ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާ ދެނީ-- ފޮޓޯ: ސީއެންބީސީ
ދުނިޔެ
16 Jan 2024 | 08:16
ގަތުލްޢާއްމަށް 100 ދުވަސް, ނިރުބަވެރި ޔަހޫދީން ބުނީ ހަމަލާ ދިނުން ނުހުއްޓޭނެ ކަމަށް

ނިރުބަވެރި ޔަހޫދީން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ނުހުއްޓާނެ ކަމަށް ބުނެފިއެވެ.

ހަރުކަށި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ބުނީ ހަނގުރާމައިން އެމީހުންނަށް ކާމިޔާބީ ލިބެންދެން ކުރިއަށް ގެންދާނެ ކަމަށާއި އެއްވެސް މީހަކަށް އެކަން ބަދަލު ނުކުރެވޭނެ ކަމަށެވެ. އޭނާ މިހެން ބުނީ އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށައެޅި މައްސަލައާއި ގުޅިގެންނެވެ.

ޣައްޒާގެ މީޑިއާ ތަކާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓް ކުރާ ގޮތުގައި މި މަހު އެކަނިވެސް ނިރުބަވެރި އިސްރާއީލުން 65,000 ޓަނަށް ވުރެ ގިނަ ބޮން ވަނީ އަޅާފައެވެ. އަދި ސެޓަލައިޓް ފޮޓޯ ތަކުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ 33% ގެއެއް ވަނީ ބިމާއި ހަމަވެފައެވެ.

އާބާދީގެ ގާތްގަނޑަކަށް 85% ނުވަތަ 1.9 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު، 90% ވުރެ ގިނަ މީހުންނަށް ކާބޯތަކެތީގެ ދަތިކަމާއި ކުރިމަތިލާން ޖެހިފައިވާ ކަމަށް އދ އިން އަންދާޒާކުރެއެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓްރީން ބުނީ 100 ދުވަހުގެ ތެރޭގައި އިސްރާއީލުން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި މީހުންނަށް ދިރިއުޅެވޭ ވަރު ކޮށްފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ މިފަދަ ބިރުވެރިކަމަކާއި ޣައްޒާގެ ރައްޔިތުންނަށް ކުރިމަތި ލާން ޖެހުނީ ފަލަސްތީނުގެ މައްސަލައާ ގުޅުންހުރި ބައިނަލްއަޤްވާމީ ޤަރާރުތައް ތަންފީޒުކުރުމުގައި ބައިނަލްއަޤްވާމީ މުޖުތަމަޢު ނާކާމިޔާބުވަމުން ކަމަށެވެ.

ފަލަސްތީންގެ ޣައްޒާއަށް ހައްދު ފަހަނައަޅާފައިވާ އިސްރާއީލުން ދެމުންގެންދާ ހަމަލާ ތަކަށް 100 ދުވަސްވެފައި ވާއިރު މިހާތަނަށް ހަމަލާ ތަކުގައި 23,968 މީހަކު ޝަހީދު ވެފައިވާއިރު 60,582 މީހަކު ވަނީ މި ހަމަލާ ތަކުގައި ޒަހަމް ވެފައެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަ ކުދިންނާއި އަންހެނުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ