ސިޔާސަތަަށް ތާއީދުކުރުންމަތީ ދިވެހިރާއްޖެއިން ސާބިތުވެ ދެމި އޮންނާނެ ކަމުގައި އެއްބަސްވެފައިވާކަމަށް މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ހާމަކޮށްފައިވެއެވެ. 

އެގޮތުން ޗައިނާގެ ސިޔާދަތާއި ސަރަހައްދީ އެއްބައިވަންތަކަމަށް އުނިކަން އަންނަ ފަދަ އެއްވެސް ވާހަކައެއް ނުވަތަ އަމަލަކާ ރާއްޖެއިން ދެކޮޅު ހެދުމުގެ އިތުރުން، "ޓައިވާންގެ މިނިވަންކަން" ކަމާއި، އެގައުމުން ވަކިވެގަތުމުގެ ހިންގާ ހުރިހާ ހަރަކާތަކާ ދެކޮޅު ހެދުމާއެކު ޓައިވާނާ އެކު އެއްވެސް ބާވަތެއްގެ ރަސްމީ ގުޅުމެއް ނުބާއްވާނެ ކަމަށް ރާއްޖެއިން ވަނީ އެއްބަސްވެފައެވެ.

އަދި ޗައިނާގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމާ ރާއްޖެއިން ދެކޮޅު ހެދުމާއެކު، ޗައިނާގެ ގައުމީ އެއްބައިވަންތަކަން ހާސިލްކުރުމަށް ޗައިނާއިން ކުރާ ހުރިހާ މަސައްކަތަކަށް ރާއްޖެއިން ތާއީދު ކުރުމަށްވެސް ދެފަރާތުން އެއްބަސް ވެފައިވާކަމަށްވެސް ރައީސް އޮފީހުން ނެރެފައިވާ މި ޖޮއިންޓް ޕްރެސް ކޮމިއުނިކޭޝަންގައި ވަނީ ބުނެފައެވެ. 

ރާއްޖޭގެ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒު ފޯރުވުމަށް ޗައިނާއި ދެކޮޅު ހަދާނެ ކަމަށާއި، ދެގައުމުގެ މައިގަނޑު މަސްލަހަތު ޙިމާޔަތްކުރުމުގައި އެއްގައުމު އަނެއް ގައުމަށް ހަރުދަނާ ގޮތެއްގައި އެއްބާރުލުން ދިނުމުގައި ދެމިތިބުމަށް ޗައިނާއާއި ރާއްޖެއިން ވަނީ އެއްބަސް ވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.