އެމްޑީޕީގެ ޖަލްސާއެއްގެ ތެރެއިން / ފޮޓޯ:އެމްޑީޕީ
ހަބަރު
15 Jan 2024 | 20:53
ޕްރައިމަރީއަކާއި ނުލައި އިތުރު 10 ފަރާތަކަށް އެމްޑީޕީގެ ޓިކެޓު ކަށަވަރުވެއްޖެ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ޕްރައިމަރީއަކާއި ނުލައި ވާދަކުރެވޭނެކަން އިތުރު 10 ބޭފުޅަކަށް ކަށަވަރު ވެއްޖެއެވެ.

ކުރިއަށް އޮތް 20 ވަނަ ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވަން ބޭނުންވާ ޕާޓީގެ މެމްބަރުންނަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތުގައި އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި މީގެކުރިން ވެސް ޓިކެޓު ކަށަވަރުވެފައިވެއެވެ. އެގޮތުން 36 ބޭފުޅަކަށް އެމްޑީޕީގެ ޓިކެޓް ކަށަވަރުވެފައިވެއެވެ. އެއާއެކު މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށްޓަކައި ޕްރައިމެރީއަކާ ނުލާ 46 ކެންޑިޑޭޓަކަށް މިހާރު މިވަނީ ޓިކެޓް ޔަޤީންވެފައެވެ.

އެމްޑީޕީގެ ފަރާތުން ޓިކެޓް ކަށަވަރުވި ކަމަށް މިއަދު އިޢުލާން ކުރެއްވި 10 ބޭފުޅުންނަކީ

ކަނޑިތީމު ދާއިރާ - އަމީން ފައިސަލް

ސަލީމް ހުސައިން - އިނގުރައިދޫ ދާއިރާ

އަލީ ނިޔާޒް - ކުރެންދޫ ދާއިރާ

ޝާތިރު އަބްދުއްރަހްމާން - ހުރާ ދާއިރާ

ރުގިއްޔާ މުޙައްމަދު - ދަނގެތި ދާއިރާ

މޫސާ ޝިޔާމް ޢަބްދުﷲ ޢަލީ - މުލަކު ދާއިރާ

ޢަބްދުﷲ ޝަރީފް - ގަމު ދާއިރާ

އަޙުމަދު ސައީދު - ގެމަނަފުށި ދާއިރާ

އަޙުމަދު ސައީދު މުޙައްމަދު - ގައްދޫ ދާއިރާ

އިބްރާހީމް މުއިއްޒު - ހެންވޭރު އުތުރު ދާއިރާ

ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވަފައިވަނީ މާރޗް މަހުގެ 17 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަނީ އެތެރޭގެ ޕްރައިމަރީތައް ބާއްވާނެ ދާއިރާތަކާއި އެ ދާއިރާތަކަށް ވާދަކުރާނެ ކެންޑިޑޭޓުންގެ ލިސްޓު ޢާންމުކޮށް ޝަކުވާ ހުށައެޅުމާއި ރީ-ރަޖިސްޓްރޭޝަންއަށް މިހާރު ހުޅުވާލައިފައެވެ.

.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.