އެމްޑީޕީގެ ބައެއް އިސްވެރިން--ފޮޓޯ: ވޮއިސް
ހަބަރު
14 Jan 2024 | 21:36
އެމްޑީޕީ ޕްރައިމަރީ އަންނަ މަހު 3 ގައި

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އިންތިހާބު، އަންނަމަހުގެ 3 ގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފި އެވެ.

އެމްޑީޕީން އެކަން ހާމަކޮށްފައިވަނީ އެކަމާއި ގުޅޭގޮތުން އެޕާރޓީން މިއަދު ކުރި އިޢުލާނެއްގައެވެ. އެ އިޢުލާނުގައި ބުނެފައިވަނީ އެ ޕާރޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލިސްއަށް ވާދަކުރަން ބޭނުންފުޅުވާ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރުމަށް ކުރި އިއުލާނާއި ގުޅިގެން ޝައުޤުވެރިކަންފާޅުކުރި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކާއި، އެދާއިރާތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ ނަންތައް ކެންޑިޑޭޓް ނަންބަރާއިއެކު އާއްމުކޮށް އެންގުމަށްޓަކައި އިއުލާންކުރީކަމަށެވެ.

އެމްޑީޕީން ކުރި މި އިއުލާނުގައިވާ ގޮތުން 43 ދާއިރާއަކުން އެ ޕާޓީގެ ޕްރައިމަރީ ބާއްވާނެ އެވެ. ބާކީ ހުރި ދާއިރާތަކުގެ ތެރެއިން އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ހުޅުވައިލި ފުރުސަތުގައި އެއް ކެންޑިޑޭޓަކު ކުރިމަތި ލާފައިވާތީ ޕްރައިމަރީއަކާއި ނުލައި 35 ކެންޑިޑޭޓަކަށް ވަނީ ޓިކެޓު ކަށަވަރު ވެފައެވެ. ޓިކެޓް ކަށަވަރު ވެފައިވާ ފަރާތްތަކުގެ ނަންތަކާއި އެފަރާތްތައް ވާދަކުރާ ދާއިރާތައް ވަނީ  އެޕާރޓީން ކުރިން އިޢުލާނު ވެސް ކޮށްފައެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިހަށް ވާދަކުރުމަށް ޕާރޓީތަކުގެ ޓިކެޓް ހޯދުމަށްޓަކައި އެކި ފަރާތްތަކުން ދަނީ މިހާރުން ފެށިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އީސީން އިޢުލާނު ކޮށްފައިވާ ގޮތުގައި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މާރޗު މަހުގެ 17 ވަނަ ދުވަހުއެވެ.  

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.