އިސްރާއީލުން ބޮން އަޅައި ސުންނާފަތި ކޮށްލާފައިވާ ސަރަހައްދެއް--- ފޮޓޯ: ދަ ގާޑިއަން
ދުނިޔެ
19 Jan 2024 | 09:19
ޣައްޒާގައި ދެމުންދާ ހަމަލާތައް 2025 އާއި ހިސާބަށް ދެމިގެންދާނެ: ނަތަންޔާހޫ

އަނިޔާވެރި އިސްރާއީލުން ޣައްޒާގައި ދެމުންދާ ލާއިންސާނީ ހަމަލާތައް 2025 އާއި ހިސާބަށް ދެމިގެންދާނެ ކަމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ މިކަން ޣައްޒާ ކައިރީގައިވާ ޖަމާއަތްތަކުގެ ލޯކަލް ކައުންސިލްތަކުގެ ލީޑަރުންނަށް އިއްޔެ އަންގާފައިއެވެ.

މީގެއިތުރުންވެސް ޣައްޒާއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި އޮންނަ މީހުން ހުސްކޮށްފައިވާ ހިސާބަށް އެނބުރި ދާން ބޭނުންވާ އިސްރާއީލުގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ކަނޑައެޅި އޮނިގަނޑެއް މުރާޖައާ ކުރުމަށް ނަތަންޔާހޫ އެއްބަސްވެފައިވާ ކަމަށް ވެސް ކަރުދާހުގައި އިތުރަށް ބުނެފައިވެ އެވެ.

ނަމަވެސް ލޯކަލް ކައުންސިލްގެ ލީޑަރުން ނަތަންޔާހޫއަށް ސަލާމަތީ ކަންބޮޑުވުންތަކާ ގުޅިގެން ގިނަ ރައްޔިތުން މިވަގުތު ފަސްޖެހޭ ކަމަށް ވަނީ އަންގާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ވަނީ ޣައްޒާއަށް ވައިގެ މަގުންނާއި ބިމުން ކެނޑިނޭޅި ހަމަލާތަކެއް ދީފައެވެ.

މި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 24،285 މީހުން ޝަހީދުވެ، 61،154 މީހުން ޒަޚަމްވެފައިވާއިރު އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް ފަލަސްތީނުގެ ސިއްހީ އިދާރާތަކުން ބުނެއެވެ.

އާބާދީގައި 2.3 މިލިއަން މީހުން ދިރިއުޅޭ ފަލަސްތީނުގެ 85 އިންސައްތަ މީހުންގެ ގެދޮރު ދޫކޮށްލުމަށް މަޖުބޫރުވެފައިވާ ކަމަށާއި، ކާނާއާއި ސާފު ބޯފެން އަދި ބޭސް ވެސް ޣައްޒާގެ ރައްޔިތުންނަށް ލިބުން ދަތިވެފައިވާ ކަމަށް އދ. އިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.
24 Jul 2026
ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލައިފި
އިންޑިއާގެ ތަޢުލީމީ ވަޒީރު ދަރްމެންދްރަ ޕްރަދާން ވަކިކުރުމަށް ގޮވައިލައި 26 ދުވަސް ވަންދެން ކުރިއަށް ގެންދިޔަ ސޯނަމް ވަންގްޗުކްގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ޤައުމުގައި ހަމަނުޖެހުން ހިނގައިފާނެ ކަމުގެ ބިރާ ގުޅިގެން ނިންމައިލައިފިއެވެ.
24 Jul 2026
ނީޓް ޕޭޕަރު ލީކްވި މައްސަލަ؛ ބޮޑުވަޒީރު މޯދީ ވިދާޅުވީ ހަރުކަށި ފިޔަވަޅު އަޅުއްވާނޭކަމަށް
24 Jul 2026
އައިއޭސީން ބަންގްލަދޭޝްގައި އެހީގެ ތަކެތި ބެހުމުގެ މަސައްކަތް އިތުރަށް ފުޅާކޮށްފި
23 Jul 2026
ޕާސްޕޯޓް ހިދުމަތަށް އެދުމުގައި ރައްޔިތުންނަށް އިތުރު ފަސޭހައެއް
އަލަށް ގެނައި މި ބަދަލުތަކާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވާ ދަތިތައް ކުޑަކޮށް އެންމެ ޒަމާނީ ނިޒާމެއްގެ ތެރެއިން ޚިދުމަތް ލިބޭނެ މަގު ވަނީ ފަހިކޮށްދީފައެވެ
23 Jul 2026
ވެމްކޯ ބްރިޖްދަށުން ބިޔަރު ދަޅުތަކަކާއެކު ދިވެއްސަކު އަތުލައިގަނެފި
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ސްޕެޝަލް އެންފޯސްމަންޓުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަންގައި ކަމަށެވެ