ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން އަބްދުﷲ- ފޮޓޯ/އަދާލަތު ޕާޓީ
ހަބަރު
18 Jan 2024 | 10:38
މަޖިލީހަށް އަދާލަތު ޕާޓީން ވާދަކުރާ 4 ދާއިރާ އަށް، ޕާޓީ ޓިކެޓްގައި ވާދަކުރުމުގެ ފުރުޞަތު ހުޅުވާލައިފި!

ކުރީ ސަރުކާރުގައި، ވެރިކަންކުރި އެމްޑީޕީ އާއެކު ކޯލިޝަން ހެދި، އަދާލަތު ޕާޓީއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ހަތަރު ދާއިރާއަކަށް ވާދަކުރަން ނިންމައި އެ ޕާޓީގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

އަދާލަތު ޕާޓީއިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން ޓިކެޓަށް އެދި ހުށަހެޅުމަށް ހުޅުވައިލާ ކަމަށެވެ.

އެގޮތުން އެޕާޓީން މިފަހަރު މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ދާއިރާ ތަކަކީ ވައިކަރަދޫ ދާއިރާއާއި މަކުނުދޫ ދާއިރާއާއި އިނގުރައިދޫ ދާއިރާ އަދި ފެލިދޫ ދާއިރާ ކަމަށް އިއުލާނުގައި ވެއެވެ.

މި ދާއިރާތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 23 ވާ އަންގާރަ ދުވަހުގެ 16:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. 

މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގެ އޮންތިޚާބުގައިވެސް އަދާލަތުން ނުވަ ދާއިރާއަކަށް ވާދަކުރިއެވެ. އެ ދާއިރާތަކަކީ މަކުނުދޫ ދާއިރާއާއި ވައިކަރަދޫ ދާއިރާއާއި ކެލާ ދާއިރާއާއި ގައްދޫ ދާއިރާއާއި އިނގުރައިދޫ ދާއިރާއާއި މަހިބަދޫ ދާއިރާއާއި ކާށިދޫ ދާއިރާއާއި ނިލަންދޫ ދާއިރާ އަދި މުލަކު ދާއިރާއެވެ.

ނަމަވެސް އެތަނުން އެއްވެސް ދާއިރާއެއްގެ ގޮނޑި އެ ޕާޓީއަށް ލިބުފައެއް ނުވެއެވެ. 

އޭގެ ކުރިން އޮތް 18 ވަނަ މަޖިލީހުގައި އަދާލަަތަށް 1 ގޮނޑި ލިބިފައިވާއިރު، އެއީ އަނާރާ ނަޢީމް ވާދަކުރެއްވި މަކުނުދޫ ދާއިރާގެ ގޮނޑިކަން ފާހަގަކޮށްލަންޖެހެއެވެ. 

މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބު އޮންނާނީ މާރިޗު މަހުގެ 17 ވަނަ ދުވަހު ކަމަށް އީސީން ވަނީ އިއުލާންކޮށްފަ އެވެ. މިއީ ރޯދަ މަހުގެ 7 ވަނަ ދުވަހެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.