އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު އެއްބަސްވުމުގައި ސޮއި ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
11 Jan 2024 | 16:50
296 ބާވަތެއް މަސް ޗައިނާއަށް އެކްސްޕޯޓްކުރުމުގެ ފުރުޞަތު ރާއްޖެއަށް!

ޗައިނާއާއި ރާއްޖެއާއި ދެމެދު 2017 ވަނަ އަހަރު ސޮއިކުރެވިފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެއްވެސް ޑިއުޓީއަކާ ނުލައި ސީފުޑް ނުވަތަ މަހުގެ 296 ބާވަތެއް ޗައިނާއަށް އެތެރެކުރުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ ޕީޢެސްއެމަށް ދެއްވި ބަސްދީގަތުމެއްގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ޗައިނާއާއި ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ވިޔަފާރީގެ ގިނަ ރޮނގުތަކުން ރާއްޖެއަށް ފަހި ފުރުސަތުތަކެއް ލިބިގެން ދާނެކަމަށެވެ. އޭގެ ތެރެއިން އެންމެ ޚާއްސަ އެއް ފުރުސަތުގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، މަހުގެ ބާވަތްތައް އެކްސްޕޯޓުކުރުމާއި ރީ އެކެކްސްޕޯޓު ކުރުމުގެ ފުރުޞާތު ލިބިގެންދިއުމެވެ. 

އެގޮތުން 269 ބާވަތެއްގެ މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މަހުގެ 296 ބާވަތް ރާއްޖެއިން ލިބެން ނެތް ކަމުގައިވިޔަސް އަމާޒަކީ ރާއްޖެއިން ނުލިބޭ މަހުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް އެތަކެތި އިމްޕޯޓް ކުރުންކަމުގައެވެ. 

296 ބާވަރުގެ ސީފުޑް ރާއްޖޭގައި ނުހުރެދާނެ. އަޅުގަނޑުމެންގެ އަމާޒަކީ ރާއްޖެއިން ނުލިބޭ ސީފުޑް އިމްޕޯޓްކުރުން. އަދި ރާއްޖެއިން ރީއެކްސްޕޯޓް ކުރުން. 10% އާއި 30% ވެލިއު އެޑިޝަނެއް ހަދަން މިޖެހެނީ. ރާއްޖެއިން ރީއެކްސްޕޯޓްކުރުން އެއީ ޗައިނާއާއެކު ކުރެވޭނެ މަސައްކަތެއް. މިިހާރުވެސް "ގްރޫޕާ" ހުއިފިލަނޑާ، އަދި ކޮންމެވެސްވަރަކަށް ޔެލޯފިން ޓޫނާ އެތެރެކުރޭ. އެކަންކަން ފުޅާކުރުން. އެއީ ފްރީޓްރޭޑުގެ ތެރެއިން ލިބޭ ވަރަށް ފަހި ފުރުޞަތެއް

މުޙައްމަދު ސަޢީދު

މީގެ އިތުރުން މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޗައިނާގެ ހުރިހާ މަންޒިލަކަށް ވައިގެ ދަތުރުފަތުރުކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަން ފާހަގަ ކުރައްވައި ވަޒީރު ވަނީ އެއީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއްގެ ގޮތުގައި ސަޢީދު ފާހަގަކުރައްވައިފައެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ ޤައުމީ އެއަރލައިނަށް ވައިޑްބޮޑީ އެއަރކްރާފްޓް ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީވެސް އެފަދަ އޮޕަރޭޝަންތަކެއް ފެއްޓެވުމަށްކަމަށެވެ.

އެހެންވީމަ އަޅުގަނޑުމެންގެ އޯން އެއަރލައިނެއް، މިސާލަކަށް ޤައުމަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ކުރާ ވަގުތެއްގަ ފްރީޓްރޭޑް އެގްރީމެންޓެއް އައިމަވާގޮތަކީ އިތުރަށް ދަތުރުތައް ފަހިކުރަން ފަސޭހަވެގެންދާނެ. އަޅުގަނޑުމެންނަށް އެބަލިބޭ އެހެން ފުރުޞަތެއްވެސް. އެއީ ޗައިނާގެ އެއްމަންޒިލުން އެހެން މަންޒިލަށް މީހުން ގެންދިއުން. އެއީ މިތަނުން އެހެން ބަޔަަށް ދޭ ޚިދުމަތެއް ނޫން. ދިވެހި ރާއްޖެއަށް އެކަނި. ރާއްޖެއަށް އެކަނި ޗައިނާގެ އެއް ސިޓީން އަނެއްސިޓީއަށް މީހުން އުފުލުމަށް މި ހުއްދަދެނީ. އެއީ އެންމެ ވަރުގަދަ އެއް މަސައްކަތް

މުޙައްމަދު ސަޢީދު

އަދި ދިވެހި ކުންފުނިތަކަށް ޗައިނާގައި އެޤައުމުގެ ކުންފުނިތަކުގެ ގޮތުގައި ހިންގުމުގެ ފުރުޞަތުވެސް އެ އެއްބަސްވުމުގެ ދަށުން ލިބިގެންދާނެކަމަށާއި ނަމަވެސް ރާއްޖޭގައި ޑޮމެސްޓިކް އެއަރލައިންތަކާއި ވިޔަފާރިތައް ކުރާނީ ދިވެހިންކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މިއީ ރާއްޖެއަށް ފައިދާވާގޮތަށް އެކުލަވާލެވިފައިވާ މުހިންމު އެއްބަސްވުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެއީ ދުނިޔޭގެ އެންމެ ވަރުގަދަ، އެންމެ ކުރިއަރާފައިވާ އިޤްތިޞާދާއެކުވެސް އެންމެ ކުޑަ އިޤްތިޞާދަށްވެސް ފުރުޞަތު އޮތްކަން ހާމަކޮށްދޭ އެއްބަސްވުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

 ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމަށް މިސަރުކާރު އޮތީ ތައްޔާރަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ޗައިނާގައި ބޭއްވި އިންވެސްޓް މޯލްޑިވްސް ފޯރަމުގައެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.