މަޖިލިސް ޖަލްސާ އެއްގެ ތެރެއިން--ފޮޓޯ/މަޖިލިސް
ހަބަރު
18 Jan 2024 | 14:26
މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު ސާފުކުރުން ފަސޭހަކޮށްދީފި!

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ މީހުންގެ ކުށުގެ ރެކޯޑު ސާފުކޮށްދިނުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފަސޭހަކޮށްދީފި އެވެ.

އެގޮތުން ޕީޖީ އޮފީހުން މިއަދު ބުނީ، މަޖިލީހަށް ކުރިމަތިލާ މީހަކީ ކުށުގެ ރެކޯޑެއް ނެތް މީހަކުނަމަ، އެމީހަކު ރެކޯޑަށް އެދޭތާ 5 މިނިޓު ތެރޭގައި ރެކޯޑު ސާފުކޮށްދޭނެ ކަމަށެވެ. އަދި އެ މީހާގެ ރެކޯޑެއް އޮތްނަމަ، އެއް ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑު ސާފުކޮށްދޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މިއާއެކު ޕީޖީ އޮފީހުން ބުނީ، ރިކޯޑް ސާފުކުރަމުގެ މަސައްކަތް ކުރިއަށްދާއިރު އިތުރު މައްސަލައެއް ދިމާވެއްޖެނަމަ، އެމައްސަލައެއް ޙައްލުކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. 

އަދި އެކަމާބެހޭ އެއްވެސް ސުވާލެއް އޮތްނަމަ، ޕީޖީ އޮފީހުގެ ނަންބަރު 3000655 އާ ގުޅުއްމަށް އެދެމުން އެ އޮފީހުން ވަނީ، ކުށުގެ ރެކޯޑު ސާފުކޮށްދިނުމުގައި ޢަމަލުކުރާގޮތް، މިލިންކުން ފެންނާނެ ކަމަށް ބުނެފައެވެ.  

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހާ ފުރިހަމަ ކުރަންޖެހޭ ކުށާއި، ދަރަނީގެ ރެކޯޑަކީ މިދިޔަ ޑިސެމްބަރު މަހުގެ 14 ގެ ފަހުން ޑީޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސާރވިސަސް އިން ފުރިހަމަކޮށްފައިވާ ރެކޯޑަކަށް ވާންޖެހެއެވެ.  

20 ވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު އޮންނަ އިރު، މަޖިލީހަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހު ހުޅުވާލާނެ ކަމަށް އީސީން ބުނެއެވެ. 

އިލެކްޝަން ކޮމިޝަނުން އައްމުކޮށްފައި މައުލޫމާތުން އެނގޭ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 284،327 މީހުންނަށް ލިބިފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 139،165 އަންހެނުންނާއި، 145،162 ފިރިހެނުންނެވެ. މިއީ މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބުނު މީހުންނަށް ވުރެ 1523 މީހުން އިތުރު އަދަދެކެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްޤު ލިބިފައިވަނީ 282,804 މީހުންނަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.